Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓެންޒޭނިއާގައި ބަކަރިއާއި ފަޅޯ ވެސް ޕޮޒިޓިވް

ޓެންޒޭނިއާގައި ކޮވިޑަށް ޓެސްޓް ކުރާ ކިޓުން ބަކަރިއާއި ފަޅޯ ވެސް ބައްޔަށް ޕޮޒިޓިވްވޭ

ޓެސްޓް ކިޓްތަކުގައި މައްސަލައެއް އުޅޭކަމަށް ބެލެވިގެން ބަކަރިއަކާއި ފަޅޮލަކުން ނެގި ސާމްޕަލް ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 މެއި 2020 | ބުދަ 05:57
ޓެންޒޭނިއާގައި އެހީގެ ގޮތުގައި ލިބުނު ޓެސްޓް ކިޓާ މެދު ސުވާލު އުފައްދާ އެ މައްސަލަ ތަހުގީގުކުރަން ވަނީ އަންގާފައި - އެގައުމުގައި ޓެސްޓް ކުރާ ކޮންމެ އެއްޗެއް ވެސް ކޮވިޑަށް ޕޮޒިޓިވްވޭ

ޓެންޒޭނިއާގައި އެހީގެ ގޮތުގައި ލިބުނު ޓެސްޓް ކިޓާ މެދު ސުވާލު އުފައްދާ އެ މައްސަލަ ތަހުގީގުކުރަން ވަނީ އަންގާފައި - އެގައުމުގައި ޓެސްޓް ކުރާ ކޮންމެ އެއްޗެއް ވެސް ކޮވިޑަށް ޕޮޒިޓިވްވޭ

އިރުމަތީ އެފްރިކާގެ ޤައުމެއް ކަމަށްވާ ޓެންޒޭނިއާގައި ކޮވިޑް-19އަށް ޓެސްޓް ކުރަން ބޭނުން ކުރާ ކިޓުން ބަކަރިއާއި ފަޅޯ ވެސް ކޮވިޑަށް ޕޮޒިޓިވްވާކަމަށް އެޤައުމުން ބުނެފިއެވެ.

މި ކިޓްތަކުގައި މައްސަލައެއް އުޅޭކަމަށް ބުނެ އެ ބޭނުން ކުރުން ވަނީ ހުއްޓާލާފައެވެ. މި މައްސަލައާއި ގުޅިގެން އެޤައުމުގެ ރައީސް ޖޯން މުގުފުލީ ވިދާޅުވީ ޓެސްޓް ކިޓްތަކުގައި މައްސަލައެއް އުޅޭކަމަށް ބެލެވިގެން ބަކަރިއަކާއި ފަޅޮލަކުން ނެގި ސާމްޕަލް ވެސް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ކޮވިޑް-19 އެޤައުމުގައި ފެތުރެމުން އަންނަކަން މުގުފުލީގެ ސަރުކާރުން ސިއްރުކުރަން މަސައްކަތް ކުރާކަމުގެ ތުހުމަތުތަކެއް މީގެ ކުރިން ވެސް ވަނީ ކޮށްފައެވެ. އަދި އޭނާ ވަނީ ޓެސްޓް ކިޓްތަކުގައި މައްސަލަތަކެއް އުޅޭކަމަށް ވިދާޅުވެ، ކޮވިޑް-19އިން ދުރުވުމަށް އެދި ދުޢާކުރުމަށް އެދިވަޑައިގެންފައެވެ.

މި ކިޓްތައް އެތެރެކޮށްފައިވަނީ ބޭރުންކަމަށް ވިދާޅުވި ނަމަވެސް އެކަމުގެ އިތުރު ތަފުޞީލެއް އޭނާ ހާމައެއް ނުކުރައްވައެވެ. އަދި ޓެސްޓް ކިޓްތަކުގެ ކޮލިޓީ ޓެސްޓް ކުރުމަށް ޓެންޒޭނިއާގެ ސަލާމަތީ ބާރުތަކަށް މުގުފުލީ ވަނީ ޢަމުރުކުރައްވާފައެވެ.

އިންސާނުންގެ ގައިން ނެގި ސާމްޕަލްތައް ފިޔަވައި ބަކަރިއަކާއި، ކަންބަޅިއަކައި، ފަޅޮލެއްގެ ސާމްޕަލް މި ޓެސްޓް ކިޓުން ޓެސްޓް ކޮށްފައިވެއެވެ. އަދި އެ ސާމަޕްލަތަކުގައި އިންސާނުންގެ ނަމާއި އުމުރު ޖެހުމަށްފަހު ލޭބަލްކޮށް ޓެންޒޭނިއާގެ ލެބޯޓަރީއަށް ޓެސްޓް ކުރުމަށް ޙަވާލު ކުރެވުނެވެ. އަދި ލެބޯރެޓަރީގައި މަސައްކަތް ކުރާ ޓެކްނީޝަނުންނަށް ސާމްޕަލް ނަގާފައިވަނީ ކޮން އެއްޗަކުން ކަމެއް އަންގާފައެއް ނުވެއެވެ. އަދި ނަތީޖާ ލިބުނު އިރު ބަކަރި އަދި ފަޅޮލުން ނެގި ސާމްޕަލް ކޮވިޑް-19 އަށް ޕޮޒިޓިވްވިއެވެ.

މިއާއެކު ކުރިން ކުރި ޓެސްޓްތަކުގެ ނަތީޖާތަކުން ޕޮޒިޓިވްވި މީހުންނަކީ ކޮވިޑަށް ޕޮޒިޓިވް ނުވާ ބައެއް ކަމަށް ވެދާނެކަމަށް މުގުފުލީ ވަނީ ވިދާޅުވެފައެވެ.

"މިކަމުގައި ކޮންމެވެސް ގޯހެއް އެބައުޅޭ. މީގެ ކުރިން ވެސް އަޅުގަނޑު ވާނީ މިގޮތަށް ލިބޭ އެހީ އަކީ ޤައުމަށް ފައިދާ ހުރި އެއްޗެއް ނޫންކަން,"މުގުފުލީ ވިދާޅުވިއެވެ.

މުގުފުލީ ވަނީ ޓެސްޓް ކިޓުގެ މައްސަލަ ތަހުޤިޤު ކުރުމަށް އަންގަވާފައެވެ. މިހާތަނަށް ޓެންޒޭނިއާއިން 480 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިރު، 16 މީހަކު މިހާތަނަށް ވަނީ ބަލީގައި މަރުވެފައެވެ.

އިތުރަށް ކިޔާލަން

31 މެއި 2017

އެމެރިކާ އިން ކާމިޔާބުކަމާ އެކު މިސައިލް ޑިފެންސް ސިސްޓަމެއް ޓެސްޓްކޮށްފި

31 މެއި 2017
އެމެރިކާ އިން ކާމިޔާބުކަމާ އެކު މިސައިލް ޑިފެންސް ސިސްޓަމެއް ޓެސްޓްކޮށްފި
29 މެއި 2017

އުތުރު ކޮރެއާ އިން އަނެއްކާވެސް މިސައިލެއް ޓެސްޓްކޮށްފި

29 މެއި 2017
އުތުރު ކޮރެއާ އިން އަނެއްކާވެސް މިސައިލެއް ޓެސްޓްކޮށްފި
22 މެއި 2017

އުތުރުކޮރެއާއިން އާދީއްތަ ދުވަހު ޓެސްޓްކުރީ ބެލިސްޓިކް މިސައިލެއްކަން ކަށަވަރުކޮށްދީފި

22 މެއި 2017
އުތުރުކޮރެއާއިން އާދީއްތަ ދުވަހު ޓެސްޓްކުރީ ބެލިސްޓިކް މިސައިލެއްކަން ކަށަވަރުކޮށްދީފި
16 މެއި 2017

އެންމެ ފަހުން އުތުރު ކޮރެއާ އިން ކުރި މިސައިލް ޓެސްޓް ސެކިޔުރިޓީ ކައުންސިލުން ކުށްވެރިކޮށްފި

16 މެއި 2017
އެންމެ ފަހުން އުތުރު ކޮރެއާ އިން ކުރި މިސައިލް ޓެސްޓް ސެކިޔުރިޓީ ކައުންސިލުން ކުށްވެރިކޮށްފި
15 މެއި 2017

ނިއުކްލިއާ އާ ޓެސްޓް ކާމިޔާބު، ވޯހެޑް އުފުލޭނެ: އުތުރު ކޮރެއާ

15 މެއި 2017
ނިއުކްލިއާ އާ ޓެސްޓް ކާމިޔާބު، ވޯހެޑް އުފުލޭނެ: އުތުރު ކޮރެއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު