Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަމިއެންސުން ޕެޓިޝަނެއް ހުށަހަޅަނީ

ފްރެންޗު ލީގުން ރެލިގޭޓްވުމުން އަމިއެންސުން ޕެޓިޝަނެއް ހުށަހަޅަނީ

5 މެއި 2020 | އަންގާރަ 10:13

ފްރެންޗު ލީގު ކެންސަލްކޮށް، ޕީއެސްޖީ އަށް ވަނީ ޗެމްޕިއަންކަން ދީފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 5 މެއި 2020 | އަންގާރަ 10:13
އަމިއެންސްގެ ކުޅުންތެރިން އުފާފާޅު ކުރަނިކޮށް

އަމިއެންސްގެ ކުޅުންތެރިން އުފާފާޅު ކުރަނިކޮށް

ފްރެންޗު ލީގު ކެންސަލް ކުރުމާ ގުޅިގެން ދެވަނަ ޑިވިޝަނަށް ރެލިގޭޓްވި އަމިއެންސުން ފެޓިޝަނެއް ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.

ދާދި ފަހުން ފްރެންޗު ލީގު ކެންސަލް ކޮށް، ޕީއެސްޖީ އަށް ވަނީ ޗެމްޕިއަންކަން ދީފައެވެ. ފްރާންސް ޕްރޮފެޝަނަލް ފުޓްބޯލް ލީގު (އެލްއެފްޕީ) އިން މިގޮތަށް ނިންމީ މީހުން އެއްވެ އުޅޭގޮތަށް ކުރިއަށްގެންދާ ހުރިހާ ހަރަކާތްތައް ސެޕްޓެމްބަރު މަހުގެ ކުރިން ނުބޭއްވޭ ގޮތަށް ފްރާންސްގެ ބޮޑު ވަޒީރު އެޑޮއާޑް ފިލިޕޭގެ ސަރުކާރުން ކަނޑައެޅުމުންނެވެ. އަދި ސަޕޯޓަރުން ނުވައްދައިވެސް ފުޓްބޯޅައިގެ ހަރަކާތްތައް ކުރިއަށް ނުގެންދަން ވަނީ އަންގާފައެވެ.

ޕީއެސްޖީ އަށް ޗެމްޕިއަންކަން ދިންއިރު، ޕީއެސްޖީ އެއްވަނައިގައި އޮތީ 12 ޕޮއިންޓުގެ ލީޑަކާ އެކުގައެވެ. މި ނިންމުމާއެކު ތާވަލުގެ ފުލުގައި އޮތް ދެ ޓީމު ކަމަށްވާ އަމިއެންސާއި، ޓުލޫސް ވަނީ ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވެފައެވެ. 19 ވަނައިގައި އޮތް ޓުލޫސާއި، 18 ވަނައިގައި އޮތް ނިމްސް އާ ދެމެދު އޮތީ ހަތަރު ޕޮއިންޓުގެ ފަރަގެކެވެ.

އެހެންކަމުން އަމިއެންސުން އަންނަނީ ޓީމުތައް ރެލިގޭޓް ވުމަށް ނިންމި ނިންމުން ބަދަލުކުރުމަށް ޕެޓިޝަނެއް ހުށަހެޅުމަށް ތައްޔާރު ވަމުންނެވެ. އެގޮތުން އަމިއެންސުން ގަބޫލުކުރާ ގޮތުގައި އެންމެ ރަނގަޅު ނިންމުމަކީ އަންނަ ސީޒަން 22 ޓީމާއެކު ކުޅުމެވެ. އެއީ ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވާ 2 ޓީމު ހިމަނައިގެންނެވެ.

އަމިއެންސް އިން ޕެޓިޝަނެއް ހުށަހެޅުމަށް ނިންމިއިރު، މީގެ ކުރިން ލިޔޯން އިން ވަނީ ފްރެންޗު ލީގު ކެންސަލް ކުރުމާ ދެކޮޅަށް ކޯޓަށް ދާން ނިންމާފައެވެ. އެޓީމުން ކޯޓަށް ދާން ނިންމީ ޔޫރަޕުގެ ޖާގައެއް ނުލިބުމުން އެ ޓީމަށް ކުރިމަތިވި މާލީ ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

ޔޫރަޕުގެ ގަދަ ފަސް ލީގުގެ ތެރޭގައި ހިމެނޭ ފްރެންޗު ލީގު ކެންސަލް ކުރިއިރު، މީގެ ކުރިން ޗެމްޕިއަނެއް ކަނޑަނާޅައި ނެދަލެންޑްސް ފުޓްބޯޅަ ލީގު ވަނީ ކެންސަލް ކޮށްފައެވެ. ދެން ލީގުތައް ކެންސަލް ކުރަން މަސައްކަތް ކުރަމުން އަންނަނީ ބެލްޖިއަމާއި، ސްކޮޓްލެންޑުންނެވެ.

އިތުރަށް ކިޔާލަން

21 އެޕްރީލު 2020

ޖޫން މަހު ފްރެންޗު ލީގު ފަށަން މަސައްކަތް ކުރަނީ

21 އެޕްރީލު 2020
ޖޫން މަހު ފްރެންޗު ލީގު ފަށަން މަސައްކަތް ކުރަނީ
13 މާރިޗު 2020

ފްރެންޗު ލީގުގެ މެޗުތައް ފަސްކޮށްފި

13 މާރިޗު 2020
ފްރެންޗު ލީގުގެ މެޗުތައް ފަސްކޮށްފި
14 ފެބުރުއަރީ 2020

ޗެމްޕިއަންސް ލީގުން ސިޓީ ދެ ސީޒަނަށް ސަސްޕެންޑް ކޮށްފި

14 ފެބުރުއަރީ 2020
ޗެމްޕިއަންސް ލީގުން ސިޓީ ދެ ސީޒަނަށް ސަސްޕެންޑް ކޮށްފި
15 މެއި 2019

ސިޓީ ޗެމްޕިއަންސް ލީގުން ސަސްޕެންޑްކުރަނީ: ރިޕޯޓް

15 މެއި 2019
ސިޓީ ޗެމްޕިއަންސް ލީގުން ސަސްޕެންޑްކުރަނީ: ރިޕޯޓް
11 މެއި 2019

ބާސެލޯނާ ޗެމްޕިއަންސް ލީގުން ކެޓިޔަސް މެޑްރިޑްގެ ސީޒަނަކަށް ބަދަލެއް ނާދޭ: ޒިދާން

11 މެއި 2019
ބާސެލޯނާ ޗެމްޕިއަންސް ލީގުން ކެޓިޔަސް މެޑްރިޑްގެ ސީޒަނަކަށް ބަދަލެއް ނާދޭ: ޒިދާން
08 ޖުލައި 2017

ވިކްޓްރީ އަތުން ޕޮއިންޓަކުން ފުއްދާލަން ޖެހުނު ނަމަވެސް ނިއު ޕްރެމިއާ ލީގުން ޖާގަ ކަށަވަރު ކޮށްފި

08 ޖުލައި 2017
ވިކްޓްރީ އަތުން ޕޮއިންޓަކުން ފުއްދާލަން ޖެހުނު ނަމަވެސް ނިއު ޕްރެމިއާ ލީގުން ޖާގަ ކަށަވަރު ކޮށްފި
17 އެޕްރީލު 2017

ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް

17 އެޕްރީލު 2017
ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް
15 އެޕްރީލު 2017

ބަހަށް ދިން ހަމަލާއާއެކު ޑޯޓްމަންޑު ޗެމްޕިއަންސް ލީގުން ވަކިވަނީ!

15 އެޕްރީލު 2017
ބަހަށް ދިން ހަމަލާއާއެކު ޑޯޓްމަންޑު ޗެމްޕިއަންސް ލީގުން ވަކިވަނީ!
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
01 ފެބުރުއަރީ 2017

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް