Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫއެފާ ޗެމްޕިއަންސް ލީގު

ސިޓީ ޗެމްޕިއަންސް ލީގުން ސަސްޕެންޑްކުރަނީ: ރިޕޯޓް

15 މެއި 2019 | ބުދަ 05:48

ސަސްޕެންޑް ކުރުން ހުށައެޅުމާ މެދު މި ހަފުތާ ތެރޭ ގޮތެއް ނިންމާނެ

އަމަން ހަލީމް
އަމަން ހަލީމް | 15 މެއި 2019 | ބުދަ 05:48
މި ސީޒަނުގެ ޕްރިމިއަރ ލީގު ތަށި އުފުލާލުމަށް ފަހު ސިޓީ ކުޅުންތެރިން އުފާ ފާޅުކުރަނީ

މި ސީޒަނުގެ ޕްރިމިއަރ ލީގު ތަށި އުފުލާލުމަށް ފަހު ސިޓީ ކުޅުންތެރިން އުފާ ފާޅުކުރަނީ

ޔޫއެފާގެ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދާ މެންޗެސްޓާ ސިޓީން ހިލާފުވެފައިވާ ނަމަ އެ ޓީމު ޗެމްޕިއަންސް ލީގުން ސަސްޕެންޑް ކުރަން ޔުއެފާގެ ތަހުގީގު ޕެނަލުން ލަފާދޭން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޖަރުމަނުގެ މީޑިއާއެއް ކަމަށްވާ ޑިއާ ސްޕީގަލް އިން ލީކުކޮށްލި ސިއްރު ލިޔެކިއުންތަކެއްގެ ސަބަބުން ބަލަން ފެށި މައްސަލައާ އެކު ޗެމްޕިއަންސް ލީގު ނުކުޅެވިދާނެ ކަމުގެ ބިރު ހީވެފައިވާ އިރު، އެ ލިއެކިޔުންތަކުގައި ވަނީ ސިޓީން ޔުއެފާގެ އޮފިޝަލުންތަކަކަށް ރިޝްވަތުދީގެން އެފްއެފްޕީ ގަވާއިދާ ހިލާފުވެފައިވާ ކަމަށެވެ.

ސިޓީން އެފްއެފްޕީއާ ހިލާފުވެފައި ވަނީ، ކްލަބްގެ އަސްލު ހިސާބުތައް ފޮރުވުމުގެ ގޮތުން ނުބައްދަލު އަގުތަކެއްގައި ސްޕޮންސަރުންނާ އެކު އެއްބަސްވުންތަކެއްގައި ސޮއިކުރުމާ ގުޅިގެންނެވެ. ސިޓީން ބޮޑު އަގުގައި އެތައް ސްޕޮންސަރުންނަކާ އެކު ޑީލްތައް ސޮއިކޮށްފައިވާ އިރު، އެންމެ ބޮޑަށް އެ ކްލަބުން ބޭނުންކުރީ އިއްތިހާދު އެއާވޭސްގެ ފައިސާ އެވެ.

މީގެ ދެ ހަފްތާ ކުރިން ސިޓީ މައްސަލައިގައި ސްވިޒަލެންޑްގައި ޔުއެފާ ފައިނޭންޝިއަލް ކޮންޓްރޯލް ބޯޑުން ވަނީ ޔުއެފާގެ ބައެއް ވެރިންނާއި ޑިސިޕްލިނަރީ ކޮމިޓީއާ ބައްދަލުކޮށްފަ އެވެ. ނިއުޔޯކް ޓައިމްސް ނޫހަށް މައުލޫމާތު ދިން ފަރާތުން ބުނެފައި ވަނީ ސިޓީގެ އަދަބާ މެދު ގޮތެއް ނިންމާނީ ޑިސިޕްލިނަރީ ޕެނަލްގެ ލީޑަރު، ބެލްޖިއަމްގެ ކުރީގެ ބޮޑުވަޒީރު ވެސް ލެޓާމޭއެވެ. ގޮތެއް ނިންމުމަށް ފަހު މި ހަފުތާގެ ތެރޭގައި ޔޫއެފާގެ ޑިސިޕްލިނަރީ ކޮމިޓީއަށް ފޮނުވާނެ ކަމަށް ވެސް އެ މަސްދަރާ ހަވާލާދީ ނިއުޔޯކް ޓައިމްސްއިން ރިޕޯޓްކޮށްފައި ވެއެވެ.

ރިޕޯޓްގައި ބުނާ ގޮތުން ސިޓީ ޗެމްޕިއަންސް ލީގުން ސަސްޕެންޑް ކުރާނީ އެންމެ ސީޒަނަކަށެވެ. ނަމަވެސް ތަޖުރިބާކާރުން ބުނަނީ އަންނަ ޗެމްޕިއަންސް ލީގުން ސިޓީ ބާކީކޮށްލެވުމަކީ ވަރަށް ނާދިރު ކަމަކަށް ވާނެ ކަމަށެވެ. ސަބަބަކީ ސިޓީއަށް ޔޫއެފާގެ ނިންމުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް)ގައި އިސްތިއުނާފްކުރުމުގެ ފުރުސަތު އޮތުމެވެ.

މީގެ ކުރިން ވެސް އެފްއެފްޕީއާ ހިލާވުގެން ޔޫއެފާއިން ސިޓީއަށް އަދަބު ދީފައިވެއެވެ. އެގޮތުން ކުޅުންތެރިން ގަނެވިއްކުމުގައި މަކަރު ހެދި ކަމަށް ބުނެ އެ ކްލަބު 67.3 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައި ވެއެވެ. ޔޫއެފާގެ އިތުރުން ފީފާ އާއި އިނގިރޭސި އެފްއޭ އިން ވެސް ސިޓީގެ މައްސަލަތައް ބަލާ އެކި ފިޔަވަޅުތައް އަޅާފައި ވެއެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
01 ފެބުރުއަރީ 2017

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
18 ޖެނުއަރީ 2017

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް