Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑް

ބާސެލޯނާ ޗެމްޕިއަންސް ލީގުން ކެޓިޔަސް މެޑްރިޑްގެ ސީޒަނަކަށް ބަދަލެއް ނާދޭ: ޒިދާން

11 މެއި 2019 | ހޮނިހިރު 15:58

މެޑްރިޑުން މި ސީޒަނުގައި އެދެވޭ ނަތީޖާއެއް ނުނެރެވޭ ކަމަށް ގަބޫލުކުރި

އަމަން ހަލީމް
އަމަން ހަލީމް | 11 މެއި 2019 | ހޮނިހިރު 15:58
ރިއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން

ރިއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން

ހައިރާން ކުރުވަނިވި ގޮތަކަށް ވާދަވެރި ބާސެލޯނާ ޗެމްޕިއަންސް ލީގުން ކެޓިޔަސް، ރިއާލް މެޑްރިޑްގެ ސީޒަނަކަށް ބަދަލެއް ނާންނާނެ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ޗެމްޕިއަންސް ލީގުން ބުދަ އަންގާރަ ދުވަހު ބާސެލޯނާ ކަޓާފައި ވަނީ ލިވަރޕޫލާ ކުޅެގެން 4-3 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. ބާސެލޯނާ ދެވަނަ ލެގުގައި ކުޅެން ނިކުތީ އަމިއްލަ ދަނޑުން ކުޅުނު މެޗެން 3-0 ގެ ނަތީޖާއަކުން މޮޅުވުމަށް ފަހުގައެވެ.

ރިއާލް ސޮސިއެޑާޑް މެޗުގެ ކުރިން ވާހަކަ ދައްކަމުން ޒިދާން ބުނީ ބާސެލޯނާ ކެޓިޔަސް މެޑްރިޑުން މި ސީޒަނުގައި ހޯދި ދަށް ނަތީޖާއަކަށް ބަދަލެއް ނާންނާނެ ކަމަށެވެ. މި އަހަރުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން މެޑްރިޑް ކަޓާފައި ވަނީ ޗެމްޕިއަންސް ލީގުގެ ތަށި ޖެހިޖެހިގެން ތިން އަހަރު ދިފާއު ކުރުމަށް ފަހުގައެވެ. އެ ޓީމަށް ލީގުގައި ވެސް މި ފަހަރު އެދެވޭ ވަރުގެ ނަތީޖާއެއް ދެއްކިފައި ނުވާ އިރު، ރިއާލް އޮތީ ސްޕެއިންގެ ލީގު ތާވަލްގެ ތިންވަނައިގައެވެ.

މީގެ އިތުރުން މެންޗެސްޓަރ ޔުނައިޓަޑަށް ކުޅެމުން އަންނަ ފަރަންސޭސްވިލާތުގެ ޕޯލް ޕޮގްބާ ގަންނަން މެޑްރިޑުން މަސައްކަތް ކުރަމުން އަންނަ ކަމަށް ދެކެވޭ ވާހަކައަށް ވަކި އެއްޗެއް ބުނަން ނެތް ކަމަށް ވެސް ޒިދާން ބުނެފައިވެއެވެ. ޒިދާން ބުނީ އެހެން ޓީމުތަކުގެ ކުޅުންތެރިންގެ ވާހަކަ ދައްކާކަށް ބޭނުމެއް ނެތް ކަމަށެވެ. އީއެސްޕީއެންއަށް މައުލޫމާތު ދިން މަސްދަރުތަކުން ބުނެފައިވަނީ އަންނަ ސީޒަނުގައި ޔުނައިޓެޑް ޗެމްޕިއަންސް ލީގުގައި ވާދަނުކުރެވޭ ގޮތް ވުމާއި އެކު ޕޮގްބާ އެ ޓީމު ދޫކޮށް ދާން މަސައްކަތް ފަށާފައިވާ ކަމަށެވެ.

މެޑްރިޑަށް ކުޅެމުން އަންނަ ގެރެތް ބޭލްގެ މުސްތަގުބަލާ ބެހޭ ގޮތުން ސުވާލު ކުރުމުން ޒިދާން ބުނީ ކުޅުންތެރިންނާ އެކު ކުރާ މަޝްވަރާތައް މީޑިއާއާ ހިއްސާކުރަން ބޭނުން ނުވާ ކަމަށެވެ. އަދި ކުޅުންތެރިންގެ މުސްތަގުބަލުގެ ވާހަކަ ނުދައްކާ ކަމަށް ވެސް ޒިދާން ބުންޏެވެ.

މެޑްރިޑުގައި ކާމިޔާބު އަހަރުތަކެއް ހޭދަކުރުމަށް ފަހު ޒިދާން އެ ޓީމު ދޫކޮށް ދިޔައީ މިދިޔަ ސީޒަން ނިމުނުތަނާއެވެ. ޒިދާން އަލުން ޓީމާ ގުޅުނީ ވަގުތީ ކޯޗަކަށް ހުރި ސަލްގާޑޯ އެ މަގާމުން ދުރުކުރުމަށް ފަހުގައެވެ. ޒިދާންއަކީ ރިއާލް މެޑްރިޑުގެ ބެންޗުން މި ސީޒަނުގައި ފެންނަ ތިންވަނަ ކޯޗެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

ޗެމްޕިއަންސް ލީގު: ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް ކުއާޓާ އަށް

08 މާރިޗު 2017
ޗެމްޕިއަންސް ލީގު: ފަހަތުން އަރާ ނަޕޯލީ ބަލިކޮށް ރެއާލް ކުއާޓާ އަށް
22 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

22 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
20 ފެބުރުއަރީ 2017

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!
16 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

16 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
15 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި

15 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
01 ފެބުރުއަރީ 2017

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް