Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާނޫނުއަސާސީ އިސްލާހުކުރުން ނޫންގޮތެއްނެތް

ކައުންސިލްތަކުގެ މައްސަލައަށް ހައްލެއް ގެނެވެންއޮތީ ގާނޫނުއާސާސީ އިސްލާހުކޮށްގެން: ޝިޔާމް

4 މެއި 2020 | ހޯމަ 12:07

ޝިޔާމާއި އިދިކޮޅު އެއްވެސް މެމްބަރަކު އެބިލް ވޯޓު ދެއްވާފައެއް ނުވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 4 މެއި 2020 | ހޯމަ 12:07
ނައިފަރު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވެން ނެތްއިރު، މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު ދިގު ދައްމާލެވެން އޮތީ ގާނޫނުއަސާސީ އިސްލާހު ކޮށްގެން އެކަނިކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރު ކުރުމުގެ ޚާއްޞަ ބިލް 2020" އަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ، ގާނޫނަކުން މިމައްސަލައަށް ހަލެއް ގެނެވެން ނެތް ކަމަށެވެ.

Advertisement - newsAdvertisement

ޝިޔާމް ވިދާޅުވީ، ގާނޫނުއަސާސީ އިސްލާހު ކުރުމަށް މިހާރުވެސް ހުރަހެއް ނެތް ކަމަށެވެ. މިހާރުވެސް މިޖަލްސާތައް ބާއްވާގޮތަށް ބާއްވައިގެން ގާނޫނުއަސާސީ އިސްލާހު ކުރެވިދާނެ ކަމަށާއި، ގާނޫނުއަސާސީ އިސްލާހު ކުރުމަކީ މި ހިނގާ 19 ވަނަ މަޖިލީހަށް އާކަމެއް ވެސް ނޫންކަަށް ޝިޔާމު ވިދާޅުވި އެވެ.

ޝިޔާމު ވިދާޅުވީ މިހާރު މިއޮތީ ގާނޫނުއަސާސީގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތެއް ނޫން ކަމަށެވެ. އަދި މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހަކީ މިހާތަނަށް ގާނޫނުއަސާސީއަށް އެންމެގިނަ އިސްލާހުތައް ގެނެސްފައިވާ މަޖިލިސް ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

ހަސަން ލަތީފް ހުށަހެޅުއްވި "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރު ކުރުމުގެ ޚާއްޞަ ބިލް 2020" މަޖިލީހަށް ބަލައިގަތުމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

މި ބިލަކީ، މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު އަންނަ ޖޫން މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ހަމާވާތީ، ކައުންސިލްތައް ޤާނޫނީ ހުސްކަމެއް، ނުވަތަ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށް ޤާނޫނީ ހުސްކަމެއް އަންނާތީ، އެކަމަށް ޤާނޫނީ ފަރުވާއެއް ހޯދުމަށް ހުށަހަޅާފައިވާ ޚާއްޞަ ބިލެކެވެ.

މި ބިލުގެ މައިގަނޑު މަޤްޞަދަކީ ޖޫން މަހުގެ 3 ގެ ފަހުން، އަދި ކައުންސިލްތަކުގެ އިންތިޚާބު ބޭއްވި، ކައުންސިލަރުން މަޤާމާ ހަވަލުވުމާހަމައަށް، މިހާރު ހިނގަމުންދާ ކައުންސިލަރުން ބޭއްތިއްބުމަށާއި ޤާނޫނުއަސާސީގައި ރާއްޖެ ހިންގަންޖެހޭނީ ލާމަރުކަޒީ އުޞޫލުންކަމަށްބުނާތީ، އެ މަފްޙޫމް ދެމެހެއްޓުމަށްޓުމުގެ މަޤްޞަދުގައި ހުށަހަޅާފައިވާ ޚާޢްޞަ ބިލެކެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

21 އެޕްރީލު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ބޭނުންވާ 42 ވޯޓު ހަމަވެއްޖެ: އެމްޕީ ފައްޔާޒް

21 އެޕްރީލު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ބޭނުންވާ 42 ވޯޓު ހަމަވެއްޖެ: އެމްޕީ ފައްޔާޒް
05 އެޕްރީލު 2017

ބާރު ލިބުމާއެކު ކައުންސިލްތަކުގެ ބާރު އިޔާދަކޮށްދޭނަން: ނިޔާޒް

05 އެޕްރީލު 2017
ބާރު ލިބުމާއެކު ކައުންސިލްތަކުގެ ބާރު އިޔާދަކޮށްދޭނަން: ނިޔާޒް
03 އެޕްރީލު 2017

ޔަތީމްހާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ވަނީ ގިނަ މަސައްކަތްކެއް ކޮށްފައި: ފޮރިން މިނިސްޓްރީ

03 އެޕްރީލު 2017
ޔަތީމްހާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ވަނީ ގިނަ މަސައްކަތްކެއް ކޮށްފައި: ފޮރިން މިނިސްޓްރީ
22 މާރިޗު 2017

ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލައަށް 20 ދުވަސް، ތަހުގީގު ދަނީ ކުރިއަށް: ޕޮލިސް

22 މާރިޗު 2017
ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލައަށް 20 ދުވަސް، ތަހުގީގު ދަނީ ކުރިއަށް: ޕޮލިސް
04 މާރިޗު 2017

ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ

04 މާރިޗު 2017
ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ
27 ފެބުރުއަރީ 2017

އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް މާޗް 9 ގައި ފަށަނީ

27 ފެބުރުއަރީ 2017
އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް  މާޗް 9 ގައި ފަށަނީ
27 ފެބުރުއަރީ 2017

ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ

27 ފެބުރުއަރީ 2017
ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ
26 ފެބުރުއަރީ 2017

މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލައަށް ބަހުސް ކުރުން މާދަމާ

26 ފެބުރުއަރީ 2017
މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލައަށް ބަހުސް ކުރުން މާދަމާ
17 ފެބުރުއަރީ 2017

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން
12 ފެބުރުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

12 ފެބުރުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް