Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބްރަޒިލްގައި ބަލި ޖެހުނު މީހުންގެ އަދަދު ލައްކައަކ

ބްރަޒިލްގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ލައްކައަކަށްވުރެ މައްޗަށް

ފާއިތުވި 24 ގަޑި އިރު ތެރޭގައި ބްރަޒިލްގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 4500 އަށްވުރެ މައްޗަށް އަރާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 4 މެއި 2020 | ހޯމަ 00:11
ބްރަޒިލްގެ ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހަކު އަތް ޑިސްއިންފެކްޓް ކުރަނީ

ބްރަޒިލްގެ ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހަކު އަތް ޑިސްއިންފެކްޓް ކުރަނީ

ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ބްރަޒިލްގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1 ލައްކައަށްވުރެ މައްޗަށް އަރައިފިއެވެ.

ފާއިތުވި 24 ގަޑި އިރު ތެރޭގައި ބްރަޒިލްގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 4500 އަށްވުރެ މައްޗަށް އަރާފައެވެ. މިއާއެކު އެގައުމުގައި ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 101،000 އަށްވުރ މައްޗަށް އަރާފައެވެ.

މިއީ ދެކުނު އެމެރިކާގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން ކޮވިޑް-19 އަށް މީހުން ޕޮޒިޓިވްވި ގައުމެވެ. ދެކުނު އެމެރިކާގެ ހުރިހާ ގައުމުތަކުން 2 ލައްކައަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ އިރު ބްރަޒިލުން މީގެ ދެބައިކުޅަ އެއްބައި ހިއްސާ ކުރެއެވެ.

ފާއިތުވި 24 ގަޑި އިރު ތެރޭގައި 4588 މީހަކު އެގައުމުން ޕޮޒިޓިވްވި އިރު، މަރުވި މީހުންގެ އަދަދު އުޅެނީ 7000 ށް ވުރެ މަތީގައެވެ. ފާއިތުވި 24 ގަޑި އިރު ތެރޭގައި އެގައުމުން ވަނީ 275 މީހުން މަރުވެފައެވެ.

ބްރަޒިލްގައި ކޮވިޑް-19 ޖެހިގެން ރަނގަޅުވި މީހުންގެ އަދަދަކީ 42،991 އެވެ. ފަރުވާ ދެމުން އަންނަ މީހުންގެ އަދަދކީ 51،131 އެވެ. ކްރިޓިކަލް ނުވަތަ ސީރިއަސްނ ހާލަތުގައި 8،318 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ދެކުނު އެމެރިކާގެ ގައުމުތަކުގެ ތެރެއިން 2 ވަނައަށް އެންމެ ގިނަ ކޭސްތައް ރިޕޯޓްކޮށްފައިވަނީ ޕެރޫ އިންނެވެ. އެގައުމުން މިހާތަނަށް 45،000 އަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވްގެން ރިޕޯޓްކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
22 މާރިޗު 2017

މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި

22 މާރިޗު 2017
މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު