Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮރަޕްޝަން ކުޑަ ކުރުމަށް މަސައްކަތް ކުރުން

ކޮވިޑް-19އާ ގުޅިގެން ކުރާ މަސައްކަތްތަކުގައި ކޮރަޕްޝަން ކުޑަކުރުމަށް ޚާއްސަ އުސޫލެއް

3 މެއި 2020 | އާދީއްތަ 17:09

ނިންމާ ނިންމުންތަކާ ގުޅޭ ތަފުސީލުތައް ލިޔެ ކިޔުމުން ފެންނަން އޮންނަން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 3 މެއި 2020 | އާދީއްތަ 17:09
ފިނޭންސް މިނިސްޓްރީ ހިންގަމުން އަންނަ އިމާރަތް

ފިނޭންސް މިނިސްޓްރީ ހިންގަމުން އަންނަ އިމާރަތް

ކޮވިޑް19 އާއި ގުޅިގެން ހިންގޭ ޕްރޮކިއުމަންޓުތަކުގައި ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމަށް އަމަލުކުރާނެ ޚާއްސަ އުސޫލެއް ފިނޭންސް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

ފިނޭންސް މިނިސްޓްރީން ދައުލަތުގެ މުއައްސަސާތަކަށް ފޮނުވި ސާކިއުލަރގައި ބުނީ ދައުލަތުން ޚަރަދުކުރަން ޖެހޭ ކަންކަން ނިންމުމުގެ ބާރާއި، މުޠުލަޤު ބާރުތައް އެކަކުގެއަތުގައި ނުބޭއްވުމާއި، މަސައްކަތްތަކާ ގުޅޭ އެކި ޒިންމާތައް ވަކިކުރެވި އެކި ފަރާތްތަކާ ހަވާލުކުރެވިފައި ހުންނަންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

ސާކިއުލަރގައި ބުނީ ކޮވިޑް-19 އާ ގުޅިގެން ނިންމާ ނިންމުންތަކާ ގުޅޭ ތަފުސީލުތައް ލިޔެ ކިޔުމުން ފެންނަން އޮންނަން ޖެހޭ ކަމަށެވެ. އެގޮތުން އެފަދަ ނިންމުންތައް ނިންމާ ސަބަބުތަކާއި، ނިންމުން ނިންމާ ފަރާތްތަކާއި، ނިންމުމާ ގުޅުންހުރި މުހިންމު އިތުރު ކަންކަން ހިމަނަންޖެހޭ ކަމަށް ބުނެފައިވެއެވެ. އަދި، މިފަދަ ލިޔެކިޔުން އެކަށީގެންވާ ފެންވަރެއްގައި، ހާލަތު ނިމުމަށްފަހު ވެސް، އިދާރާތަކުން ބަލަން ބޭނުންވެއްޖެނަމަ ބެލޭނެ ފަދަ ގޮތަކަށް ރައްކާތެރިކުރަމުން ގެންދަންޖެހޭނެކަމަށްވެސް ފިނޭންސްގެ މިސާކިއުލަރގައި ބުނެފައިވެއެވެ.

ސާކިއުލަރގައި ބުނީ ކޮވިޑް-19 އާ ގުޅޭގޮތުން ކުރަމުންގެންދާ ޚަރަދުތަކުގެ ތަފުސީލު، މިނިސްޓްރީއަށް ރިޕޯޓުކުރަން ޖެހޭ ކަމަށެވެ. އަދި ގަވާއިދުން ރިޕޯޓު ކުރެވެމުންދާކަން އެއިދާރާއެއްގެ ފައިނޭންސް އެކްޒެކެޓިވް ކަށަވަރުކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ފިނޭންސް މިނިސްޓްރީން ސާކިއުލަރގައި ބުނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ އިމަޖެންސީ ޕްރޮކިއުމަންޓުގެ ހާލަތްތަކުގެ ދަށުން ޕްރޮކިއުކުރާއިރު، އެކަންކަން ކުރެވެނީ ކަނޑައަޅާފައިވާ އެންމެހައި އުސޫލުތައް ފުރިހަމައަށް ތަންފީޒު ކޮށްގެންކަން ކަށަވަރުކުރަން ޖެހޭ ކަމަށެވެ. އެގޮތުން އިމަޖެންސީކޮށް ހަދަންޖެހޭ އެއްބަސްވުންތައް ހަދާ ހާލަތްތަކުގައި ވެސް، އެފަދަ އެއްބަސްވުންތަކުގައި ހުންނަންޖެހޭނެ ކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެ އަސާސީ މިންގަނޑުތައް އެ އެއްބަސްވުންތަކުގައި ހިމެނުމާއެކު، ކުރާ މަސައްކަތެއްގެ މަގުސަދު ހާސިލުކުރެވޭނެ ފަދަބަޔަކު މަސައްކަތް ހަވާލުކުރުމާއި، ރައްޔިތުންނަށާއި ދައުލަތުގެ މާލިއްޔަތަށް އެންމެ މަންފާ ބޮޑު ގޮތެއްގައި އެފަދަ މަސައްކަތްތައް ކުރުމަށް ސާކިއުލަރގައިވެއެވެ.

އެކި މަސައްކަތްތަކުގައި ޒިންމާވާ ފަރާތްތައް ސާފުކޮށް ކަނޑައެޅި ލިޔެވިފައި ހުރުމާއި، އެކި ނިންމުންތައް ނިންމާއިރު، އެނިންމުމެއް ނިންމުނު ސަބަބު ރެކޯޑުކުރެވި ލިޔުމުން ފެންނަން ހުންނަންޖެހޭ ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ. އަދި މަސައްކަތް ޙަވާލުކުރެވޭ ކުންފުނިތަކާއި ފަރާތްތަކަކީ، އެ ފަރާތުގެ އަސްލީ މަސައްކަތުގެ އިޚްތިސާސްގައި އެފަދަ މަސައްކަތް ހިމެނޭ ފަރާތެއްކަން ޔަގީންކުރުމާއި، އަދި އެފަރާތަކީ، އެ ހަވާލުކުރެވޭ މަސައްކަތް ފަންނީ ނުވަތަ މާލީ ގޮތުން ކުރުމުގެ ގާބިލްކަން ލިބިގެންވާ ފަރާތެއްކަން ވެސް ޔަގީން ކުރަންޖެހޭ ކަމަށް ބުނެފައިވެއެވެ. މަސައްކަތް ކުރަމުންގެންދާއިރު، މަސައްކަތް ކުރިއަށްދާވަރު ބަލައި ރަނގަޅަށް ސުޕަވައިޒް ކުރަންޖެހޭ ކަމަށް ސާކިއުލަރގައި ބުނެފައިވެއެވެ.

ސާކިއުލަރގައި ބުނީ ކާރިސާގެ ޙާލަތުގައި ދައުލަތަށް ހޯދާ ޚިދުމަތާއި ތަކެތި ދައުލަތަށް ހޯދަނީ، ރައްޔިތުންގެ ފުރާނައާއި، ސަލާމަތާއި ރައްކާތެރިކަން ޔަގީންކުރުމުގައި، އާންމު މަސްލަހަތު އިސްކުރެވި، ކާރިސާގެ ވަގުތަށް ބަލާފައި އެކަށީގެންވާ އަގެއްގައިކަން ކަށަވަރުކުރަންޖެހޭ ކަމަށެވެ.

ކުއްލި ޙާލަތުގައި ކުރެވޭ ޕްރޮކިއުމަންޓުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ޢަމަލުކުރުމުގެގޮތުން ކޮންޓްރެކްޓެއް ޙަވާލުކުރުމުގެ ކުރިން އެކަމަށް ހުއްދަ ހޯދަންޖެހޭ ފަރާތެއްގެ ހުއްދަ ހޯދުމާއި، ލިބެން އޮތް އެންމެ ބޮޑު ވާދަވެރިކަމެއް ހޯދުމާއި، ހޯދަން ބޭނުންވާ އެއްޗެއްގެ އަދަދު ނުވަތަ ކުރަންބޭނުންވާ މަސައްކަތް އެވަގުތަކު ދިމާވެފައިވާ ކުއްލި ޙާލަތުގައި ކޮންމެހެން ބޭނުންވާ މިންވަރަށް ވުރެ އިތުރުނުކުރުމަށް ވެސް ބުނެފައިވެއެވެ. ބީލަމެއް ހަވާލުކުރުމަށްފަހު، މާލިއްޔަތު ގަވާއިދުގެ 10.53 ވަނަ މާއްދާއާއި އެއްގޮތްވާގޮތުގެ މަތިން އެ އިދާރާއެއްގެ ވެބްސައިޓުގައި އެކަން ޝާއިއު ކުރުމަށް މިނިސްޓްރީގެ މިސާކިއުލަރގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް