Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް

ދައުލަތުގެ އިދާރާތަކުގެ ހާމަކަން މިހާރަށް ވުރެ ބޮޑުވާންޖެހޭ: ފިޔާޒް

ރައްޔިތުންނަށް މަޢުލޫމާތު ލިބޭނެ ގޮތްތައް ފަސޭހަކުރަންޖެހޭ: ފިޔާޒް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 3 މެއި 2020 | އާދީއްތަ 08:57
\" މާއްދާ 29، މިވެސް ހައްގެއް \" ކެމްޕެއިންގައި އިންފޮމޭޝަން ކޮމިޝަނަރ ހުސެއިން ފިޔާޒް މޫސާ ވާލަހަދައްކަވަނީ

\" މާއްދާ 29، މިވެސް ހައްގެއް \" ކެމްޕެއިންގައި އިންފޮމޭޝަން ކޮމިޝަނަރ ހުސެއިން ފިޔާޒް މޫސާ ވާލަހަދައްކަވަނީ

ދައުލަތުގެ އިދާރާތަކުގެ ހާމަކަން މިހާރަށް ވުރެ ބޮޑުވާންޖެހޭ ކަމަށް އިންފޮމޭޝަން ކޮމިޝަނަރ ހުސެއިން ފިޔާޒް މޫސާ ވިދާޅުވެއްޖެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބުތުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނެރުނު ބަޔާނުގައި ވަނީ ރައްޔިތުންނަށް މަޢުލޫމާތު ލިބޭނެ ގޮތްތައް ފަސޭހަކުރަންޖެހޭ ކަމަށެވެ. އަދި ދައުލަތުގެ އިދާރާތަކުގެ ހާމަކަން މިހާރަށް ވުރެ ވެސް ބޮޑުވާންޖެހޭކަމަށެވެ. ނޫސްވެރިން ބިނާކުރަންޖެހޭ ކަން ފާހަގަކުރައްވާ ފިޔާޒް ވިދާޅުވީ އިތުރު ތަމްރީނުތައް ދޭންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، މަޢުލޫމާތު ހޯދައިލިބިގަތުމުގެ ޙައްޤަކީ ގުޅިލާމެހިފައިވާ ޙައްޤުތަކެއްގެ ގޮތުގައި ސިފަކުރައްވާ ފިޔާޒް ވިދާޅުވީ ދައުލަތުގެ މަޢުލޫމާތުގެ ޙަޤީޤީ މިލްކުވެރިންނަކީ ރައްޔިތުންކަމަށެވެ.

އެހެންކަމުން، މަޢުލޫމާތު ހޯދައިލިބިގަތުމުގެ ޙައްޤުގެ ބޭނުން ނޫސްވެރިންނާއި ރައްޔިތުން މިހާރަށް ވުރެ ބޮޑަށް ހިފުމަށް ވަނީ ގޮވާލައްވާފައެވެ. ފިޔާޒް ވިދާޅުވީ ސުވާލުކުރުމާއި މަޢުލޫމާތު ހޯދަން އެދުމަކީ އާދައަކަށް ހަދައިފިނަމަ ދައުލަތެއްގެ ގޮތުގައި ލިބޭނެ އުފާވެރިކަން މާ ބޮޑު ކަމަށެވެ. އަދި ކޮންމެ ފަރުދަކުވެސް ދޮގު މަޢުލޫމާތު ހުއްޓުވުމަށް މަސައްކަތްކުރުން މުހިއްމު ކަމަށެވެ.

ދިވެހިރާއްޖެ އާއި މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 އަށް އަލިއަޅުއްވާލައްވާ ފިޔާޒް ވަނީ މި ބިރުވެރި ޙާލަތުގައި ވެސް، ނޫސްވެރިން ގޭގައި ތިބެގެންނާއި، ޢާއިލާއާ ދުރުގައި އޮފީހުގައި ބަންދުވެ ތިބެގެން އަދި ކަން ހިނގަމުންދާގޮތާއި މަންޒަރުތައް ގެނެސްދިނުމަށްޓަކައި ބިރެއް ނެތި ހިތްވަރާއެކު ބޭރަށް ނުކުމެ ކުރަމުން އަންނަ ބުރަ މަސައްކަތަށް ޝުކުރުއަދާކުރައްވާފައެވެ.

ކޮވިޑް-19 އިން، ނޫސްވެރިކަމަށް ކުރިމަތިވެފައިވާ ހާސްކަމާއި ނުތަނަވަސްކަން ފާހަގަަކުރައްވާ ފިޔާޒް ވިދާޅުވީ މިދަނޑިވަޅުގައި މީޑިއާތަކަށް ޚާއްޞަ ލޯނެއް ސަރުކާރުން ތަޢާރަފުކުރުމަކީ، ޙާލަތުގެ ސަބަބުން ލިބޭ ގެއްލުން ކުޑަވެގެންދާނެ ކަމެއް ކަމަށް ފެނިވަޑައިގަންނަވާކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު