Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭގަ ތާށިވި ރަށްރަށުގެ މީހުން ފޮނުވައިދިނުން

މާލެއިން ރަށަށް ދާން ބޭނުންވާ 80 މީހަކަށް ދަތުރު ހަމަޖައްސައިދީފި

3 މެއި 2020 | އާދީއްތަ 07:24

ރިސޯޓުތަކުގައި އެބަތިބި 1،000 އެއްހާ މީހުން، ރަށަށް ދާން ބޭނުންވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 3 މެއި 2020 | އާދީއްތަ 07:24
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އެންއޯއީސީ ޕްރެސްއެއްގައި ވާހަކަފުޅު ދައްކަވަނީ

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އެންއޯއީސީ ޕްރެސްއެއްގައި ވާހަކަފުޅު ދައްކަވަނީ

ކޮވިޑް-19 ރޯގާ މާލޭ ޞަރަޙައްދުގައި ފެތުރެންފެށުމާއެކު މާލެ ޞަރަޙައްދު ފުރަބަންދު ކުރުމާގުޅިގެން ރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި 80 މީހަކަށް ރަށަށް ދެވޭނެ އިންތިޒާމު ހަމަޖައްސަވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ކޮވިޑް-19 ކޮވަރޭޖްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޢަލީ ވަހީދު ވިދާޅުވީ ރަށަށް ނުދެވު މާލޭގައި ތިބި ފަރާތްތައް ރަށަށް ފޮނުވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން، ލިސްޓުގައި ތިބި 80 މީހަކު ރަށްރަށަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށާއި، ޓޫރިޒަމް މިނިސްޓްރީގައި ރަށަށް ދާން ބޭނުންވެގެން ރަޖިސްޓަރީ ކުރި މީހުންގެ ލިސްޓު ޖެންޑަރ މިނިސްޓްރީއަށް ފޮނުވާ ދަތުރުފަތުރުގެ ކަންކަން ހަމަޖައްސަމުންދާކަމަށް މިނިސްޓަރު ޢަލީ ވަހީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޢަލީ ވަހީދު ވިދާޅުވީ، މިދަތުރުތައް ހަމަޖައްސާނީ ސިފައިންނާއި، ނޭޝަނަލް އިމަރމަޖެންސީ އޮޕަރޭޝަން ސެންޓަރު ގުޅިގެން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު މީހުންނަށް ރަށްރަށަށް އަނބުރާ ދެވޭނެ އިންތިޒާމު ހަމަޖައްސަވަމުން ގެންދަވާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޢަލީ ވަހީދު ވިދާޅުވީ ރިސޯޓުތަކުގައި ތިބި މީހުންނަށް އެމީހުންގެ ރަށްރަށަށް ދެވޭނެ ޚާއްޞަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ޕްލައިޓް ދަތުރުތައް ހުއްޓާލުމާއި ގުޅިގެން ރިސޯޓުތަކުގައި ގިނަ ޢަދަދެއްގެ މުއައްޒަފުންވަނީ ތާށިވެފައެވެ.

ޢަލީ ވަހީދު ވިދާޅުވީ، 1،000 އެއްހާ މީހުން ރިސޯޓުތަކުގައި ވެސް ރަށަށްދާން ބޭނުންވެގެން އެދިފައިވާ ކަމަށެވެ. އެގޮތުން އެފަރާތްތަކަށް ގޮތެއް ހަމަޖެއްސުމަށް ރިސޯޓުތަކުގެ މެނޭޖްމަންޓާއި، އައިލެންޑް އޭވިއޭޝަނާއެކު މަޝްވަރާ ކުރެވެމުންދާ ކަމަށެވެ. ރިސޯޓުތަކުގައި ތިބި ފަރާތްތައް މާލެއަށް ގެނައުމުގެ ބަދަލުގައި ސީދާ ހުޅުލެއަށް ގޮސް، ރަށްރަށަށް ދެވޭނެ ގޮތަށް ދަތުރުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ރަށްރަށަށް އަނބުރާ ދާން ބޭނުންވާ މީހުން ރަށްރަށަށް ގެންދިއުމާއި، ރަށްރަށަށް ދާ މީހުން ޢަމަލު ކުރަންޖެހޭނެ އުޞޫލު ކަނޑައަޅާފަ އެވެ. އަދި މާލެއިން އަނބުރާ ރަށަށްދާ މީހުން، ރަށަށް ދިއުމަށް ފަހު 14 ދުވަހުގެ އައިސޮލޭޝަން ފުރިހަމަ ކުރަންޖެހޭ ގޮތަށް ވެސް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
08 ފެބުރުއަރީ 2017

ހަނގުރާމަ ކުރަން ސީރިއާއަށް ދާން އުޅުނު ދިވެއްސަކު އަތުލައިގެންފި

08 ފެބުރުއަރީ 2017
ހަނގުރާމަ ކުރަން ސީރިއާއަށް ދާން އުޅުނު ދިވެއްސަކު އަތުލައިގެންފި
03 ފެބުރުއަރީ 2017

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް