Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުރިއްދިމާ އަށް މުމްބާއީ އަށް ދެވިއްޖެ

އެންމެ ފަހުން ރިއްދިމާއަށް މަންމަ ކައިރިއަށް މުމްބާއީއަށް ދެވިއްޖެ

3 މެއި 2020 | އާދީއްތަ 04:50

މުމްބާއި ދެވިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 3 މެއި 2020 | އާދީއްތަ 04:50
ރިޝީ ކަޕޫރު، ރިއްދިމާ ކަޕޫރު އަދި ނީތޫ ކަޕޫރު

ރިޝީ ކަޕޫރު، ރިއްދިމާ ކަޕޫރު އަދި ނީތޫ ކަޕޫރު

މިދިޔަ ބުރާސްފަތި ދުވަހު މަރުވި ބޮލީވުޑް ފިލްމީތަރި ރިޝީ ކަޕޫރުގެ އަންހެން ދަރިފުޅު ރިއްދިމާ ކަޕޫރަށް އޭނާގެ ބައްޕަގެ ޖަނާޒާގައި ބައިވެރިވެ ނުވެވެއެވެ.

މުމްބާއީ ގައި ރިޝީގެ ޖަނާޒާ ކުރިއަށް ދިޔައިރު ރިއްދިމާ ހުރީ ނިއު ދިއްލީގައެވެ. އޭނާއަށް އެދުވަހު މުމްބާއީއަށް ނުދެވުނީ ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ފުރަބަންދުކުރުމާއި ގުޅިގެން އެއްސިޓީން އަނެއް ސިޓީއަށް އަރާ ފޭބުން މަނާކޮށްފައިވާތީއެވެ.

އޭގެ އެއްދުވަސް ފަހުން ހުއްދަ ލިބުމާއެކު އޭނާ މިހާރު ވަނީ ދަރިފުޅު ސަމާރާ އާއެކު މަންމަ ނީތޫ ކަޕޫރާއި، ކޮއްކޮ ރަންބީރު ކަޕޫރުގެ ކައިރިއަށް މުމްބާއީ އަށް ހޮނިހިރު ދުވަހުގެ ރޭ ގޮސްފައެވެ. ޖަނާޒާގައި ބައިވެރި ނުވެވުމުން، ރިޝީގެ ޖަނާޒާ ކުރިއަށް ދިޔަ ވަގުތު ރަންބީރުގެ ލޯބިވެރިޔާ އާލިއާ ބަޓް ވަނީ ރިއްދިމާއަށް ފޭސްޓައިމް މެދުވެރިކޮށް ޖަނާގައި ބައިވެރި ކޮށްދީފައެވެ.

ރިޝީ މަރުވުމާއި ގުޅިގެން ރިއްދިމާ އޭނާގެ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓްގައި ބައްޕަ ދެކެ ވަރަށް ލޯބިވާކަމަށާއި ވަރަށް ހަނދާންވާނެ ކަމަށް ބުނެފައިވެއެވެ. އަދި އެންމެ ފަހުވަގުތު ކައިރީގައި ހުރެވޭނެ ނަމައޭ ހިތަށް އަރާކަމަށާއި، ބައްޕަގެ ފޭސްޓައިމް ކޯލްސް މަތިން ވަރަށް ހަނދާން ވާނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

2018 ވަނަ އަހަރުން ފެށިގެން ރިޝީ ވަނީ ނިއުޔޯކްގައި ކެންސަރަށް ފަރުވާ ހޯދާފައެވެ. އަދި އޭނާ އެނބުރި މުމްބާއީ އަށް ގޮސްފައިވަނީ މިދިޔަ އަހަރުގެ ސެމްޓެންބަރު މަހުގެ ތެރޭގައިއެވެ.

އެނބުރި އިންޑިއާއަށް އައުމަށްފަހު ރިޝީ ވަނީ ޖޫހީ ޗައުލާ އާއި އެކު "ޝަރްމާޖީ ނަމްކީން" ކިޔާ ފިލްމެއްގެ ޝޫޓިން ވެސް ފަށާފައެވެ. ނަމަވެސް ރިޝީގެ ޞިއްޙީ ޙާލަތު ގޯސްވުމުން ފިލްމުގެ މަސައްކަތް ވަނީ ފަހުން މެދުކަނޑާލާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

04 ޖެނުއަރީ 2018

ބަލާބޮޑުކުރުމުގެ ބަދަލުގެ ގޮތުގައި މަންމަ އަށް 1 މިލިއަން ޑޮލަރު ދިނުމަށް ހުކުމް ކޮށްފި

04 ޖެނުއަރީ 2018
ބަލާބޮޑުކުރުމުގެ ބަދަލުގެ ގޮތުގައި މަންމަ އަށް 1 މިލިއަން ޑޮލަރު ދިނުމަށް ހުކުމް ކޮށްފި
06 ޖުލައި 2017

ޕީސީއަށް ފާޑުކިޔުމުން އެންމެ ފަހުން އޭނާގެ މަންމަ ރައްދު ދީފި

06 ޖުލައި 2017
ޕީސީއަށް ފާޑުކިޔުމުން އެންމެ ފަހުން އޭނާގެ މަންމަ ރައްދު ދީފި
13 މެއި 2017

ޕްރިޔަންކާގެ ހޮލީވުޑްގެ ދެވަނަ ފިލްމުން އޭނާ ފެންނާނީ މަންމައެއްގެ ރޯލުން

13 މެއި 2017
ޕްރިޔަންކާގެ ހޮލީވުޑްގެ ދެވަނަ ފިލްމުން އޭނާ ފެންނާނީ މަންމައެއްގެ ރޯލުން
05 އެޕްރީލު 2017

އާލިއާ ބަޓްގެ މަންމަ އެބުރި ސިނަމާތަކަށް

05 އެޕްރީލު 2017
އާލިއާ ބަޓްގެ މަންމަ އެބުރި ސިނަމާތަކަށް
26 މާރިޗު 2017

"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!

26 މާރިޗު 2017
"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!
22 މާރިޗު 2017

ދަރިފުޅު ފެނުމުން ހީކުރީ އެއީ އޭލިއަން އެއް ކަމަށް: މަންމަ

22 މާރިޗު 2017
ދަރިފުޅު ފެނުމުން ހީކުރީ އެއީ އޭލިއަން އެއް ކަމަށް: މަންމަ
23 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ފަލަ މީހާ ބަރުދަން ލުއިކުރަން ރިތިކްގެ މަންމަ 10 ލައްކަ ރުޕީސް ދީފި

23 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަ މީހާ ބަރުދަން ލުއިކުރަން ރިތިކްގެ މަންމަ 10 ލައްކަ ރުޕީސް ދީފި
16 ފެބުރުއަރީ 2017

ފޭސްބުކްގައި މަންމަ ޝެއާ ކޮށްފައިވާ ޕޯސްޓްތަކުގެ ބަދަލު ޒައިރާ އަށް!

16 ފެބުރުއަރީ 2017
ފޭސްބުކްގައި މަންމަ ޝެއާ ކޮށްފައިވާ ޕޯސްޓްތަކުގެ ބަދަލު ޒައިރާ އަށް!
09 ފެބުރުއަރީ 2017

ސަންޖޭގެ ފިލްމްގައި ރަންބީރުގެ މަންމަގެ ރޯލު ކުޅޭނީ މަނީޝާ

09 ފެބުރުއަރީ 2017
ސަންޖޭގެ ފިލްމްގައި ރަންބީރުގެ މަންމަގެ ރޯލު ކުޅޭނީ މަނީޝާ
12 ޖެނުއަރީ 2017

ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" ގެ ތަރިން މުމްބާއީއަށް

12 ޖެނުއަރީ 2017
ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" ގެ ތަރިން މުމްބާއީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް