Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބަލާބޮޑުކުރުމުގެ އަގު

ބަލާބޮޑުކުރުމުގެ ބަދަލުގެ ގޮތުގައި މަންމަ އަށް 1 މިލިއަން ޑޮލަރު ދިނުމަށް ހުކުމް ކޮށްފި

މަންމަ ބުނީ އޭނާގެ ދެ ދަރިން ބަލާބޮޑުކުރީ އެކަނިވެރި މައެއްގެ ގޮތުގައި ކަމަށް

ރާއްޖެ އެމްވީ | 4 ޖެނުއަރީ 2018 | ބުރާސްފަތި 14:33
ތައިވާން މީހަކު އޭނާގެ މަންމަ ގޮވައިގެން ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލުގައި

ތައިވާން މީހަކު އޭނާގެ މަންމަ ގޮވައިގެން ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލުގައި

ބަލާބޮޑުކުރުމުގެ ބަދަލުގެ ގޮތުގައި މަންމަ އަށް ގާތްގަނޑަކަށް މިލިއަނެއްހާ ޑޮލަރު ދެއްކުމަށް ފިރިހެން ދަރިއެއްގެ މައްޗަށް ތައިވާންގެ އެންމެ މަތީ ކޯޓުން ހުކުމް ކޮށްފިއެވެ.

ހުކުމް އިއްވި މީހާ އަކީ މި އަންހެން މީހާގެ ދެ ވަނަ ފިރިހެން ދަރިއެވެ.

އަންހެން މީހާ އޭނާގެ ދަރިފުޅު ގޮވައިގެން ކޯޓަށް ދިޔައީ 1997 ވަނަ އަހަރު އެ ދެމައިންގެ ދެމެދުގައި ހެދި އެއްބަސްވުމަކާ ދަރިފުޅު ޚިލާފު ވުމާ ގުޅިގެން ނެވެ.

ޗޫ ނަމަކަށް ކިޔާ އުމުރުން 20 އަހަރުގެ ފިރިހެން ދަރިފުޅާއި އޭނާގެ މަންމަ އާ ދެމީހުން ސޮއި ކުރި އެއްބަސްވުމުގައި ވަނީ ފިރިހެން ދަރިފުޅު ޑެންޓިސްޓްރީ ކޯހެއް ހެދުމަށް ހިނގާ ޚަރަދު މަންމަ ދައްކައިދީފި ނަމަ، ކޯސް ފުރިހަމަ ކުރުމަށްފަހު އޭނާ އަށް ލިބޭ މުސާރައިގެ 60 އިން ސައްތަ ކޮންމެ މަހަކު މަންމަ އަށް ދޭނެ ކަމަށެވެ.

"ތައިވާން ނިއުސް" އިން ހާމަ ކޮށްފައިވާ ގޮތުގައި، ކޯސް ފުރިހަމަ ކޮށް ނިމުމުން އެއްބަސް ވެފައިވާ ގޮތައް ދަރިފުޅު އަމަލު ކޮށްފައެއް ނުވެއެވެ. އަދި ފަހުން އޭނާ ބުނެފައިވަނީ މަޔަކު އޭނާގެ ދަރިފުޅު ބަލާބޮޑުކުރުމުގެ ގޮތުން ކުރާ ޚަރަދަކީ އޭގެ ބަދަލު ދޭން ޖެހޭނެ އެއްޗެއް ނޫން ކަމަށާއި އެހެން ކަމުން އެ އެއްބަސްވުމަކީ ބާތިލް އެއްޗެއް ކަމަށެވެ.

ޝަރީއަތުގައި ދެކޮޅުން ދެއްކި ވާހަކަތައް އަޑު އެހުމަށް ފަހު ތައިވާނުގެ ސްޕްރީމް ކޯޓުން ހުކުމް ކުރީ އެއްބަސްވުމަކީ ސައްހަ އެއްބަސް ވުމެއް ކަމަށާއި އަދި މަންމަ އަށް ބަދަލުގެ ގޮތުގައި މިލިއަނެއްހާ ޑޮލަރާއި، އިންޓަރެސްޓް ވެސް ދައްކަން ޖެހޭނެ ކަމަށެވެ.

ކޯޓުގައި ލުއޯ ކިޔާ މި އަންހެން މީހާ ބުނެފައިވަނީ އެކަނިވެރި މައެއްގެ ގޮތުގައި ދެ ދަރިން ބަލާބޮޑުކުރުމަށް ކުރި ޚަރަދުގެ ސަބަބުން 675،000 (ހަ ލައްކަ ހަތްދިހަ ފަސް ހާސް) ޑޮލަރުން އޭނާ ދަރަނިވެރިވެފައިވާ ކަމަށެވެ.

ކޯޓު އަޑު އެހުމުގައި މަންނަ ބުނެފައިވަނީ، ދަރިފުޅާ އެކު ހެދި އެއްބަސް ވުމުގައި، ދަރިފުޅު ބަލާބޮޑުކުރުމަށް ހިނގި ޚަރަދަށް ދަރިފުޅު ޖާމިނު ވާން ޖެހޭނެ ކަމަށް ލިޔެ ދެފަރާތުން ސޮއި ކުރި ކަމަށެވެ. ކޮންޓްރެކްޓެއް ހެދުމުގެ ބޭނުމަކަށް ވީ ދަރިފުޅުގެ ޒިންމާ އަދާ ކޮށްފާނެ ކަމާ މެދު އޭނާގެ ހިތުގައި ޝައްކު އުފެދިގެން ކަމަށްވެސް ކޯޓުގައި މަންމަ ބުނެފައި ވެއެވެ.

ކޯޓުން މައްސަލައިގެ ޝަރީއަތް ނިންމާ ހުކުމް ކުރީ އަންގާރަ ދުވަހުއެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

ދަރިފުޅު ފެނުމުން ހީކުރީ އެއީ އޭލިއަން އެއް ކަމަށް: މަންމަ

22 މާރިޗު 2017
ދަރިފުޅު ފެނުމުން ހީކުރީ އެއީ އޭލިއަން އެއް ކަމަށް: މަންމަ
22 މާރިޗު 2017

ހަމައެކަނި އެކްޓަރެއްގެ ގޮތުގައި އެނގޭކަށް ބޭނުމެއް ނޫން: އާލިއާ

22 މާރިޗު 2017
ހަމައެކަނި އެކްޓަރެއްގެ ގޮތުގައި އެނގޭކަށް ބޭނުމެއް ނޫން: އާލިއާ
21 މާރިޗު 2017

ހަތަރު ދުވަހުގެ ތެރޭގައި "ބިއުޓީ އެންޑް ދަ ބީސްޓް" އަށް 357.1 މިލިއަން ޑޮލަރު

21 މާރިޗު 2017
ހަތަރު ދުވަހުގެ ތެރޭގައި "ބިއުޓީ އެންޑް ދަ ބީސްޓް" އަށް 357.1 މިލިއަން ޑޮލަރު
23 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ފަލަ މީހާ ބަރުދަން ލުއިކުރަން ރިތިކްގެ މަންމަ 10 ލައްކަ ރުޕީސް ދީފި

23 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަ މީހާ ބަރުދަން ލުއިކުރަން ރިތިކްގެ މަންމަ 10 ލައްކަ ރުޕީސް ދީފި
16 ފެބުރުއަރީ 2017

ފޭސްބުކްގައި މަންމަ ޝެއާ ކޮށްފައިވާ ޕޯސްޓްތަކުގެ ބަދަލު ޒައިރާ އަށް!

16 ފެބުރުއަރީ 2017
ފޭސްބުކްގައި މަންމަ ޝެއާ ކޮށްފައިވާ ޕޯސްޓްތަކުގެ ބަދަލު ޒައިރާ އަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު