Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަރުމަވަންތަ ހޮސްޕިޓަލުގެ މަސައްކަތް

ކޮވިޑަށް ފަރުވާދެމުންދާ އެކަކުގެ ފުރަތަމަ ސާމްޕަލްގެ ނަތީޖާ ނެގެޓިވް

2 މެއި 2020 | ހޮނިހިރު 11:57

ފަރުވާދެނީ ހަ މީހަކަށް

އަލީ ސަމާޚް
އަލީ ސަމާޚް | 2 މެއި 2020 | ހޮނިހިރު 11:57
ދަރުމަވަނަތް ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި މިހާރު 5 މީހަކަށް ދަނީ ފަރުވާދެމުން

ދަރުމަވަނަތް ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި މިހާރު 5 މީހަކަށް ދަނީ ފަރުވާދެމުން

ކޮވިޑް-19 ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން އަންނަ ބަލި މީހުންގެ ތެރެއިން އެކަކުގެ ފުރަތަމަ ސާމްޕަލްގެ ނަތީޖާ ނެގެޓިވްވެ، އެމީހާ ޑީއެޗް-17 އަށް ބަދަލުކޮށްފިއެވެ.

ރާއްޖެއިން ކޮވިޑް-19 ބަލި ޖެހުނު މީހުންގެ ތެރެއިން ހަ މީހަކަށް ދަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އެއީ ފަސް ދިވެހިންނާއި، ބިދޭސީއެކެވެ.

Advertisement - newsAdvertisement

ހޮނިހިރު ދުވަހު ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވީ، ވޯޑަށް ބަދަލުކުރި މީހާގެ މިހާރު ހުރީ ''ފުރަމޭ'' ގެ މައްސަލައެއް ކަމަށެވެ. އޭނާ ވިދާޅުވީ، އެމީހާގެ ފުރަތަމަ ސާމްޕަލް ނެގެޓިވްވެފައިވާ ކަމަަށާއި، ދެވަނަ ސާމްޕަލްގެ ނަތީޖާ އަދި ނުލިބޭކަމަށެވެ.

ޑރ. މުހައްމަދު އިސްމާއިލް ވަނީ އިތުރު ބަލި މީހުންގެ މަޢުލޫމާތުވެސް ހިއްސާކުރައްވާފައެވެ. އެގޮތުން، ފަރުވާދެމުންދާ 88 އަހަރުގެ މީހާގެ ޙާލު އެހާ ރަނގަޅު ނޫން ކަމަށާއި، އެ މީހާގެ ޙާލަތު އިތުރަށް ގޯސްވުމުގެ ފުރުޞަތު އޮތުމުން، އަދިވެސް އެ މީހާގެ ޙާލަތު ބަލަމުންދާ ކަމަށް ވިދާޅުވިއެވެ. އުމުރުން 49 އަހަރުގެ ޕާކިސްތާނުގެ ފިރިހެން މީހާއާއި ބެހޭ ގޮތުން ޑޮކްޓަރ ވިދާޅުވީ، އެމީހާގެ ހުން އެބަހުރި ކަމަށާއި، ނޭވާލުމުގެ މައްސަލައެއް ހުރުމުން އޮކްސިޖަން ގެ ފަރުވާ ދެމުން އަންނަކަމަށެވެ.

ޑޮކްޓަރު ވިދާޅުވީ، ފަރުވާދެމުންދާ މީހުންގެ ތެރެއިން 58 އަހަރުގެ މީހާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާތާ ހަ ދުވަސް ވެއްޖެ ކަމަށާއި، ބައެއް ބޭސްތައް ދިނުން ހުއްޓާލާފައިވާ ކަމަށެވެ. ކުރިޔަތް އޮތް 10 ދުވަހު އިތުުރު ބޭސްތައް ދިނުމަށް ނިންމަވާފައިވާކަމަށްވެސް ވިދާޅުވިއެވެ.

ޑޮކްޓަރު މުހައްމަދު އިސްމާއިލް ވިދާޅުވީި، ޞިއްޙީ ގިނަ މައްސަލަތަކާއި ގުޅިގެން ފަރުވާދެމުންދާ 80 އަހަރުގެ މީހަކު ހޮސްޕިޓަލުގައި ފަރުވާދެމުންދާތާ 12 ދުވަސް ވެދާނެ ކަމަށާއި، އެމީހާގެ ބެކްޓީރިއަލް ނިއުމޯނިޔާ އެބަހުރި ކަމަށެވެ. އަދި އެމީހާގެ ބަލި ޙާލަތު ކުރިޔަށްވުރެ ރަނގަޅު ކަމަށާއި، ކުރިޔަށް އޮތް ތަނުގައި އިތުރު ބޭސްތަކެއް ދިނުން އެކަށީގެންވާ ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް މިހާތަނަށް 491 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. ބަލިން 17 މީހަކު ރަނގަޅުވެފައިވާއިރު، ބަލި ޖެހިގެން އެކަކު ވަނީ ރަނގަޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

09 މެއި 2017

ރައްޔިތުންނަށް ފުރަތަމަ ބޭނުންވަނީ އަސާސީ ހިދްމަތްތައްކަން އިންތިހާބުގެ ނަތީޖާއިން އެނގޭ: އަލީ ހުސައިން

09 މެއި 2017
ރައްޔިތުންނަށް ފުރަތަމަ ބޭނުންވަނީ އަސާސީ ހިދްމަތްތައްކަން އިންތިހާބުގެ ނަތީޖާއިން އެނގޭ: އަލީ ހުސައިން
24 އެޕްރީލު 2017

މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދު

24 އެޕްރީލު 2017
މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދު
15 އެޕްރީލު 2017

އޭޑީކޭ އިން ރާއްޖޭގެ ފުރަތަމަ ސްޕައިނަލް ކޮންފަރެންސް ބާއްވައި، މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ލައިވްކޮށްފި

15 އެޕްރީލު 2017
އޭޑީކޭ އިން ރާއްޖޭގެ ފުރަތަމަ ސްޕައިނަލް ކޮންފަރެންސް ބާއްވައި، މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ލައިވްކޮށްފި
07 އެޕްރީލު 2017

ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް

07 އެޕްރީލު 2017
 ފާރިސް އާއި ޔުމްނާ މައުމޫނު ފުރަތަމަ ފަހަރަށް މުޒާހަރާއެއްގައި - ތަފާތު މަންޒަރެއް
10 މާރިޗު 2017

ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

10 މާރިޗު 2017
ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި
02 މާރިޗު 2017

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް