Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޅުދުއްފުށި ސިޓީގެ ލޮކްޑައުން

ކުޅުދުއްފުށި ސިޓީ ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފި

1 މެއި 2020 | ހުކުރު 07:31

ލޮކްޑައުންގެ މުއްދަތު ހަމަވާނީ މިމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް

އަމްނާ އިމާދު
އަމްނާ އިމާދު | 1 މެއި 2020 | ހުކުރު 07:31
ކުޅުދުއްފުށި ސިޓީގައި އިތުރު ހަތް ދުވަހަށް ލޮކްޑައުން ދަމަހައްޓަން ޓާސްކްފޯސްއިން ނިންމާފައިވަނީ ބައެއް ބަދަލުތަކާއެކު

ކުޅުދުއްފުށި ސިޓީގައި އިތުރު ހަތް ދުވަހަށް ލޮކްޑައުން ދަމަހައްޓަން ޓާސްކްފޯސްއިން ނިންމާފައިވަނީ ބައެއް ބަދަލުތަކާއެކު

ކުޅުދުއްފުށި ސިޓީގައި ކޮވިޑް-19 ފެތުރުމުގެ ބިރު ބޮޑުވެފައި ވާތީ އެ ސިޓީގެ ކޮވިޑް-19 ޓާސްކު ފޯހުން ފުރަބަންދުގެ މުއްދަތު 7 ދުވަހަށް އިތުރުކޮށްފިއެވެ.

ކުޅުދުއްފުށި ސިޓީގައި ފުރަތަމަ ލޮކްޑައުން ކުރީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު 03 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތު ދެވަނަ ފަރަހަށް އިތުރުކުރީ 1 މެއިގެ މެންދުރު 12:00 އަށެވެ. އަދި މިހާރު 7 ދުވަސް އިތުރު ކޮށްފައިވާއިރު، ފުރަބަންދުގެ މުއްދަތު ހަމަވާނީ މެއި މަހުގެ 7 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

Advertisement - newsAdvertisement

ކުޅުދުއްފުށި ކައުންސިލުން ބުނީ ކޮވިޑް-19 ރޯގާގެ ބިރުވެރިކަން ރާއްޖޭގައި އިންތިހާއަށް ބޮޑުވެފައިވާއިރު، އުތުރުގެ ބައެއް ރަށްރަށުން ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުން ފެނި ބަލި އިތުރަށް ފެތުރެމުންދާ ކަމަށެވެ.

ކުޅުދުއްފުއްޓަކީ އުތުރުގެ ޞަރަޙައްދުގެ އިޤުތިޞާދީ، ޞިއްޙީ އަދި ދަތުރުފަތުގެ ނާރެސްކަމުން ޒަރޫރީ ބޭނުންތައް ފުރިހަމަ ކުރުމަށް ގިނަ ޢަދަދެއްގެ މީހުން ކުޅުދުއްފުއްޓަށް ދަތުރުކުރަން ޖެހިފައިވާތީ، ބަލިން ރައްކާތެރި ވުމުގެ ގޮތުން އެ ޞަރަޙައްދުގެ ޙާލަތަށް ރިޢާޔަތް ކޮށް އަޅާ ފިޔަވަޅެއްގެ ގޮތުން 23 އޭޕްރިލް 2020 ކުޅުދުއްފުށި ފުރަބަންދު ކުރި އިޢުލާނުގައިވާ ބަދަލު ތަކަކާއެކު ފުރަބަންދު ދަމަހައްޓަން ކުޅުދުއްފުށި ކޮވިޑް-19 ޓާސްކް ފޯސްއިން ނިންމާފައިވާ ކަމަށަ ބަޔާނުގައިވެއެވެ.

އެގޮތުން 01 މެއި އިން 07 މެއިގެ ނިޔަލަށް ޒަރޫރީ ބޭނުންތަކަށް ހުއްދަ ހޯދުމަކާ ނުލާ ހެނދުނު 06:00ން ހަވީރު 03:30ށް ނުކުމެ އުޅެވޭގޮތައް ހަމަޖައްސައި މި ނޫން ގަޑިތަކުގައި ކުޅުދުއްފުށި ސިޓީގައި ހުއްދަ ހޯދުމަކާއި ނުލާ ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެއް ކަމަށް ކައުންސިލުން ބުނެއެވެ.

މިގޮތައް އެންގީ ކޮވިޑް-19 ފެތުރުމުގެ ފުރުޞަތު އޮތް މިންވަރަށާއި، ޙާލަތަށް ރިޢާޔަތްކޮށް އެއްވެ އުޅުން ހުއްޓުވުމަށާއި އިޖްތިމާޢީ ގައިދުރުކަން ޤާއިމު ކުރުމަށް ފިޔަވަޅު އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ކައުންސިލަށް ދެއްވާފައިވާ ބާރުގެ ދަށުން ކަމަށް ކައުންސިލުން ބުނެއެވެ.

ލޮކްޑައުން ކޮށްފައިވާ ވަގުތު ތަކުގައި ހުއްދަ ނެތި ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެކެވެ. މި އެންގުމާއި ޚިލާފުވާ މީހުންނާ މެދު (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 143 މާއްދާއާއި ޙަވާލާދީ ކައުންސިލުން ކުރާ ޢަމުރަށް ނުކިޔަމަންތެރިވާ މީހުންނާ މެދު ޢަދަބެއްގެ ގޮތުގައި މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލާ 500 ރުފިޔައާއި 5000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ފިޔަވަޅު އެޅުމަށް ލިބިދޭ ބާރުގެ ދަށުން ޢަމަލު ކުރުމުގެ އިޚުތިޔާރު ކައުންސިލަށް ލިބިފައިވެއެވެ.

ކޮވިޑް-19 ޓާސްކް ފޯސްގެ ފަރާތުން ބަލި ކޮންޓްރޯލް ކުރަން އަޅަމުން ގެންދާ ފިޔަވަޅުތަކަށް ކުޅުދުއްފުށި ރައްޔިތުންގެ ފަރާތުންނާއި، ޞަރަޙައްދުގެ ރަށްތަކުން ލިބޭ އެއްބާރުލުން ފާހަގަކޮށް ކައުންސިލުން ބުނީ ބަލި ކޮންޓްރޯލް ކުރުމަކީ ބަލިން ރައްކާތެރިވުމަށް ތިބުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށެވެ.

މިދަނޑިވަޅުގައި ޢާންމު ސާފުތާހީރުކަމަށާއި، ޢާންމު ދިރިއުޅުމުގައި އިޖްތިމާޢީ ގައިދުރުކަން ހިފެހެއްޓުމަށާއި، ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ދުރާލާ ރާވާ، ބޭރަށް ނުކުމެ އުޅުން މަދުކުރުމާއި މުޖުތަމަޢުގެ ޢާންމު މަޞްލަޙަތު ގެއްލޭ ފަދަ އެންމެހައި ކަންކަމުން ދުރުހެލިވެ ތިބުމަށް ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ.

ލޮކްޑައުން އަދި ކޮވިޑް-19ގެ މި ނުރައްކާތެރި ޙާލަތުގައި އެކަކު އަނެއްކަކަށް އެހީތެރިވުމާއި ފަޤީރުން، މިސްކީނުން، ޢާއިލާ މެންބަރުން އަދި ރަށަށް އެކި ޚިދުމަތް ކޮށްދިނުމަށް އެހެން ޤައުމުތަކުން ޒިޔާރަތްކޮށް ރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ޙާލު ބަލާ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ނަޞޭޙަތްތެރިވެފައިވެއެވެ. އަދި ގޭގައި ތިބޭއިރު ދުޅަހެޔޮކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ކައުންސިލުން އެދިފައިވެއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް