Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަނިޔާ އިން ކޭން ރަނގަޅުވުން

ފަލަމަސްގަނޑަށް ލިބުނު އަނިޔާއިން ކޭން ރަނގަޅުވެއްޖެ: މޮރީނިއޯ

ކޭން އަށް އަނިޔަވީ މިއަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 1 މެއި 2020 | ހުކުރު 03:55
ޓޮޓެންހަމް ހޮޓްސްޕާގެ ފޯވާޑް ހެރީ ކޭން އާއި ކޯޗު ހޯސޭ މޮރީނިއޯ އެކުގައި

ޓޮޓެންހަމް ހޮޓްސްޕާގެ ފޯވާޑް ހެރީ ކޭން އާއި ކޯޗު ހޯސޭ މޮރީނިއޯ އެކުގައި

ޓޮޓެންހަމް ހޮޓްސްޕާގެ ފޯވާޑް ހެރީ ކޭން އަށް ލިބުނު އަނިޔާއިން އޭނާ މިހާރު އެއްކޮށް ރަނގަޅުވެފައިވާ ކަމަށް އެޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އުމުރުން 26 އަހަރުގެ ކޭންގެ ފައިގެ ފަލަމަސްގަނޑާއި ކުޑަ ހުޅަށް އަނިޔާވީ ޖެނުއަރީ މަހުގެ ކުރީކޮޅުގައި އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗުތެރެއިންނެވެ. އަނިޔާވުމުން ކޭން ވަނީ އޮޕަރޭޝަނެއް ކޮށްފަ އެވެ.

މީގެ ކުރިން ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ކޭން އަށް ލިބިފައިވާ އަނިޔާ ހީކުރި ވަރަށް ވުރެން ގޯސްވުން އެކަށީގެންވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މާޗު މަހުގެ 13 ވަނަ ދުވަހުން ފެށިގެން އިނގިރޭސި ޕްރިމިއާ ލީގު މެދުކަނޑާލާފައިވާއިރު، ލީގު އަލުން ފެށުމަށް މަސައްކަތް ކުރަމުން އަންނަނީ ޖޫން މަހުގެ 8 ވަނަ ދުވަހު އެވެ.

ދާދި ފަހުން މޮރީނިއޯ ބުނީ ކޭން އަށް ލިބުނު އަނިޔާ އިން އޭނާ މިހާރު އެއްކޮށް ރަނގަޅުވެފައިވާ ކަމަށާއި، އެކަމަކު އޭނާ އަށް ކުޅުމުގެ ތެރެއަށް އާދެވޭނީ ރަނގަޅަށް ފަރިތަކޮށްގެން ކަމަށެވެ.

މީގެ ކުރިން ޓޮޓެންހަމުން ވަނީ ކުޅުންތެރިން އެކަނި ތަމްރީނުތައް ހަދަން އެ ކްލަބުގެ ޓްރެއިނިން ސެންޓަރު ހުޅުވާލާފައެވެ. ކޭންގެ އިތުރުން އެޓީމުގެ މޫސާ ސިސޯކޯ އާއި ސްޓީވެން ބާގްވެއިން ވެސް ވަނީ އަނިޔާ އިން ރަނގަޅުވެފައެވެ.

މޮރިނިއޯ ބުނީ ލީގުގައި ބާކީ އޮތް ނުވަ މެޗަށް ޓީމުގެ ގިނަ ކުޅުންތެރިން ފިޓްވުމަކީ އެޓީމަށް ލިބޭނެ ފައިދާއެއް ކަމަށާއި، އެކަމަކު މި ކުޅުންތެރިންނަށް އެއްކޮށް ފިޓްވުމަށް ހުރިހާ ކުޅުންތެރިން އެކުގައި ތަމްރީނުތައް ހަދަން ޖެހޭނެ ކަމަށެވެ.

މާޗު މަހުގެ 13 ވަނަ ދުވަހު ޕްރިމިއާ ލީގު މެދުކަނޑާލިއިރު، ޓޮޓެންހަމް އޮތީ ތާވަލުގެ އަށްވަނައިގައި 29 މެޗުން 41 ޕޮއިންޓާއެކު އެވެ.

އިތުރަށް ކިޔާލަން

20 އެޕްރީލު 2017

ވިލްޝެއާގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާއެކު ސީޒަން ނިންމާލައިފި

20 އެޕްރީލު 2017
ވިލްޝެއާގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާއެކު ސީޒަން ނިންމާލައިފި
15 މާރިޗު 2017

ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ

15 މާރިޗު 2017
ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ
28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
27 ފެބުރުއަރީ 2017

ކޭންގެ ހެޓްރިކާއެކު ޓޮޓެންހަމް ޓޭބަލްގެ ދެވަނައަށް

27 ފެބުރުއަރީ 2017
ކޭންގެ ހެޓްރިކާއެކު ޓޮޓެންހަމް ޓޭބަލްގެ ދެވަނައަށް
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު