Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް-19 ރާއްޖޭގެ ހާލަތު

ލޮކްޑައުން ދިގު ދައްމާލީ މާލޭގައި ތޮއްޖެހިގެން އުޅޭ މަސައްކަތު މީހުން މަދުކުރުމަށް އިތުރު މަސައްކަތްކުރުމަށް: މަބްރޫކް

323 މީހުންނަކީ ބިދޭސީން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 1 މެއި 2020 | ހުކުރު 00:43
މަބްރޫކް އަޒީޒު

މަބްރޫކް އަޒީޒު

މާލެ ސިޓީ ސަރަހައްދުގައި އޮތް ލޮކްޑައުންގެ މުއްދަތު އިތުރުކުރި އެއް ސަބަބަކީ މާލޭގައި ތޮއްޖެހިގެން އުޅޭ މަސައްކަތްތެރިންނާއި އެހެން މީހުންގެ ތޮއްޖެހުން ކުޑަކުރުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށްކަމަށް ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މިހާތަނަށް 468 މީހުން ޕޮޒިޓިވް ވެފައިވާއިރު މީގެތެރެއިން 323 މީހުންނަކީ ބިދޭސީންނެވެ. އަދި މީގެތެރެއިން ގިނަ މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ. ބަންގްލަދޭޝްގެ 252 މީހަކު މިހާތަނަށް އައިއިރު ޕޮޒިޓިވް ވެފައިވާއިރު މީގެތެރޭގައި ބާޒާރު މައްޗާއި ކުދިކުދި ތަންކޮޅުގައި އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ހިމެނެ އެވެ. އެއާއެކު ސަރުކާރުން ގެންދަނީ މާލެ ސަރަހައްދުގައި އުޅޭ ބިދޭސީން ކަރަންޓީނު ފެސިލިޓީތަކަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންނެވެ.

Advertisement - newsAdvertisement

އެގޮތުން ހުޅުމާލެ ، ގުޅީފަޅު އަދި ވިލިވަރުގައި ކަރަންޓީނު ފެސިލިޓީތަކެއް ހެދި އެމީހުން އެތަންތަނަށް މިހަފްތާތެރޭގައި ބަދަލުކުރެވޭނެ ކަމަށް މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.

މަބްރޫކް ވިދާޅުވީ މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ޓެގް ޓީމުން ލަފާދީފައިވަނީ ލޮކްޑައުންގެ ހާލަތުގައި މާލޭގައި މީހުންގެ ތޮއްޖެހުން މަދުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް ރާވާ ނިންމާފައިވާތީ ލޮކްޑައުންގެ މުއްދަތު އިތުރުކުރުމަށް ކަމަށެވެ. މީގެއިތުރުން ލޮކްޑައުންގެ މުއްދަތު އިތުރުކުރި ދެ ވަނަ ސަބަބެއްކަމަށް މަބްރޫކް ވިދާޅުވީ ފެންނަން ހުރި ކުލަސްޓަރ ތަކުގެ ތެރެއިން ޑައިރެކްޓް ކޮންޓެކްސްޓްސް ގެ ގޮތުގައި އަދިވެސް ގިނަ ޕޮޒިޓިވް ކޭސްތައް ފެންނަމުން ދިޔުމެވެ. ކްލަސްޓަރތައް ފެތުރުނަ ނުދީ ހިފެހެއްޓިއްޖެ ކަމަށްވާނަމަ މިކަމުން ލުއި މަގެއް ފެނިދާނެކަމަށް ޓެގް ޓީމަށް ފެންނަކަމަށް މަބްރޫކް ވިދާޅުވި އެވެ.

މާލެ ސިޓީ އެންމެ ފުރަތަމަ ލޮކްޑައުން ކޮށްފައިވަނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހެއް ފެނުމާއެކުގަ އެވެ. އޭގެފަހުން އޭޕްރީލް 17 ވަނަ ދުވަހު އޭޕްރީލް 30 އާ ހަމައަށް ލޮކްޑައުންގެ މުއްދަތު އިތުރުކުރިއެވެ. އަދި އެފަހުން މެއި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ލޮކްޑައުންގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ

ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ

28 ފެބުރުއަރީ 2017
ރައީސް ޔާމީނަށް ދިގު މުއްދަތަކަށް ވެރިކަމުގައި ހުންނެވޭނެ ގޮތަށް ގާނޫނުތައް ބަދަލުކުރުމުގެ އިޝާރާތެއް!

ރައީސް ޔާމީނަށް ދިގު މުއްދަތަކަށް ވެރިކަމުގައި ހުންނެވޭނެ ގޮތަށް ގާނޫނުތައް ބަދަލުކުރުމުގެ އިޝާރާތެއް!

27 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

05 ފެބުރުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު