Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމުދާ އަގުބޮޑުކޮށް ވިއްކާ މައްސަލަ

މުދާ އަގުބޮޑުކޮށް ނުވިއްކުމަށް ލިލީ އިންޓަރނޭޝަނަލް އިން އެދިއްޖެ

ވިޔަފާރިތަކަށް ހަމައަގުގައި މުދާފޯރުކޮށްދިނުމުން އެފަރާތްތަކުން މުދާ އަގުބޮޑުކޮށް ވިއްކާކަން ފާހަގަ ކުރެވިފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 30 އެޕްރީލު 2020 | ބުރާސްފަތި 14:38
ލިލީ އިންޓަރނޭޝަނަލް އިން ފިހާރަތަކަށް މުދާ ޑެލިވަރީ ކުރުމުގެ މަސައްކަތުގައި އެ ކުންފުނީގެ މުވައްޒަފުން ހަރަކާތްތެރިވަނީ

ލިލީ އިންޓަރނޭޝަނަލް އިން ފިހާރަތަކަށް މުދާ ޑެލިވަރީ ކުރުމުގެ މަސައްކަތުގައި އެ ކުންފުނީގެ މުވައްޒަފުން ހަރަކާތްތެރިވަނީ

ކޮވިޑް-19 އާއި ގުޅިގެން ބައެއް ފަރާތްތަކުން މުދާ ގަނެގެން ބޮޑު އަގުގައި ވިއްކަމުންދާ ކަމަށައި، އެކަން އެގޮތަށް ނުކުރުމަށް ލިލީ އިންޓަރނޭޝަނަލް އިން އެދިއްޖެއެވެ.

ލިލީން މިހެން ބުނެފައިވަނީ އެ ކުންފުނިން މުދާ ގަނެގެން ބައެއް ފަރާތްތަކުން އަގުބޮޑުކޮށް މުދާ ވިއްކަމުންދާތީއެވެ.

މިކަމާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ މި ހިތްދަތި އުނދަގޫ ދަނޑިވަޅުގައި އެންމެ ޒަރޫރީ ބޭނުމަކަށް ވެފައިވަނީ ދުވަހުން ދުވަހަށް ހޯދަންޖެހޭ ކާބޯތަކެތި ހޯދުމާ މިތަކެތި އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި މި ހައްސާސް ވަގުތާ ބަރަކާތްތެރި ރޯދަމަހާދިމާވުމަކީ ވަކިން މިދަތިކަން އިތުރަށް ތަހައްމަލްކުރަން ޖެހުނު ކަމެއް ކަމަށެވެ.

ނަމަވެސް ރާއްޖޭގަ ފުޅާދާއިރާއެއްގައި ކާބޯތަކި އެތެރެކޮށް ވިއްކަމުންދާ ލިލީ އިންޓަރނޭޝަނަލް އިން ދަނީ މިދަތި އުދަގޫ ވަގުތު ވެސް ޒިންމާދާރުކަމާއެކު ރައްޔަތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން ކަމަށް ބުނެފައިވެއެވެ. އަދި ކޮންމެދުވަހަކު ސަތޭކައެއްހާ ފަރާތަށް ވީ އެންމެފުރިހަމައެއްކޮން ރައްޔިތުންނާ ހަމައަށް، ގެއަށް ފޯރުކޮށްދެމުންދާ ކަމަށެވެ.

މި އޯޑަރުތައް އެކިފަރާތްތަކަށް ޑެލިވަރީ ކޮށްދިނުމުގައި ލިލީ އިންޓަރނޭޝަނަލްގެ ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވަމުންދާ ކަމަށާއި، ލީލީ އިންޓަނޭޝަނަލްއިން ވިޔަފާރިތަކަށް ހަމައަގުގައި މުދާފޯރުކޮށްދިނުމުން އެފަރާތްތަކުން މުދާ އަގުބޮޑުކޮށް ވިއްކާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި މިގޮތަށް އަމަލުނުކުރުމަކީ ލިލީއިންޓަނޭޝަނަލްގެ ވަރަށްބޮޑުއެދުމެއް ކަމަށް ބުނެފައިވެއެވެ.

ލިލީ އިންޓަނޭޝަނަލްއިން ބުނީ ފަހު މީހާއާ ޖެހެންދެން މުދާހުރިވަރަކުން އޯޑަރުތައްނެގުމާ ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމަށެވެ.

އިތުރަށް ކިޔާލަން

28 މެއި 2018

އެމްއައިބީގެ އޭޓީއެމްއެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުޅުވައިފި

28 މެއި 2018
އެމްއައިބީގެ އޭޓީއެމްއެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުޅުވައިފި
22 އެޕްރީލު 2018

މާޗް މަހު އެންމެ ގިނައިން މުދާ އެތެރެ ކުރީ ޗައިނާއިން

22 އެޕްރީލު 2018
މާޗް މަހު އެންމެ ގިނައިން މުދާ އެތެރެ ކުރީ ޗައިނާއިން
06 އެޕްރީލު 2018

މުދާ އުފުލުމުގެ އުޞޫލަށް ގެނައި ބަދަލާއި މެދު ސަރުކާރަށް ތާޢިދުކުރާ ވިޔަފާރިވެރިންވެސް ހިތްހަމަނުޖެހޭ!

06 އެޕްރީލު 2018
މުދާ އުފުލުމުގެ އުޞޫލަށް ގެނައި ބަދަލާއި މެދު ސަރުކާރަށް ތާޢިދުކުރާ ވިޔަފާރިވެރިންވެސް ހިތްހަމަނުޖެހޭ!
18 ސެޕްޓެމްބަރު 2017

ރިކޯޑް އަދަދެއްގެ ޝެފުންނާއެކު އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް ފަށައިފި

18 ސެޕްޓެމްބަރު 2017
ރިކޯޑް އަދަދެއްގެ ޝެފުންނާއެކު އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް ފަށައިފި
09 ޖުލައި 2017

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް "އިންޑިއަން އޯޝަންސް ބެސްޓް އެއާޕޯޓު" ލިބިއްޖެ

09 ޖުލައި 2017
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް "އިންޑިއަން އޯޝަންސް ބެސްޓް އެއާޕޯޓު" ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު