Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
މުދާ އުފުލުމަށް ގެނައި ބަދަލު

މުދާ އުފުލުމުގެ އުޞޫލަށް ގެނައި ބަދަލާއި މެދު ސަރުކާރަށް ތާޢިދުކުރާ ވިޔަފާރިވެރިންވެސް ހިތްހަމަނުޖެހޭ!

ވިޔަފާރިވެރިން ބުނަނީ ސަރުކާރުން ވިސްނާނުލައި އެޅި ފިޔަވަޅެއްކަމަށް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 6 އެޕްރީލު 2018 | ހުކުރު 14:27
މުދާ އުފުލާ ވެހިކަލްތަކަށް މަގުތަކަށް ނިކުމެވެނީ ރޭގަނޑު އެކަނި

މުދާ އުފުލާ ވެހިކަލްތަކަށް މަގުތަކަށް ނިކުމެވެނީ ރޭގަނޑު އެކަނި

މުދާ އުފުލުމުގެ އުޞޫލަށް ނިމިގެން ދިޔަ ހަފްތާގައި ގެނައި ބަދަލުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިވެރިންނަށް ލިބެމުންދާ ގެއްލުންތައް މީރާގެ އާމްދަނީއަށް ބަލާލުމުން ކުރިއަށް އޮތްތަނުގައި ފެނިގެންދާނެ ކަމަށް ވިޔަފާރިވެރިން ބުނެފިއެވެ.

އާއްމުކޮށް ކޮންމެ ދުވަހަކު ބޭނުންކުރާ ގިނަ ބާވަތްތަކުގެ މުދަލާއި، އެހެން ބައެއް ބާވަތްތަކުގެ މުދާ ވިއްކާ ވިޔަފާރިވެރިން ވެސް ބުނީ މުދާ ޑެލިވަރ ކުރެވޭ ގަޑިތަކަށް ބަދަލު ގެނައުމުން ވިޔަފާރި ދަށަށް ގޮސްފައިވާކަމަށެވެ. އަދި ޑެލިވަރ ކުރުމަށް ހުންނަ މުދާ ޑެލިވަރކުރުމަށް ހުރި ދަތިތަކުގެ ސަބަބުން ގިނަ އޯޑަރުތަކެއް ކެންސަލްކުރަން ޖެހޭކަމަށް ވެސް ވިޔަފާރިވެރިން ބުންޏެވެ.

ސަރުކާރުގެ ނިންމުން ދިފާޢުކޮށް، ގެނައި ބަދަލުތަކުގެ ސަބަބުން މަގުމަތީގެ ތޮއްޖެހުން ކުޑަވެއްޖެކަމަށް ބުނެ ސަރުކާރުން ވާހަކަ ދެއްކި ނަމަވެސް، އެކަމުގެ ސަބަބުން ވިޔަފާރިއަށް ކުރާ އަސަރާއި ގުޅިގެން ސަރުކާރަށް ތާޢީދުކުރާ ވިޔަފާރިވެރިންވެސް ތިބީ ހިތްހަމަނުޖެހިފައެވެ.

"ސަރުކާރާއި ނުވަތަ ރައީސް ޔާމީނާއި އަޅުގަނޑު ދެކޮޅެއް ނޫން. އެހެން ނަމަވެސް މިހާރު ނިންމައިގެން އެއުޅޭ ނިންމުމަކީ އެއްގޮތަކަށްވެސް ކަމުދާ ނިންމުމެއް ނޫން. މިއީ ކުދި ވިޔަފާރިވެރިން ފުނޑިގެންދާނެފަދަ ނިންމުމެއް،" ސަރުކާރަށް ތާޢިދުކުރާ ވިޔަފާރިވެރިޔަކު ބުންޏެވެ.

ރާއްޖެ.އެމްވީ އާއި ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުނީ ޑެލިވަރކުރާ ވަގުތުތަކަށް ބަދަލު ގެނައުމުގެ ސަބަބުން މުވައްޒަފުން ލައްވާ އިތުރު ވަގުތު މަސައްކަތްކުރަން ޖެހޭކަމަށެވެ. އަދި އަށް ގަޑިއިރަށް ވުރެ ގިނަ ވަގުތު މުވައްޒަފުން ލައްވާ މަސައްކަތްކުރާނަމަ އެއީ އެމީހުންގެ ހައްޤުތަކަށް އަރައިގަތުން ކަމަށާއި، އިތުރު ވަގުތު މަސައްކަތްކުރުވާ ނަމަ އިތުރު ގަޑީގެ ފައިސާ ދޭން ޖެހުމުން އެކަމުގެ ގެއްލުން ވަނީ ކުންފުންޏަށް ކަމަށެވެ. ދެން އޮންނަ ގޮތަކީ އިތުރު މުވައްޒަފުން ވަޒީފާއަށް ނެގުންކަމަށާއި، އެކަމުގެ ސަބަބުން ވެސް ގެއްލުން ވަނީ ކުންފުންޏަށްކަމަށް އޭނާ ވިދާޅުވިއެވެ. މިހުރިހާ ކަމެއްގެ އާހިރު ނަތީޖާއަކަށް ވެގެންދަނީ ކުންފުނީގެ ފައިދާ ދަށަށް ގޮސް، އެންމެފަހުން ދައްކަން ޖެހޭ ޓެކްސްގެ ނިސްބަތްވެސް ކުޑަވުންކަމަށާއި، އެހެންކަމުން ވިސްނާ ނުލައި ނިންމާ ނިންމުމެއްގެ ސަބަބުން މުޅި އިޤްތިޞާދަށް އޭގެ ނޭދެވޭ އަސަރުކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މުދާ އުފުލާ ވަގުތުތަކަށް އައި ބަދަލުގެ ސަބަބުން އޮޑިދޯނި ފަހަރަށް މުދާ ބަރުކުރުމަށްވެސް ދަތިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ޓީޖެޓީވެސް އެ އޮންނަނީ ކިއޫ ޖެހިފައި. އެހާ ގިނަ ވަގުތު ނަގައިގެން މުދާ ބަރުކުރަން ޖެހުމުން ލޮރީއަށް ދައްކަން ޖެހޭ އަދަދު އިތުރުވޭ. އޭގެ ސަބަބުން ފިހާރައިން ވިއްކަން ހުންނަ މުދަލުގެ އަގު ބޮޑުވެ، އާއްމު މީހާއަށް އޭގެ އުނދަގޫ ޖެހެނީ،" ރާއްޖެ.އެމްވީ އާއި ވާހަކަ ދެއްކެވި ވިޔަފާރިވެރިޔަކު ވިދާޅުވިއެވެ.

މުދާ އުފުލާ ގަޑިތަކަށް ގެނައި ބަދަލުގެ ސަބަބުން ރިސޯޓުތަކަށް މުދާ ސަޕްލައިކުރާ ފަރާތްތަކަށްވެސް އެކަން ވެފައިވަނީ ދައްޗަކަށެވެ. ރިސޯޓުތަކަށް މޭވާ އާއި ތަރުކާރީ ސަޕްލައިކުރާ ވިޔަފާރިވެރިޔަކު ބުނީ ރޭގަނޑު ދަންވަރު ވަންދެން މުދަލުގެ އިންތިޒާރުގައި ދޯނި ބާއްވައިގެން ތިބެން ރިސޯޓުތަކަށް ފަސޭހަ ނޫންކަމަށެވެ. އަދި މުދާ ބަރުކޮށްގެން މުދާ ހިފައިގެން ރޭގަނޑު ދަންވަރު ކަނޑު ދަތުރުކުރަން ކައްޕިން ހިތްހަމަނުޖެހޭކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މިސާލަކަށް ބަލަމާ އަރި އަތޮޅުގެ ރިސޯޓުތަކަށް ދާން މިނަގަނީ ހައެއްކަ ގަޑިއިރު. ކުރިން ހަދާ ގޮތަކީ ހެނދުނު ދޯނި ބަރުކޮށްގެން ފުރަނީ. ރިސޯޓަށް ދެވޭނެ އިރު އޮއްސުމުގެ ކުރިން. އެކަމަކު މިހާރު ރޭގަނޑު ބަރުކޮށްގެން މިގެންދަން ޖެހެނީ ދަންވަރު ފުރައިގެން. މިއީ ކައްޕިން އެހާ ހިތްހަމަޖެހޭ ކަމެއް ނޫން. ރިސޯޓުތަކަށްވެސް މުދާ ގެންދިޔުން ލަސްވީމަ އެމީހުންގެ ޝަކުވާ އެބަ އާދޭ،" ފުޅާ ދާއިރާއެއްގައި ތަރުކާރީއާއި މޭވާގެ ވިޔަފާރިކުރާ ވިޔަފާރިވެރިޔާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިހާރު ބައެއް ރިސޯޓުތަކުން ޑައިރެކްޓްކޮށް މޭވާ އާއި ތަރުކާރީފަދަ ބާވަތްތައް އެތެރެކުރަން ފަށައިފިކަަމަށާއި، ސީދާ އެއަރޕޯޓް ކާގޯއިން އެތަކެތި ރިސޯޓުތަކަށް ގެންދަން ފަށައިފިކަމަށެވެ.

"އަޅުގަނޑުމެން އެބަ ސަޕްލައިކުރަން ގާތްގަނޑަކަށް 15 ވަރަކަށް ރިސޯޓަށް. މިހާރުވެސް ދެ ރިސޯޓަކުން އަޅުގަނޑުމެން އަތުން ނުނަގައި ސީދާ އެމީހުން އަމިއްލައަށް ބައެއް ބާވަތްތައް ގެންނަން ފަށައިފި."

ވިޔަފާރިވެރިން ބުނީ މާލޭގެ މަގުތައް ތޮއްޖެހުން ކުޑަކުރުމުގެ ނަމުގައި ވިސްނާލުމެއް، ދިރާސާ ކުރުމެއް ނެތި ސަރުކާރުން އެޅި ފިޔަވަޅުގެ ސަބަބުން ވިޔަފާރިތަކަށް އެކި ގޮތްގޮތުން ގެއްލުން ވަމުން އަންނަކަމަށެވެ. އަދި އެކަމުގެ ސަބަބުން ދުރު މުސްތަޤްބަލުގައި ލިބޭނެ ގެއްލުން ބޮޑުވާނެކަން އެފަރާތްތަކުން ފާހަގަކުރެއެވެ.

ވިޔަފާރިވެރިން ބުނީ މާލޭގެ މަގުތައް ތޮއްޖެހުން ކުޑަކުރުމަށް ސިފައިންގެ ފުރަގަހުން އޮތް މަގުން އަލުން ހުޅުވާލަން ޖެހޭކަމަށެވެ. ހެންވޭރުގައި ހުންނަ އޮފީސްތަކުން މާފަންނަށް މީހުން ދާން އޮންނަ މައި މަގު ބަންދުކުރީމާ އޭގެ ސަބަބުން ނިކުންނާނެ ނަތީޖާ ސަރުކާރަށް ވިސްނެން ވެއްޖެކަމަށްވެސް ވިޔަފާރިވެރިން ފާހަގަކުރިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިދިޔަ މަހު އެތެރެކުރި މުދާ މަދުވެ، ދައުލަތަށް ލިބުނު އާމްދަނީ ދަށަށް!

މިދިޔަ މަހު އެތެރެކުރި މުދާ މަދުވެ، ދައުލަތަށް ލިބުނު އާމްދަނީ ދަށަށް!

15 އެޕްރީލު 2019
ފެބްރުއަރީ މަހު 264 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވޭ: ކަސްޓަމްސް

ފެބްރުއަރީ މަހު 264 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވޭ: ކަސްޓަމްސް

16 މާރިޗު 2019
250،000 ރުފިޔާ އާ ހަމައަށް މުދާ ނެގޭގޮތަށް، އިސްލާމިކް ބޭންކްގެ އުޖާލާ ދިރިއުޅުން ތައާރަފްކޮށްފި

250،000 ރުފިޔާ އާ ހަމައަށް މުދާ ނެގޭގޮތަށް، އިސްލާމިކް ބޭންކްގެ އުޖާލާ ދިރިއުޅުން ތައާރަފްކޮށްފި

07 މާރިޗު 2019
2018 ވަނަ އަހަރު އެންމެ ގިނައިން މުދާ އިމްޕޯޓްކޮށްފައިވަނީ ޔުނައިޓަޑް އަރަބް އެމިރޭޓްސް އިން

2018 ވަނަ އަހަރު އެންމެ ގިނައިން މުދާ އިމްޕޯޓްކޮށްފައިވަނީ ޔުނައިޓަޑް އަރަބް އެމިރޭޓްސް އިން

25 ޖެނުއަރީ 2019
މިދިޔަ މަހު ރާއްޖެއަށް 4.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވޭ: ކަސްޓަމްސް

މިދިޔަ މަހު ރާއްޖެއަށް 4.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވޭ: ކަސްޓަމްސް

24 ޖެނުއަރީ 2019

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު