Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިހާރު 400 ސާމްޕަލް ޓެސްޓް ކުރެވޭނެ

ކޮވިޑް-19: މިހާރު ދުވާލަކު 400 ސާމްޕަލް ޓެސްޓް ކުރެވޭނެ: ހެލްތް މިނިސްޓަރ

30 އެޕްރީލު 2020 | ބުރާސްފަތި 08:56

އައިޖީއެމްއެޗުންނާއި ފުލުހުންގެ ލެބޯޓަރީން ދަނީ ކޮވިޑް-19 އަށް ސާމްޕަލް ޓެސްޓް ކުރަމުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 30 އެޕްރީލު 2020 | ބުރާސްފަތި 08:56
ހެލްތް މިނިސްޓަރ އަމީން

ހެލްތް މިނިސްޓަރ އަމީން

ކޮވިޑް-19 އަށް ދުވާލަކު 400 ސާމްޕަލް ރާއްޖޭގައި މިހާރު ޓެސްޓު ކުރެވެމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަމީން ވިދާޅުވީ، އެންމެ ފުރަތަމަ ރާއްޖޭގައި ޓެސްޓު ކުރުމުގެ ކަންކަން ފެށިއިރު ދުވާލަކު ކުރެވެނީ ގާތްގަނޑަކަށް 50 ނުވަތަ 100 ވަރަކަށް ސާމްޕަލް ކަމަށާއި ނަމަވެސް މިހާރު ދުވާލަކު 400 ސާމްޕަލް ޓެސްޓް ކުރެވެމުންދާނެ ކަމަށެވެ. އެގޮތުން، ދެ ލެބޯޓަރީއެއްގައި ކޮވިޑް:19 ޓެސްޓްތައް ކުރެވެމުންދާ ކަމަށް އަމީން ވިދާޅުވި އެވެ.

Advertisement - newsAdvertisement

ކޮވިޑް-19 އަށް ސާމްޕަލް ޓެސްޓް ކުރަމުންދަނީ އައިޖީއެމްއެޗުގެ ލެބޯޓަރީންނާއި ފުލުހުންގެ ލެބޯޓަރީން ނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޓާސްކްފޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވެސް ވަނީ ޓެސްޓް ކުރަން ބޭނުންވާ މެޝިނަރީ ހޯދުމަކީ ހުރިހާ ގައުމުތަކަށްވެސް ދިމާވެފައިވާ ދައްޗެއް ކަމަށާއި އެގޮތުން ރާއްޖެއަށްވެސް ޓެސްޓް ކުރެވޭނެ މެޝިން ލިބުމުގައި ދަތިކަމެއް އުޅޭ ކަމަށެވެ.

އެެހެނަމަވެސް ޓެސްޓު ކުރުމަށް އިތުރު މެޝިންތައް ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އަދި ޓެސްޓު ކުރެވޭނެ އިންތިޒާމުތައް ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ފުޅާކުރުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.

އައިޖީއެމްއެޗުން ވަނީ ކޮވިޑް-19 އަށް ޓެސްޓުކުރަން 16 ލެބޯރެޓަރީ ޓެކްނިޝަނުން ޓްރެއިން ކުރެވިފައިވާ ކަމަށް މީގެކުރިން ބުނެފަ އެވެ.

ލެބޯރެޓަރީ ޕްރޮފެޝަނަލް ވީކް (19 އޭޕްރިލް އިން 25 އޭޕްރިލް) އާ ގުޅޭ ގޮތުން އަައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެއިން ކޮވިޑް-19 ގެ ފުރަތަމަ ކޭސް ދެނެގަނެވުނުއިރު، ޕީސީއާރް ޓެސްޓު ކުރަން ތިބީ ލެބޯރެޓަރީގެ ތިން ޕްރޮފެޝަނަލުން ކަމަށެވެ.

ނަމަވެސް އެ ވަގުތުން ފެށިގެން 24 ގަޑިއިރު ޕީސީއާރު ހަދާ އަދި އިތުރު ޕްރޮފެޝަނަލުން ޓްރެއިން ކުރަމުން ދިޔަކަމަށެވެ. އެގޮތުން މިހާރު އައިޖީއެމްއެޗް ލެބޯޓްރީގެ ޖުމްލަ 13 ޕްރޮފެޝަނަލުންނާއި ފުލުހުންގެ ލެބޯޓްރީ ޕްރޮފެޝަނަލަކާއި "ޝީ" ގެ ލެބޯޓްރީ ދެ ޕްރޮފެޝަނަލުން ކޮވިޑް ޕީސީ އާރަށް ޓްރެއިން ކުރެވިފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. އަދި މިހާރުވެސް ލެބޯޓްރީގެ ހަތަރު ޕްރޮފެޝަނަލުންނާއި ފުލުހުންގެ ލެބޯޓްރީ ޕްރޮފެޝަނަލަކު، ކޮވިޑް ޕީސީއާރަށް ޓްރެއިން ކުރެވިފައިވާ ކަމަށް އައިޖީއެމްއެޗުން ވަނީ ފާހަގަކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

03 މާރިޗު 2017

ރައީސް ޔާމީން މިހާރު ކުރައްވަމުން އެ ގެންދަވާ ކަމަކީ އެމްޔޫއޯއަށް ކެމްޕެއިން ކޮށްދިނުން: ޝަމާޢު

03 މާރިޗު 2017
ރައީސް ޔާމީން މިހާރު ކުރައްވަމުން އެ ގެންދަވާ ކަމަކީ އެމްޔޫއޯއަށް ކެމްޕެއިން ކޮށްދިނުން: ޝަމާޢު
02 މާރިޗު 2017

ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ

02 މާރިޗު 2017
ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ
18 ފެބުރުއަރީ 2017

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް
17 ފެބުރުއަރީ 2017

މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ

17 ފެބުރުއަރީ 2017
މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް