Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިސްޓިއާނޯ ރޮނާލްޑޯ

ޔުއެފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ރޮނާލްޑޯ އަށް

25 އޯގަސްޓު 2017 | ހުކުރު 04:57

މިއީ ރޮނާލްޑޯ މި އެވޯޑު ހާސިލްކުރި ތިންވަނަ ފަހަރު

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 25 އޯގަސްޓު 2017 | ހުކުރު 04:57
ރޮނާލްޑޯ ޔުއެފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު

ރޮނާލްޑޯ ޔުއެފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު

ޔުއެފާއިން ހޮވާ ޔޫރަޕުގައި ކުޅޭ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފިއެވެ.

މިއީ ރެއާލް މެޑްރިޑުގެ ފޯވާޑް މި އެވޯޑު ހޯދި ތިންވަނަ ފަހަރެވެ. މިދިޔަ އަހަރު ވެސް މި އެވޯޑު ހާސިލްކުރީ ރޮނާލްޑޯ އެވެ.

މި އެވޯޑު ރޮނާލްޑޯގެ އިތުރުން ވާދަކުރީ ބާސެލޯނާގެ ތަރި ލިއޮނެލް މެސީ އާއި ޔުވެންޓަސްގެ ކެޕްޓަން ޖިއަންލުއިޖީ ބުފަން އެވެ. ރޮނާލްޑޯ ވަނީ މުޅި ޖުމްލަ 482 ޕޮއިންޓް ހޯދާފައެވެ. އޭނާގެ ފަހަތުން ދެވަނައަށް ދިޔަ މެސީއަށް ލިބުނީ 141 ޕޮއިންޓެވެ. އަދި 109 ޕޮއިންޓާ އެކު ތިންވަނައަށް ހޮވުނީ ބުފަންއެވެ.

ރޮނާލްޑޯ ވަނީ މިދިޔަ ސީޒަނުގައި ސްޕެނިޝް ލަލީގާގައި 25 ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި ޗެމްޕިއަންސް ލީގުގައި ރެއާލްއިން ކުޅުނު 13 މެޗުގައި އޭނާވަނީ 12 ލަނޑު ކާމިޔާބު ކޮށްދީފައެވެ. ރޮނާލްޑޯ ވަނީ މިދިޔަ ސީޒަނުގައި ޔޫރަޕުގައި ކުޅުނު އެންމެ މޮޅު ފޯވާޑުގެ އެވޯޑު ވެސް ހޯދާފައެވެ.

އެވޯޑު ހަފްލާއަށް ފަހު ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނެފައި ވަނީ އަނެއްކާ ވެސް ޔުއެފާގެ އެންމެ މޮޅު ކުޅުންތެރިޔާ ލިބުމުން ވަރަށް އުފާވާ ކަމަށެވެ. އަދި އޭނާ ވަނީ ރެއާލްގެ ކުޅުންތެރިންނާއި އޭނާގެ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ.

މިދިޔަ ސީޒަނުގައި ޔުއެފާގެ އެންމެ މޮޅު ޑިފެންޑަރަކަށް ހޮވިފައި ވަނީ ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ. އަދި ޔުއެފާގެ އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވިފައިވަނީ ރެއާލްއަށް ޗެމްޕިއަންސް ލީގު ހޮދައިދިނުމުގައި އިސް ދައުރެއް އަދާކުރި ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗްއެވެ. ޔުއެފާގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ލިބިފައިވަނީ ޔުވެންޓަސްގެ ކެޕްޓަން ބުފަންއަށެވެ.

ރޮނާލްޑޯވަނީ ރެއާލްއަށް ކުޅުނު 396 މެޗުގައި 407 ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައެވެ. މީގެ ތެރެއިން އޭނާވަނީ ޗެމްޕިއަންސް ލީގުގައި ކުޅުނު 88 މެޗުގައި 90 ލަނޑު ކާމިޔާބުކޮށްފައެވެ. ރޮނާލްޑޯއަކީ ޔުއެފާ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. މީގެ އިތުރުން އޭނާވަނީ ޕޯޗުގަލްއާއި އެކު ޔޫރޯ ކާމިޔާބުކޮށް، ޕޯޗުގަލްއަށް ކުޅުނު 143 މެޗުގައި 75 ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް