Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާގެ އެންމެ މޮޅު ކުޅުންތެރ

މިދިޔަ ސީޒަނުގައި ޔުއެފާގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ ކުޅުންތެރިން އިއުލާން ކޮށްފި!

މި އެވޯޑަށް ޖުމްލަ 10 ކުޅުންތެރިން ވާދަކުރޭ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 15 އޯގަސްޓު 2017 | އަންގާރަ 15:09
ޔުއޭފާގެ އެވޯޑަށް ވާދަކުރާ ބައެއް ކުޅުންތެރިން

ޔުއޭފާގެ އެވޯޑަށް ވާދަކުރާ ބައެއް ކުޅުންތެރިން

ނިމިގެން ދިޔަ ފުޓުބޯޅަ ސީޒަނުގައި ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަ ކުރާ ކުޅުންތެރިން ޔުއެފާއިން އިއުލާން ކޮށްފިއެވެ.

މި އެވޯޑަކީ ކޮންމެ އަހަރަކު ޔޫރަޕްގެ މުބާރާތްތަކުގައި ކުޅޭ އެންމެ މޮޅު ކުޅުންތެރިޔާއަށް ދެވޭ އެވޯޑެކެވެ. މި އެވޯޑު ދެވެނީ ހަމައެކަނި ޔޫރަޕުގެ ގައުމުތަކަށް ނިސްބަތްވާ ކުޅުންތެރިންނަކަށް ނޫނެވެ.

މި އެވޯޑަށް ކުޅުންތެރިން ޝޯޓްލިސްޓު ކޮށްފައި ވަނީ 80 ކޯޗުންނާއި 55 ނޫސްވެރިން ހިމެނޭ ޖަޖުންގެ ޕެނަލަކުންނެވެ.

މި އެވޯޑަށް ޖުމްލަ 10 ކުޅުންތެރިން ވާދަކުރެއެވެ. އެ ގޮތުން ރެއާލް މެޑްރިޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއާއި ބާސެލޯނާގެ ފޯވާޑް ލިއޮނެލް މެސީ އަދި ޖުވެންޓަސްގެ ކެޕްޓަން އަދި ގޯލްކީޕަރު ޖިއަންލުއީޖީ ބުފަން މީގެތެރޭގައި ހިމެނެއެވެ.

މި ކުޅެންތެރިންގެ އިތުރަށް ރެއާލްގެ ތިން ކުޅުންތެރިން ކަމަށްވާ ޑިފެންޑާ ސާޖިއޯ ރާމޯސް އަދި މިޑްފީލްޑަރުން ކަމަށްވާ ލުކާ މޮޑްރިޗްއާއި ޓޯނީ ކްރޫސް ހިމެނެއެވެ. މީގެއިތުރުން ޖުވެންޓަސްގެ ފޯވާޑް ޕައުލޯ ޑިބާލާ އާއި ބަޔާން މިއުނިކްގެ އިތުބާރު ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އާއި މެންޗެސްޓާ ޔުނައިޓަޑަށް މިދިޔަ ސީޒަނުގައި ކުޅުނު ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗްގެ ނަން މި ލިސްޓުގައި ހިމެނެއެވެ.

މިދިޔަ ސީޒަނުގައި ގިނަ ބަޔަކު ހައިރާންކޮށްލި މޮނާކޯގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭވެސް މި ލިސްޓުގައި ހިމެނެއެވެ.

މި އެވޯޑު ދިނުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 24 ވަނަ ދުވަހު އޮންނަ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގައެވެ. މި އެވޯޑުގެ އިތުރަށް މި ހަފްލާގައި މިދިޔަ ސީޒަނުގައި ޔޫރަޕުގައި ކުޅުނު އެންމެ މޮޅު ގޯލްކީޕަރާއި، ޑިފެންޑަރާއި، މިޑްފީލްޑަރުގެ އިތުރަށް އެންމެ މޮޅު ފޯވާޑް ހޮވާނެއެވެ.

މިދިޔަ އަހަރު މި އެވޯޑް ހާސިލްކޮށްފައި ވަނީ ރެއާލްގެ ފޯވާޑް ރޮނާލްޑޯއެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު