Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލާމަރުކަޒީ ކޮމެޓީގެ ރިޕޯޓު

ދަނޑުވެރިކަން ނުކުރާނަމަ، ރަށްތައް އަތުލުމަށް މަޖިލީހަށް ހުށަހަޅައިފި

ވަގުތީގޮތުން ދަނޑުވެރިކަންކުރުމަށް އެދޭ ފަރާތްތަކަށް ބިންދޫކުރުން ރިޕޯޓުގައި ހުށަހަޅާފައިވޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 29 އެޕްރީލު 2020 | ބުދަ 08:52
ކަރާ ދަނޑެއް

ކަރާ ދަނޑެއް

ވަރުވާ އުސޫލުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދަނޑުވެރިކަން ކުރަމުންނުދާނަމަ، އެ ރަށްތަކުގެ އެއްބަސްވުން އުވާލުމަށް ލާމަރުކަޒީ ކޮމެޓީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ކޮވިޑް19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޢާއިލާތަކާއި ވިޔަފާރިކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ހިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައާ ގުޅިގެން ލާމަރުކަޒީ ކޮމިޓީގެ ރިޕޯޓު ހުށަހަޅުއްވައިދެއްވީ ކޮމެޓީގެ މުގައްރިރު ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް އެވެ.

Advertisement - newsAdvertisement

މީގެއިތުރުން ސަރުކާރުން ކުރުމަށް ހަމަޖައްސަވާފައިވާ ބައެއް މަސައްކަތްތަކާ ގުޅޭގޮތުން އިތުރު ކަންކަން ކޮމެޓީގެ މެމްބަރުން ފާހަގަކުރައްވާފައި ވެއެވެ.

މެމްބަރުން ފާހަގަކުރައްވާފައިވާ ކަންކަމަށް ބަލާލާއިރު ރަށްރަށުގައި މަސްވެރިކަމުގެ މަސައްކަތްތައް ކުރުމަށް ދޫކުރެވިފައިވާ ބިންތަކުގެ ސާރވޭއެއް ހަދައި ވަކި ޕްލޭނެއްގެދަށުން މަސްވެރިކަމުގެ ބޭނުމަށް ކައުންސިލްތައް މެދުވެރިކޮށް ބިން ދޫކުރުމަށް ވެސް ހުށަހަޅާފައި ވެއެވެ. އަދި އެކިއެކި އިޤްތިސާދީ މަސައްކަތްތައް ކުރުމަށް ދޫކޮށްފައިވާ ބިންތައް އެ ބިންތައް ދޫކޮށްފައިވާ ބޭނުމަށް ބޭނުންކުރަމުންނުދާނަމަ އެފަދަ ފަރާތްތަކާއެކު ހަދާފައިވާ އެއްބަސްވުން ބާތިލުކުރުމަށް މެމްބަރުން ފާހަގަކުރައްވާފައި ވެއެވެ.

މީގެއިތުރުން ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ޙާލަތުގައި އިޖްތިމާއީ ގައިދުރުކަމަށް އިސްކަންދީގެން ކައުންސިލްގެ ބައްދަލުވުންތައް ބާއްވައި، ކައުންސިލްގެ އެހެނިހެން މަސައްކަތްތައް ކުރެވޭނެ އިންތިޒާމް ކައުންސިލްތަކުގައި ހަމަޖެހިފައިވާކަން އެލް.ޖީއޭ.އިން ކަށަވަރުކުރުމަށް ވެސް ރިޕޯޓުގައި ވެއެވެ.

މި ޙާލަތުގައި އެތައް ރައްޔިތުންނަކަށް ނަފްސާނީގޮތުން އަސަރުކޮށްފައިވާއިރު، އެފަދަ ފަރާތްތަކުގެ ތެރެއިން ކައުންސެލިން ބޭނުންވާ ފަރާތްތަކަށް ރަށުގައި ތިބެގެން އެ ޚިދުމަތް ހޯދޭނެ އިންތިޒާމްހަމަޖެހިފައިވާކަން އަތޮޅު ހޮސްޕިޓަލްތަކާ ގުޅިގެން ކައުންސިލްތަކުން ކަށަވަރުކުރުމުގެ އިތުރުން ކޮންމެ ރަށެއްގެ ރަށު ކައުންސިލަކުންވެސް އެ ރަށެއްގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ ދަފްތަރެއް އެ ބިދޭސީއަކު މަސައްކަތް ކުރަމުންދާ ދާއިރާ ސާފުވާނެގޮތަށް އެކުލަވާލައި އެލް.ޖީ.އޭ އަށް ފޮނުވުމަށް ވެސް ރިޕޯޓުގައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި

ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި

01 މާރިޗު 2017
މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް

މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް

26 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!

ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!

23 ފެބުރުއަރީ 2017
ގަދަކަމުން ޕީޕީއެމަށް މީހުން ވައްދަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

ގަދަކަމުން ޕީޕީއެމަށް މީހުން ވައްދަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

19 ފެބުރުއަރީ 2017
ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި

ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު