Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑިޕްެރެޝަން

ބަލިތަކުގެ ލިސްޓުގެ އެންމެ މަތީގައި"ޑިޕްރެޝަން"

ސިއްހަތު ދުވަހަކީ 7 އެޕްރީލް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 2 އެޕްރީލު 2017 | އާދީއްތަ 11:30
ދުނިޔޭގެ މީހުންނަށް އެންމެ ގިނައިން ޖެހެނީ ޑިޕްރެޝަން:ޑަބްލިއުއެޗްއޯ

ދުނިޔޭގެ މީހުންނަށް އެންމެ ގިނައިން ޖެހެނީ ޑިޕްރެޝަން:ޑަބްލިއުއެޗްއޯ

ދުނިޔޭގެ މީހުންނަށް އެންމެ ގިނައިން ޖެހެނީ ޑިޕްރެޝަން ކަމަށް ވޯލްޑް ހެލްތު އޮގަނައިޒޭޝަން ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ދުނިޔޭގެ 300 މިލިއަން މީހުން ދިރިއުޅެމުންދަނީ ޑިޕްރެޝަންއާއެކީގައި ކަމަށާއި މިއީ 2005 އާ އަޅާބަލާއިރު، 2015 ގެ ނިޔަލަށް 18 ޕަސެންޓް މަތިވުމެއްކަމަށެވެ. އެފަދަ މީހުންނަށް މުޖުތަމައުގެ ސަޕޯޓް ބޭނުންވާކަމަށް ބުނެފައިވެއެވެ.

Advertisement - newsAdvertisement

އެހެންކަމުން މިއަހަރުގެ ސިއްހަތު ދުވަހަށް ޝިއާރު ކަނޑައަޅާފައި ވަނީވެސް ޑިޕްރެޝަނަށެވެ. އެޕްރީލް މަހުގެ 7 ވަނަ ދުވަހު ފާހަގަކުރާ ސިއްހަތު ދުވަހުގެ ޝިއާރަކީ "ޑިޕްރެޝަން:ވާހަކަ ދައްކަމާ" އެވެ.

ޑަބްލިއުއެޗްއޯގެ ޑައިރެކްޓް މެނޭޖަރ ޑރ.މާގަރޭޓް ޗަން ވިދާޅުވީ މިކަމަކީ ހުރިހާ ގައުމު ތަކުންވެސް ވިސްނާލުން މުހިއްމު ކަމެއް ކަމަށާއި މިއީ ފަރުވާކުރަން ޖެހޭ ކަމެއްކަމަށެވެ. ޑަބްލިއުއެޗްއޯގެ މެންޓަލް ހެލްތު އެންޑް ސަބްސްޓެންތް އެބިއުޒްގެ ޑިރެކްޓަރ ޑރ. ޝޭހަރު ސަޒޭނާ ވިދާޅުވީ ޑިޕްރެޝަންގެ ހާލަތު ދެނެގަތުމަށް އަދި އޭގެ ފަރުވާ ހޯދުމަށް ދުނިޔޭގެ އެއްވެސް ގައުމެއްގައި އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށެވެ.

ޑިޕްރެޝަން ހުންނަ މީހަކަށް އޭނާއަށް އިތުބާރު ކުރެވޭ މީހެއްގެ ގާތުގައި އެ ވާހަކަ ދެއްކުމަކީ ޑިޕްރެޝަން ރަނގަޅުވުމަށް އެޅޭނެ އެންމެ ފުރަތަމަ ފިޔަވަޅުކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ގިނަ ގައުމުތަކުގައި ނަފްސާނީ ބައްޔަށް ކުރާ ޚަރަދު ވަރަށް ކުޑަކަމަށާއި ތަރައްގީ ވެފައިވާ ގައުމުތަކުގައި 50 ޕަސެންޓަށްވުރެ ގިނަމީހުންނަށް ޑިޕްރެޝަނާ ކުރިމަތިލާންޖެހޭއިރު އެކަމަށް ފަރުވާ ނުކުރާކަމަށެ ޑަބްލިއުއެޗްއޯއިން ބުނެއެވެ.

އެވްރެޖްކޮށް ގައުމުތަކުގެ ބަޖެޓުން ނަފްސާނީ ބައްޔަށް ހަރަދުކުރަނީ ތިން ޕަސެންޓްކަމަށް ވާއިރު ތަރައްގީވެފައިވާ ގައުމުތަކުން ޚަރަދު ކުރަނީ ފަސް ޕަސެންޓް ކަމަށްވެސް ޑަބްލިއުއެޗްއޯއިން ބުނެއެވެ. އަދި ފަގީރު ގައުމުތަކުން އެއްޕަސެޓްކަމަށެވެ. މިއީ ޑިޕްރެޝަނަށް ޚަރަދުކުރަންޖެހޭ އެކަށީގެންވާ އަދަދަށްވުރެ މަދު އަދަދެއްކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

މިއީ ގައުމުތަކުގެ އިގްތިސާދީ ކަންތައްތައް ދަށަށް ހިނގައިދާނެ ކަމެއްކަމަށާއި ޑިޕްރެޝަނާއި ދުރުވެވޭނީ ވާހަކަ ދައްކައިގެން ނޫނީ ޑިޕްރެޝަނަށް ބޭސް ކޮށްގެން އަދި ދެކަންތައް އެއްފަހަރާ ބޭނުން ކުރުމުންކަމަށެވެ.

މީގެ އިތުރުން ޑިޕްރެޝަނަކީ ދަންޖެހުމަށް ދިމާވާ އެންމެ ބޮޑު ގެއްލުންކަމަށާއި ދުނިޔޭގެ އެތައް ސަތޭކަ ބައެއްގެ ފުރާނަ ކޮންމެ އަހަރަކު ދާކަމަށްވެސް އެޖަމިއްޔާއިން ބުނެއެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2020

ބްރޯޑްކޮމް ހުސްވެފައިވާ މަގާމުގެ ލިސްޓުގެ ކުރީގައި އަމީނާ އާއި ފަޒީން!

22 މާރިޗު 2020
ބްރޯޑްކޮމް ހުސްވެފައިވާ މަގާމުގެ ލިސްޓުގެ ކުރީގައި އަމީނާ އާއި ފަޒީން!
26 ޑިސެމްބަރު 2019

އާންމުކޮށް ފެތުރޭ ބަލިތަކުގެ ތެރެއިން އެންމެ ނުރައްކާތެރީ ޑެންގީއާ އިންފުލުއެންޒާ: އެޗްޕީއޭ

26 ޑިސެމްބަރު 2019
އާންމުކޮށް ފެތުރޭ ބަލިތަކުގެ ތެރެއިން އެންމެ ނުރައްކާތެރީ ޑެންގީއާ އިންފުލުއެންޒާ: އެޗްޕީއޭ
12 ނޮވެމްބަރު 2019

އެންއައިސީއަށް މެމްބަރަކު އައްޔަންކުރުން މާދަމާގެ ޖަލްސާގައި، ލިސްޓުގެ އެންމެކުރީގައި ޝުއައިބު!

12 ނޮވެމްބަރު 2019
އެންއައިސީއަށް މެމްބަރަކު އައްޔަންކުރުން މާދަމާގެ ޖަލްސާގައި، ލިސްޓުގެ އެންމެކުރީގައި ޝުއައިބު!
12 ނޮވެމްބަރު 2019

އީސީއަށް މެމްބަރަކު އައްޔަން ކުރުން މާދަމާގެ ޖަލްސާގައި، ލިސްޓުގެ އެންމެ ކުރީގައި ފުއާދު ތައުފީޤް!

12 ނޮވެމްބަރު 2019
އީސީއަށް މެމްބަރަކު އައްޔަން ކުރުން މާދަމާގެ ޖަލްސާގައި، ލިސްޓުގެ އެންމެ ކުރީގައި ފުއާދު ތައުފީޤް!
01 އޮކްޓޯބަރު 2019

ނަފްސާނީ ބަލިތަކުގެ މީހުންނަށް ހެލްޕް ލައިންއެއް ގާއިމް ކުރުން މުހިއްމު: ފަސްޓް ލޭޑީ

01 އޮކްޓޯބަރު 2019
ނަފްސާނީ ބަލިތަކުގެ މީހުންނަށް ހެލްޕް ލައިންއެއް ގާއިމް ކުރުން މުހިއްމު: ފަސްޓް ލޭޑީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު