Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިލެކްޝަންސް ކޮމިޝަނަށް މެމްބަރަކު ކަނޑައެޅުން

އީސީއަށް މެމްބަރަކު އައްޔަން ކުރުން މާދަމާގެ ޖަލްސާގައި، ލިސްޓުގެ އެންމެ ކުރީގައި ފުއާދު ތައުފީޤް!

ރައީސް ފޮނުއްވި ހަތަރު ނަމުގެ ތެރެއިން އެއްވަނާގައި ވެސް ފުއާދު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 12 ނޮވެމްބަރު 2019 | އަންގާރަ 18:38
އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީޤް

އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީޤް

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުކަމަށް ބޭފުޅަކު އައްޔަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓަށް ވޯޓަށް އެހުމަށް ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށްޓައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ނަން ތެރެއިން، ކޮމެޓީން ދިރާސާކުރުމަށްފަހު، ނަންތައް ތަރުތީބު ކުރިއިރު، ފުރަތަމަ ނަމަކަށް ކޮމެޓީން ފާސްކޮށްފައިވަނީ ފުއާދު ތައުފީގުގެ ނަންފުޅެވެ.

ފުއާދު ތައުފީގަކީ މީގެކުރިން އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރެއްގެ ދައުރު ހަމަވާތީ، ރައީސް އޮފީހުން ކުރި އިއުލާނަކާއި ގުޅިގެން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، ހަތަރު ބޭފުޅެއްގެ ނަން ރައީސް ސޯލިހު ވަނީ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ. އެއީ:

1. ފުއާދު ތައުފީގު، މއ. ތަޅަމުދުގެ

2. އަމުޖަދު މުސްތަފާ، އަލިވާގެ، ގއ. މާމެންދޫ

3. ހަސަން ނާޒިމް، ހ. ގާޑެނިޔާ

4. ހަނީފާ ހާލިދު، އަނބުގަސްދޮށުގެ، ހއ. ކެލާ

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން އެ ބޭފުޅުންނާ އިންޓާވިއުކޮށް، ދިރާސާކުރުމަށްފަހު، ކޮމެޓީން ވަނީ ތިން ބޭފުޅެއްގެ ނަން ފާސްކޮށްފަ އެވެ. އަދި ކޮމެޓީންވެސް ވަނީ އިސްކަންދޭ ތަރުތީބުން ފުރަތަމަ ބޭފުޅަކަށް ފުއާދުގެ ނަން ފާސްކޮށްފަ އެވެ. ދެ ވަނަ ބޭފުޅަކަށް ކޮމެޓީން ނިންމާފައިވަނީ އަމުޖަދު މުސްތަފާ އެވެ. އަދި ތިން ވަނަ ބޭފުޅަކަށް ކޮމެޓީން ފާސްކޮށްފައިވަނީ ހަނީފާ ހާލިދު ނަމެވެ.

މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހާނީ، ކޮމެޓީން ނިންމާފައިވާ ތަރުތީބުން ނެވެ. އަދި އެ ތިންނަމުގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުގެ ގޮތުގައި ކަނޑައެޅޭނީ އެންމެ ގިނަ ވޯޓް ހޯދަވާ ބޭފުޅެކެވެ.

މަޖިލީހުން ރުހުންދޭ ފަރާތްތަކާއި މަޖިލީހުން ފާސްކުރާ މުހިއްމު ބައެއް ނިންމުތައް ނިންމުމުގެ ކުރިން މަޖިލީހުގެ ސާފު މެޖޯރިޓީ އޮންނަ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވެސް އެފަދަ ކަންކަމަށް ގޮތެއް ނިންމައެވެ. މަޖިލީހުގެ އެމްޑީޕީގެ ސާފު މެޖޯރިޓީ އޮންނާތީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމާ ނިންމުންތަކަކީ މުހިއްމު ނިންމުންތަކަށް ވަނީ ވެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލީ އެ ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާގެ ދައުރު މި ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ހަމަވާތީއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް ދެވަނަ ދައުރަކަށް އަމްޖަދު ކުރިމަތި ލެއްވިއިރު، ފުއާދު ތައުފީގަކީ އެކޮމިޝަނުގެ ކުރީގެ ރައީސެވެ. އަދި ހަނީފާ ހާލިދަނީ ގިނަ ދުވަސްތަކެއް ވަންދެން އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ވަކީލުކަން ކުރެއްވި ގާނޫނީ ވަކީލެކެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު