Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފަލަސުރުހީ

އާންމުކޮށް ފެތުރޭ ބަލިތަކުގެ ތެރެއިން އެންމެ ނުރައްކާތެރީ ޑެންގީއާ އިންފުލުއެންޒާ: އެޗްޕީއޭ

ޑެންގީއާ އިންފުލުއެންޒާ ޖެހޭ މީހުންގެ ނިސްބަތް އިތުރު

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 26 ޑިސެމްބަރު 2019 | ބުރާސްފަތި 04:10
އެޕިޑިމިއޮލޮޖިސްޓް ޑރ.އިބްރާހިމް އަފްޒަލް

އެޕިޑިމިއޮލޮޖިސްޓް ޑރ.އިބްރާހިމް އަފްޒަލް

ގައިންގަޔަށް އަރާ ބަލިތަކާއި އާންމު ގޮތެއްގައި ފެތުރެމުންދާ ބަލިތަކުގެ ތެރެއިން އެންމެ ނުރައްކާތެރިކަން ބޮޑީ ޑެންގީއާ އިންފުލުއެންޒާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެޗްޕީއޭގެ އެޕިޑަމޮއޮލޮޖިސްޓް ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ ބައްޔެއްގެ ސީރިއަސް ކަމަށް ބަލާއިރު ބަލަނީ ދެކަމަކަށް ކަމަށެވެ. އެއްކަމަކީ ބަލިޖެހޭ މީހުންގެ ނިސްބަތާއި، ބަލިން މީހުންގެ ފުރާނައަށް ނުރައްކާވޭތޯ ކަމަށެވެ. އެގޮތުން މިހާތަނަށް މޫސުމާއެކު ފެތުރެމުންދާ ބަލިތަކުން އެންމެ ނުރައްކާތެރި ބައްޔަކަށް ފާހަގަކުރެވިފައިވަނީ ޑެންގީއާއި އިންފުލުއެންޒާ ކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޑރ.އަފްޒަލް ވިދާޅުވީ ޚާއްސަކޮށް ޑެންގީ އަދި އިންފުލުއެންޒާ އަދި މިނޫނަސް ގައިންގަޔަށް އަރާ ބައްޔަކުން މީހަކު މަރުވެއްޖަނަމަ ނުވަތަ ހާލަތު މާބޮޑަށް ސީރިއަސް ވެއްޖެ ނަމަ އެކޭސްއެއް ޑޮކްޓަރުންގެ ޕެނަލްއަކުން ބަލާނެ ކަމަށެވެ. އެބަލި މީހާ ފުރަތަމަ ޑޮކްޓަރަށް ދައްކަން އައި ދުވަހާއެކު މުޅި ޕްރޮސަސް ބަލާ ކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ. އަދި ވަކި ގޮތަކަށް ކޭސް ނިންމާނީ އިހުމާލެއްވޭތޯއާ ވަރަށް ރަނގަޅަށް ބެލުމަށް ކަމަށެވެ.

ޑރ.އަފްޒަލް ވިދާޅުވީ ޑެންގީއާ އިންފުލުއެންޒާ ބައެއް އަތޮޅުތަކުގަ ކެނޑިނޭޅި ކޮންމެ އަހަރަކު ވެސް އިތުރުވަމުންދާ ކަމަށެވެ. އެހެންކަމުން އެރަށްތަކަށް ޚާއްސަ ދަތުރުތައް ކުރެވި މޮނިޓަރ ކުރަމުންދާ ކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.

މިފަދަ ބަލިތައް ކޮންޓްރޯލް ކުރުމަށް އެންމެހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވައި ޑރ.އަފްޒަލް ވިދާޅުވީ މަދިރި އުފެދި އާލާވާތަންތަން ނައްތާލަންޖެހޭ ކަމަށާއި، މަދިރިން ރައްކާތެރިވާންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މަދިރި އާލާވާތަންތަން ސާފުކުރާއިރު، އެކަމަށް ޚާއްސަ ސަމާލުކަމެއްދީގެން ސާފުކުރަންޖެހޭ ކަމަށާއި، އޭގެން ރައްކާތެރިވުމަށް ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ.

އިންފުލުއެންޒާއިން ރައްކާތެރިވުމުގެ ގޮތުން ވެކްސިން ޖެހުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަލިތަކުގެ ލިސްޓުގެ އެންމެ މަތީގައި"ޑިޕްރެޝަން"

ބަލިތަކުގެ ލިސްޓުގެ އެންމެ މަތީގައި"ޑިޕްރެޝަން"

02 އެޕްރީލު 2017
ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން

ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން

30 މާރިޗު 2017
އެޗް1އެން1 ވައިރަސް ފެތުރޭތީ ނަމާދުގައި ގުނޫތު ކިޔަން ނިންމައިފި

އެޗް1އެން1 ވައިރަސް ފެތުރޭތީ ނަމާދުގައި ގުނޫތު ކިޔަން ނިންމައިފި

15 މާރިޗު 2017
ނުރައްކާތެރި ސްވައިން ފްލޫ ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ޑރ. ޑީޑީ

ނުރައްކާތެރި ސްވައިން ފްލޫ ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ޑރ. ޑީޑީ

14 މާރިޗު 2017
ސްވައިން ފުލޫ ނުފެތުރޭ، އެޗް1 އެން1 ވަނީ ފެނިފައި:އެޗްޕީއޭ

ސްވައިން ފުލޫ ނުފެތުރޭ، އެޗް1 އެން1 ވަނީ ފެނިފައި:އެޗްޕީއޭ

13 މާރިޗު 2017

އަހަރުތަކުން މިއަދު

5 ޖޫން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
20251 އަހަރު ކުރިން
ރާއްޖެ

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި
20215 އަހަރު ކުރިން
ދުނިޔެ

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ
20188 އަހަރު ކުރިން
ރާއްޖެ

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު