Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަތިކުރުމުގެ ފިޔަވަޅު

އީޔޫ ފިޔަވަޅު އަޅާ ލިސްޓުގެ ބިރު ދައްކައިގެން ފައިސާ ހޯދަން އުޅޭކަމަށް ތުހުމަތުކޮށްފި!

އެކަން ކުރަނީ ކޮން ބައެއްކަން ހާމަކުރައްވާފައެއް ނުވޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 5 އޯގަސްޓު 2018 | އާދީއްތަ 18:00
ވިލާތުގެ އިއްތިޙާދުން ފިޔަވަޅު އަޅަން އުޅުމުން ސަރުކާރުން ބްރަސަލްސްއަށް ލޮބީކުރަން ޝައިނީ ފޮނުވި

ވިލާތުގެ އިއްތިޙާދުން ފިޔަވަޅު އަޅަން އުޅުމުން ސަރުކާރުން ބްރަސަލްސްއަށް ލޮބީކުރަން ޝައިނީ ފޮނުވި

ވިލާތުގެ އިއްތިޙާދުން ފިޔަވަޅު އަޅާ މީހުންގެ ލިސްޓުގައި ހިމަނާނެކަމުގެ ބިރު ބައެއް ވިޔަފާރިވެރިންނަށް ދައްކައި، ފައިސާ އަތުލުމަށް މަސައްކަތްކުރާކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ތުހުމަތުކުރައްވައިފިއެވެ.

ނިމިދިޔަ މަހު ވިލާތުގެ އިއްތިޙާދުން ވަނީ ރާއްޖޭގައި އިންސާނީ ހައްޤުތަކައި އަރައިގަނެ، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރަސް އަޅާ ފަރާތްތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ އޮނިގަނޑު ފާސްކޮށްފައެވެ. އެފިޔަވަޅުތައް އަޅާނެ ފަރާތްތަކުގެ ނަންތައް އެއޮނިގަނޑުގެ އެނެކްސްއަށް އިތުރުކުރެވުމުން، އެމީހަކާއި ދެކޮޅަށް ފިޔަވަޅު އެޅޭނެއެވެ. އެހެންނަމަވެސް އެނެކްސްގައި އަދި އެއްވެސް ނަމެއް ހިމަނާފައި ނުވާއިރު، ކަންކަން އިސްލާހު ނުކޮށްފިނަމަ އެލިސްޓުގައި ނަންތައް ހިމަނާނެކަމުގެ އިންޒާރު ވިލާތުގެ އިއްތިޙާދާއި، އެއިއްތިޙާދުގެ މެމްބަރު ޤައުމުތަކުން ރާއްޖެއަށާއި، ދިވެހި ސަރުކާރަށް ވަނީ ދީފައެވެ.

ވިލާތުގެ އިއްތިޙާދުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ލިސްޓުގައި ނަން ހިމަނާނެކަމުގެ ބިރު ދައްކައިގެން ވިޔަފާރިވެރިން އަތުން ފައިސާ ހޯދަން މަސައްކަތްކުރަނީ ކޮން ބައެއްކަން މިނިސްޓަރ ޝައިނީގެ ތުހުމަތުގެ ޓުވީޓުގައި ވިދާޅުވެފައެއް ނުވެއެވެ. މިނިސްޓަރ ވިދާޅުވީ އެފަދަ މީހުން ވިލާތުގެ އިއްތިޙާދުން އާއްމުކުރި އޮނިގަނޑު ބަލާލުމަށެވެ.

ޝައިނީ މިފަދައިން ތުހުމަތުކުރައްވާފައިވާއިރު، އީޔޫގެ އޮނިގަނޑުގެ އެނެކްސްގައި ސަރުކާރަށް ތާޢީދުކުރާ ބައެއް ވިޔަފާރިވެރިން ހިމަނާނެކަމުގެ ބިރު އެބައޮތްކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި ވިޔަފާރިވެރިންނަށް ފިޔަވަޅު އަޅައިފިނަމަ ދިވެހިރާއްޖޭގެ އިޤްތިޞާދަށް އަސަރުކުރާނެކަމަށް ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

ޤާނޫނާއި ޚިލާފް ކަންތައްތަކެއް ބަޔަކުކުރާކަމަށް، އެއީ ކޮންބައެއް ކަން ވިދާޅުނުވެ މިނިސްޓަރ ޝައިނީ ޓްވައިޓަރގައި ތުހުމަތުކުރެއްވިއިރު، ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަންކަން ހިނގާފާނެކަމުގެ ބިރު އެބައޮތްކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވަނީ ހޮނިހިރު ދުވަހު ވިދާޅުވެފައެވެ. އަދި އިންތިޚާބު ނުބޭއްވޭފަދަ މާހައުލެއް އޮވެގެން އިންތިޚާބު ފަސްކުރިޔަސް މައްސަލައެއް ނެތްކަމަށް ޕީޕީއެމްގެ ނައިބު ރައީސް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ އާދިއްތަ ދުވަހު ވިދާޅުވެފައެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ސަރުކާރުން މަސައްކަތްކުރަނީ ނުހިނގާ ކަންތައްތަކެއް ހިނގާކަމަށް ދައްކައި، އިންތިޚާބު ލަސްކުރުމަށް ބަހަނާ ދައްކަމުންނެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

13 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި
13 ފެބުރުއަރީ 2017

ރައީސް ނަޝީދު މިނިވަންކުރަންޖެހޭތީ ރައީސް ޔާމީން އުޅުއްވަނީ ބިރުން: މެމްބަރު ނާޒިމް

13 ފެބުރުއަރީ 2017
ރައީސް ނަޝީދު މިނިވަންކުރަންޖެހޭތީ ރައީސް ޔާމީން އުޅުއްވަނީ ބިރުން: މެމްބަރު ނާޒިމް
12 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި

12 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި
12 ފެބުރުއަރީ 2017

ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން

12 ފެބުރުއަރީ 2017
ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން
07 ފެބުރުއަރީ 2017

މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި

07 ފެބުރުއަރީ 2017
މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
29 ޖެނުއަރީ 2017

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު