Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިމްތިޔާޒު ފަހުމީ

ނަޒާހަތްތެރި މަޖިލީހެއް ބޭނުންނަމަ، ލިސްޓުގެ ކުރީގައި އޮންނަން ޖެހޭނީ އިންތި: ރައީސް

18 މާރިޗު 2019 | ހޯމަ 18:19

ފުރިހަމަ ތާއިދާއި އިތުބާރު އިންތިއަށް އެބަ އޮތް: ރައީސް

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 18 މާރިޗު 2019 | ހޯމަ 18:19
އިންތި ކެމްޕެއިން އިފްތިތާހު ކުރުމުގެ ހަފްލާއަށް ރައީސް ވަޑައިގެންނެވުމުން މަރުހަބާ ވިދާޅުވަނީ

އިންތި ކެމްޕެއިން އިފްތިތާހު ކުރުމުގެ ހަފްލާއަށް ރައީސް ވަޑައިގެންނެވުމުން މަރުހަބާ ވިދާޅުވަނީ

ނަޒާހަތްތެރި މަޖިލީހެއް ބޭނުންވާނަމަ، ލިސްޓުގެ ކުރީގައި އޮންނަން ޖެހޭނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި)ގެ ނަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އިންތިގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ހޯމަ ދުވަހުގެ ރޭ އަމީނިއްޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައި ދޫކޮށް ނުލެވޭނެ ބޭފުޅުންގެ ނަންތައް ވިދާޅުވެ ދެއްވާފައެވެ. އެގޮތުން އިންތިއަކީ އެމަނިކުފާނުގެ ސިޔާސީ މަސައްކަތުގައި ދޫކޮށްނުލެވޭނެ އެއް ބޭފުޅެއް ކަމަށާއި ސިޔާސީ ހަޔާތް ނިންމަވާލައްވާނީ ވެސް އެބޭފުޅުންނާ އެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

"...އޭގެ ތެރެއިން އެއް ބޭފުލަކީ އިމްތިޔާޒު ފަހުމީ. ޝިފާޒު މި އިންނެވީ. ޖަލްސާ ތައާރަފް ކުރެއްވި އަންވަރަކީ ދުވަހަކު ވެސް އަޅުގަނޑުގެ ސިޔާސީ މަސައްކަތުގައި ހަނދާން ނައްތާލާނެ ބޭފުޅެއް ނޫން. އިލްޔާސް ލަބީބު، ސާބެ، ހަސަން ލަތީފު، މި ބޭފުޅުންނަކީ އަޅުގަނޑުގެ ސިޔާސީ ހަޔާތުގައި ދޫކޮށްލެވޭނެ ބޭފުޅުންނެއް ނޫން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ނަޝީދު ޖަލަށްލުމާ އެކު، އެމްޑީޕީން ވޭތުކުރި ހަތަރު އަހަރަކީ އުނދަގޫ އަހަރުތަކެއް ކަން ފާހަގަ ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ އެ ދުވަސްތަކުގައި ޖެހިލުމެއް ނެތި، ކޮންމެ ކަމެއް ކުރެއްވުމުގައި ހުންނެވީ އިންތި ކަމަށެވެ. ނަޒާހަތްތެރި މަޖިލީހެއް ބޭނުންނަމަ، އެ ލިސްޓުގައި އެންމެ ފުރަތަމަ އޮންނަން ޖެހޭނީ އިންތިގެ ނަން ކަމަށާއި އިންތިގެ ނަޒާހަތްތެރިކަމާ މެދު ޝައްކެތް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

"ނަޒާހަތްތެރި މަޖިލީހެއް އަޅުގަނޑުމެން ބޭނުންވާ ކަމަށް ވަންޏާ، ލިސްޓުގެ ކުރީގައި ނަން އޮންނަންޖެހޭނީ އިމްތިޔާޒު ފަހުމީ. އެއީ ޝައްކެތް އޮތް ކަމެއް ނޫން. އެ ސަބަބުތަކަށްޓަކާ އަޅުގަނޑުގެ ފުރިހަމަ ތާއިދާއި ފުރިހަމަ އިތުބާރު އޮތް ވާހަކަ ދަންނަވަން. އަޅުގަނޑުގެ ވެރިކަމުގެ ދައުރުގައި ކޮންމެހެން އިންނަން ބޭނުންވާ އެއް ބޭފުޅެއް އިންތިއަކީ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެންމެ ބޮޑު އަގުލަބިއްޔަތެއް ހޯއްދަވައިގެން، މާލޭގެ ގޮނޑިއަކަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރަކީ އިންތިއެވެ. ދެހާސްސާދަ ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 63 ޕަސެންޓް ހޯއްދަވައި، ގޮނޑި ކާމިޔާބު ކުރެއްވި އިންތިއާ ދެކޮޅަށް މިފަހަރުގެ އިންތިހާބުގައި ވާދަ ކުރައްވަނީ އަމިއްލަ ދެ ކެންޑިޑޭޓުންނެވެ.

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"

3

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

4

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

5

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2017

މީދޫން ވޯޓް ބޭނުންނަމަ، އަނަސް މަރާލި މީހުން އިންސާފްގެ ކުރިމައްޗަށް ގެންނަންޖެހޭ: އަމީތު

29 އޮކްޓޯބަރު 2017
މީދޫން ވޯޓް ބޭނުންނަމަ، އަނަސް މަރާލި މީހުން އިންސާފްގެ ކުރިމައްޗަށް ގެންނަންޖެހޭ: އަމީތު
27 ސެޕްޓެމްބަރު 2017

ތަރައްގީ ބޭނުންނަމަ ރައްޔިތުން އިހްލާސްތެރިކަން ދައްކަންޖެހޭނެ: ރައީސް ޔާމީން

27 ސެޕްޓެމްބަރު 2017
ތަރައްގީ ބޭނުންނަމަ ރައްޔިތުން އިހްލާސްތެރިކަން ދައްކަންޖެހޭނެ: ރައީސް ޔާމީން
01 މެއި 2017

ވޯޓަރސް ލިސްޓުގެ ފައިނަލް ލިސްޓުގައި މަރުވެފައިވާ 16 މީހުންގެ ނަން ހިމެނޭ: އެމްޑީޕީ

01 މެއި 2017
ވޯޓަރސް ލިސްޓުގެ ފައިނަލް ލިސްޓުގައި މަރުވެފައިވާ 16 މީހުންގެ ނަން ހިމެނޭ: އެމްޑީޕީ
02 އެޕްރީލު 2017

ބަލިތަކުގެ ލިސްޓުގެ އެންމެ މަތީގައި"ޑިޕްރެޝަން"

02 އެޕްރީލު 2017
ބަލިތަކުގެ ލިސްޓުގެ އެންމެ މަތީގައި"ޑިޕްރެޝަން"
23 މާރިޗު 2017

މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން

23 މާރިޗު 2017
މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން
22 މާރިޗު 2017

ގައުމުގެ ބައެއް ފިކުރުތައް ހުރީ އިބިލީހަށް ވުރެވެސް ކުރީގައި: ރައީސް ޔާމީން

22 މާރިޗު 2017
ގައުމުގެ ބައެއް ފިކުރުތައް ހުރީ އިބިލީހަށް ވުރެވެސް ކުރީގައި: ރައީސް ޔާމީން
08 މާރިޗު 2017

ރައްޔިތުންގެ މަތިން ހަނދާންކުރާ މަޖިލީހެއް ހޯދުމުގެ ފުރުސަތު އެބަ އޮތް: ފާރިސް

08 މާރިޗު 2017
ރައްޔިތުންގެ މަތިން ހަނދާންކުރާ މަޖިލީހެއް ހޯދުމުގެ ފުރުސަތު އެބަ އޮތް: ފާރިސް
06 މާރިޗު 2017

ރާއްޖެޓީވީގެ އަބޯ އާއި ނަދީމަށް ނަޒާހަތްތެރިކަމުގެ ސެޓްފިކެޓާއި ހާއްސަ އިނާމެއް

06 މާރިޗު 2017
ރާއްޖެޓީވީގެ އަބޯ އާއި ނަދީމަށް ނަޒާހަތްތެރިކަމުގެ ސެޓްފިކެޓާއި ހާއްސަ އިނާމެއް
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
02 ފެބުރުއަރީ 2017

ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

02 ފެބުރުއަރީ 2017
ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް