Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އިރާނުގެ ހާލަތު

އިރާނުގައި ކޮވިޑް-19 ގެ ހާލަތު ރަނގަޅު ސަރަހައްދުތަކުގައި ހުރި މިސްކިތްތައް ހުޅުވާލަނީ

27 އެޕްރީލު 2020 | ހޯމަ 05:21

ވައިރަސް ޖެހޭ މީހުންނާއި މަރުވާ މީހުން ފެންނަމުންދާ ގޮތުގެ މައްޗަށް ބަލާ ތިން ހިސާބަކަށް ބަހާލުމަށް ވަނީ ނިންމާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 27 އެޕްރީލު 2020 | ހޯމަ 05:21
އިރާން- ވިޔަފާރިކުރުމުގެ ފުރުސަތު ހުޅުވާލުމާއެކު މަގުތައް ފުރިފައި

އިރާން- ވިޔަފާރިކުރުމުގެ ފުރުސަތު ހުޅުވާލުމާއެކު މަގުތައް ފުރިފައި

އިރާނުގައި ގިނަ ދުވަސްތަކެއް ވަންދެން ކޮވިޑް-19 ށް ޕޮޒިޓިވް ވެފައިވާ މީހުން ނުފެންނަ ހިސާބުތަކުގައި ހުރި މިސްކިތްތައް ހުޅުވުމަށް ވިސްނަވަމުން ގެންދަވާ ކަމަށް އެގައުމުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ އިރާނުގައި ވައިރަސް ޖެހޭ މީހުންނާއި މަރުވާ މީހުން ފެންނަމުންދާ ގޮތުގެ މައްޗަށް ބަލާ ތިން ހިސާބަކަށް ބަހާލުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން ހުދު، ރީންދޫ އަދި ރަތްކުލަ އަށް މިސަރަހައްދުތައް ބަހާލާނެ އެވެ.

އެއަށްފަހު އެސަރަހައްދުތަކުގައި ހަރަކާތްތައް ހިންގަން ހުއްދަދޭނެ މިންވަރު ކަނޑައެޅޭނެ އެވެ. އެގޮތުން ގިނަ ދުވަސްތަކެއް ވަންދެން ވައިރަސް ޖެހޭ އަދި މަރުވާ މީހަކު ނުފެންނަ ހިސާބުތަކަކީ ހުދު ކުލަ އެވެ. އެފަދަ ހިސާބުތަކުގައި ހުރި މިސްކިތްތައް ހުޅުވާލާ ހުކުރު ނަމާދުކުރުމުގެ ފުރުސަތުދޭނެ ކަމަށް ރޫހާނީ ވިދާޅުވި އެވެ.

އަދި މިކުލަތައް ދީފައި ހުންނަ ސަރަހައްދުތަކުގެ ހާލަތަށް ބަލާ ކުލައަށް ބަދަލު އަންނާނެކަމަށާއި ނަމަވެސް މިކަން ތަންފީޒުކުރަން ފަށާނީ ކޮންއިރަކުން ކަމެއް ރޫހާނީ ހާމައެއް ނުކުރައްވަ އެވެ.

އިރާނުގެ ޑެޕިޔުޓީ ހެލްތު މިނިސްޓަރ އިރާޖް ހަރިރްޗީ އާދިއްތަ ދުވަހު އެގައުމުގެ ސްޓޭޓް ޓީވީ އަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ މިވަގުތުގެ ހާލަތަށް ބަލާއިރު 116 ސަރަހައްދެއް އެއީ ހުދު ކުލައިގެ ސަރަހައްދު ތަކުގެ ގޮތުގައި ބެލެވޭކަމަށެވެ. އަދި ރީންދޫ ކުލައިގެ 134 ސަރަހައްދެއް ފާހަގަވާކަމަށް އިރާޖް ވިދާޅުވި އެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި އިރާނުގައި މަރުވެފައިވަނީ 60 މީހުންނެވެ. މިހާތަނަށް އައިއިރު އިރާނުގައި 5710 މީހުން ވައިރަސް ޖެހިގެން މަރުވެފައިވާއިރު 90،481 މީހުންނަށް ވަނީ ވައިރަސް ޖެހިފަ އެވެ.

ގައުމުގެ އާންމު ސިއްހީ ނިޒާމު ރައްކާތެރި ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ގައުމުގެ އިގްތިޞާދަށް ނޭދެވޭ އަސަރު ތަކެއްކޮށްފާނެތީ އެގައުމުން ވަނީ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން އެހެން ގައުމުތަކުގައި ހޯލްސޭލް ވިޔަފާރިތަކަށް ގެންނަ ފަދަ ހުއްޓުމެއް ނުގެނެސް އެވިޔަފާރިތައް ކުރިޔަށް ގެންދިޔުމަށް އިރާނުގެ ސަރުކާރުން ވަނީ މަސައްކަތްކޮށްފަ އެވެ.

އެހެންނަމަވެސް އިރާނުގައިވެސް ވަނީ ސްކޫލްތަކާއި ޔުނިވަރސިޓީތަކާއި ދީނީ އަދި ޘަގާފީ ހަރަކާތްތަކާއި ކުޅިވަރު ކުޅުން މެދުކަނޑާލާފަ އެވެ.

އިރާނުގެ ފޮރިން މިނިސްޓަރ މުހައްމަދު ޖަވާދް ޒާރިފް ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް ގެ ފޮރިން މިނިސްޓަރ އަބްދުﷲ ބިން ޒައިދް އަލް ނަހްޔާން އާ އާދިއްތަ ދުވަހު ފޯނުން ގުޅުއްވާ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ސަރަހައްދުގެ ކުރިއެރުމަށް ކުރެވޭނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

06 ޖުލައި 2017

ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި

06 ޖުލައި 2017
ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި
29 ޖޫން 2017

ކޮލެރާ ފެތުރުމާ ގުޅިގެން ޔަމަނުގައި ކުއްލި ހާލަތު އިއުލާނުކޮށްފި

29 ޖޫން 2017
ކޮލެރާ ފެތުރުމާ ގުޅިގެން ޔަމަނުގައި ކުއްލި ހާލަތު އިއުލާނުކޮށްފި
21 ޖޫން 2017

ޔޫކްރެއިންގެ ރައީސްއާއެކު ބޭއްވުނީ "ވަރަށް ރަނގަޅު މަޝްވަރާތަކެއް":ޓްރަމްޕް

21 ޖޫން 2017
ޔޫކްރެއިންގެ ރައީސްއާއެކު ބޭއްވުނީ "ވަރަށް ރަނގަޅު މަޝްވަރާތަކެއް":ޓްރަމްޕް
07 ޖޫން 2017

އިރާނުގައި ދިން ހަމަލާ: މަރުވި މީހުންގެ އަދަދު 12 އަށް އަރައިފި

07 ޖޫން 2017
އިރާނުގައި ދިން ހަމަލާ: މަރުވި މީހުންގެ އަދަދު 12 އަށް އަރައިފި
04 މެއި 2017

މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ ރަނގަޅު ފުރުސަތެއް އެބައޮތް:ޓްރަމްޕް

04 މެއި 2017
މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ ރަނގަޅު  ފުރުސަތެއް އެބައޮތް:ޓްރަމްޕް
25 އެޕްރީލު 2017

ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް

25 އެޕްރީލު 2017
ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް
24 އެޕްރީލު 2017

އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

24 އެޕްރީލު 2017
އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި
10 އެޕްރީލު 2017

ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު

10 އެޕްރީލު 2017
ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު
04 އެޕްރީލު 2017

ކޮލަމްބިއާގައިި ކުއްލި ހާލަތު އިއުލާންކޮށްފި

04 އެޕްރީލު 2017
ކޮލަމްބިއާގައިި ކުއްލި ހާލަތު އިއުލާންކޮށްފި
28 މާރިޗު 2017

ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި

28 މާރިޗު 2017
ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް