Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް-19 އިޓަލީގެ ހާލަތު

މަސްދުވަސް ފަހުން އިޓަލީގައި އެންމެ މަދުން ކޮވިޑް-19 ޖެހިގެން އަދި މަރުވެގެން ރިޕޯޓްކުރީ ހޮނިހިރު ދުވަހު

ހޮނިހިރު ދުވަހު މަރުވެފައިވަނީ 415 މީހުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 26 އެޕްރީލު 2020 | އާދީއްތަ 05:07
އިޓަލީގެ މަގެއްގެ މަތީގައި މީހަކު މާސްކު އަޅައިގެން ހިނގާފައި ދަނީ

އިޓަލީގެ މަގެއްގެ މަތީގައި މީހަކު މާސްކު އަޅައިގެން ހިނގާފައި ދަނީ

ދުނިޔޭގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ތިން ވަނަ އަށް އެންމެ ހަލުވި މިނުގައި ފެތުރެމުންދާ އަދި ދެ ވަނަ އަށް އެންމެ ގިނަ މީހުން މަރުވަމުން އަންނަ އިޓަލީގައި އެއަދަދުތައް ހޮނިހިރު ދުވަހު މަސް ދުވަހަށްފަހު ދަށަށްގޮސްފި އެވެ.

އިޓަލީގެ ސިވިލް ޕްރޮޓެކްޝަން އެޖެންސީން ބުނެފައިވަނީ މަރޗް މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް އައިއިރު ހޮނިހިރު ދުވަހުގެ އަދަދުތައް ވަނީ ދަށަށްގޮސްފައި ކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހު މަރުވެފައިވަނީ 415 މީހުންނެވެ. ހުކުރު ދުވަހު ކޮވިޑް-19 ޖެހިގެން މަރުވެފައިވަނީ 420 މީހުންނެވެ.

މީގެއިތުރުން އަލަށް ވައިރަސް ޖެހުނު މީހުންގެ އަދަދު ފާއިތުވި ފަސް ދުވަހު ދަށަށްދާން ފަށާފައިވާއިރު ހޮނިހިރު ދުވަހު އެ އަދަދުތައް ވަނީ ދެހާހުން ދަށަށްގޮސްފަ އެވެ. ހުކުރު ދުވަހު އަލަށް ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވަނީ 3021 މީހުންނެވެ. ހޮނިހިރު ދުވަހު އަލަށް ވައިރަސް ޖެހިފައިވަނީ 2357 މީހުންނަށެވެ.

ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އިޓަލީން ފުރަތަމަ ފަހަރަށް ވައިރަސް ޖެހިފައިވާ މީހަކު ފެނިފައިވާއިރު މިހާތަނަށް އައިއިރު 26,384 މީހުން ވަނީ މިވައިރަސް ޖެހިގެން މަރުވެފަ އެވެ. އިޓަލީއަކީ އެމެރިކާ ނެގުމަށްފަހު އެންމެ ގިނަ އަދަދެއްގެ ބަޔަކު މަރުވަމުންދާ ގައުމެވެ. އިޓަލީގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދަކީ 195,351 އެވެ.

މިވަގުތު ވައިރަސް ޖެހިގެން އިޓަލީގައި ރިޕޯޓް ކުރަމުންދާ އަދަދުތައްވެސް ވަނީ ދަށަށްދާން ފަށާފަ އެވެ. އެކްޓިވް ކޭސްތައް ހުކުރު ދުވަހު ހުރީ 106،527 ގަ އެވެ. އެއަދަދު ހޮނިހިރު ދުވަހު ވަނީ 105،847 ށް ދަށަށްގޮސްފަ އެވެ. މިއީ މިއަދަދުތައް ޖެހިޖެހިގެން ދަށަށްދާ ހަވަނަ ދުވަހެވެ.

ހޮނިހިރު ދުވަހު އިޓަލީގެ އައިސީޔޫ ތަކުގައި ފަރުވާދެމުން ގޮސްފައިވަނީ 2102 މީހުންނަށެވެ. ހުކުރު ދުވަހު އައިސީޔޫ ތަކުގައި ފަރުވާ ދެމުން ގޮސްފައިވަނީ 2173 މީހުންނަށެވެ. އަދި ބަލިން ރަނގަޅުވާ މީހުންގެ އަދަދުތައްވެސް ވަނީ ހޮނިހިރު ދުވަހު މައްޗަށް ގޮސްފަ އެވެ. އެގޮތުން ހުކުރު ދުވަހު ރަނގަޅުވި މީހުންގެ އަދަދު ހުރީ 60،498 ގަ އެވެ. އެއަދަދު ހޮނިހިރު ދުވަހު ވަނީ 63،120 މީހުންނަށް އިތުރުވެފަ އެވެ.

އިޓަލީގެ ސިވިލް ޕްރޮޓެކްޝަން އެޖެންސީން ބުނާގޮތުގައި 1.1187 މިލިއަން މީހުން އިޓަލީގައި ވަނީ މިހާތަނަށް އައިއިރު ވައިރަސް އަށް ޓެސްޓްކޮށްފަ އެވެ. އިޓަލީގެ އާބާދީއަކީ 60 މިލިއަނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގައި ޖެހިޖެހިގެން ވަޒީފާ އިތުރުވާތާ 100 މަސް ދުވަސް، ޖެނުއަރީ މަހު އެކަނި ވެސް ތިން ލައްކަ ވަޒީފާ

އެމެރިކާގައި ޖެހިޖެހިގެން ވަޒީފާ އިތުރުވާތާ 100 މަސް ދުވަސް، ޖެނުއަރީ މަހު އެކަނި ވެސް ތިން ލައްކަ ވަޒީފާ

02 ފެބުރުއަރީ 2019
އިޓަލީގައި ހެލިކޮޕްޓަރަކާއި ފްލައިޓެއް ޖެހި، ހަތް މީހުން މަރުވެއްޖެ

އިޓަލީގައި ހެލިކޮޕްޓަރަކާއި ފްލައިޓެއް ޖެހި، ހަތް މީހުން މަރުވެއްޖެ

27 ޖެނުއަރީ 2019
އެބޯލާ ޖެހިގެން މަރުވި މީހުންގެ އަދަދު 33 އަށް، ނުރައްކާ ބޮޑު

އެބޯލާ ޖެހިގެން މަރުވި މީހުންގެ އަދަދު 33 އަށް، ނުރައްކާ ބޮޑު

06 އޯގަސްޓު 2018
ނިޕާ ޖެހިގެން ކެރެލާއިން 13 މީހަކު މަރުވެއްޖެ

ނިޕާ ޖެހިގެން ކެރެލާއިން 13 މީހަކު މަރުވެއްޖެ

28 މެއި 2018
ކޮންގޯގައި އެބޯލާ ޖެހިގެން މަރުވި މީހުންގެ އަދަދު 12 އަށް

ކޮންގޯގައި އެބޯލާ ޖެހިގެން މަރުވި މީހުންގެ އަދަދު 12 އަށް

27 މެއި 2018

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު