Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެބޯލާ ވައިރަސް

އެބޯލާ ޖެހިގެން މަރުވި މީހުންގެ އަދަދު 33 އަށް، ނުރައްކާ ބޮޑު

6 އޯގަސްޓު 2018 | ހޯމަ 04:58

13 މީހަކަށް ބަލި ޖެހިގެން ދަނީ ފަރުވާ ހޯދަމުން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 6 އޯގަސްޓު 2018 | ހޯމަ 04:58
ކޮންގޯގެ ހެލްތު ވަރކަރަކު ބަލި އުޅޭ ސަރަހައްދެއްގައި ހަރަކާތްތެރި ވަނީ

ކޮންގޯގެ ހެލްތު ވަރކަރަކު ބަލި އުޅޭ ސަރަހައްދެއްގައި ހަރަކާތްތެރި ވަނީ

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ(ޑީއާރްސީ)ގައި ނުރައްކާތެރި އެބޯލާ ވައިރަސް ޑިސީސް ( އީވީޑީ) ޖެހިގެން މިހާތަނަށް 33 މީހުން މަރުވެފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާކުރާގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި މިއަދަދު އިތުރު ވާނެއެވެ. ސިއްހަތު ޖަމިއްޔާގެ ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް އޮފް އިމަޖެންސީ ޕްރިޕެއާޑްނެސް އެންޑް ރެސްޕޯންސް، ޑޮކްޓަރ ޕީޓަރ ސަލަމާ ވިދާޅުވީ އިތުރު 13 މީހުންނަށް އެބޯލާ ޖެހިގެން މިހާރު ފަރުވާ ދެމުންދާ ކަމަށެވެ.

އެންމެ ގިނައިން އެބޯލާ ބަލި ފެނިފައިވަނީ އަދި ބަލީގެ ނުރައްކާ އެންމެ ބޮޑުވެފައިވަނީ ކޮންގޯގެ އިރުމަތީ އޮންނަ ކިވޫ ޕްރޮވިންސާއި އެސަރަހައްދު ކައިރީގައިވާ ހިސާބުތަކަށް ކަމަށް ކޮންގޯގެ ހެލްތު މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެބޯލާއަށް ޝައްކު ކުރެވޭ އިތުރު 30 މީހުން ރަޖިސްޓަރ ކޮށްފައިވާކަމަށެވެ.

ދުނިޔެއިން އެންމެ ފުރަތަމަ އެބޯލާ ފެނިފައިވަނީ ވެސް 1976 ވަނަ އަހަރު ކޮންގޯ އިންނެވެ.

އެބޯލާ ޖެހުމުން އެއިން ސަލާމަތް ވުމަށް ވަކި ޚާއްސަ ބޭހެއް ނުހުރެއެވެ. އެބޯލާ ބައްޔަކީ ބަލިޖެހޭ ގިނަ މީހުން އެބަލީގައި މަރުވާ ބައްޔެކެވެ. އެހެން ނަމަވެސް ބައްޔަށް ބޭނުން ކުރެވޭ އެކްސްޕެރިމެންޓަލް ވެކްސިން އެއް ވަނީ ތައާރުފު ކޮށްފައެވެ. މި ވެކްސިން ކާމިޔާބު ކަމަށް ބުނެއެވެ. އެބޯލާ ޖެހޭ މީހުންގެ އަދަދު އެންމެ ބޮޑަށް ރެކޯޑް ކުރެވިފައިވަނީ 2014 ވަނަ އަހަރުއެވެ. އެ އަހަރު 11،000 އަށްވުރެ ގިނަ މީހުން ވަނީ އެބޯލާ ބަލީގައި މަރުވެފައެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ހޮޑުލެވުމާއި، ބޭރަށް ހިންގުމާއި، ގައިގައި ރިއްސުމާއި، އެތެރެހަށިން ލޭ އައުން ހިމެނެއެވެ.

ބަލިޖެހޭ 90 އިން ސައްތަ މީހުންގެ ފުރާނަ ގެއްލޭކަން ރެކޯޑް ކުރެވިފައިވެއެވެ.

އިތުރަށް ކިޔާލަން

17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
29 މާރިޗު 2017

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް