Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ގެ ބަލިމަޑުކަން

ކޮވިޑް-19 ދެވަނަ ފަހަރަށް ނުޖެހޭނެކަމަށް ދެކިގެން ނުވާނެ: ޑަބްލިއުއެޗްއޯ

26 އެޕްރީލު 2020 | އާދީއްތަ 04:21

އިރުމަތީ އޭޝިއާގެ ބައެއް ޤައުމުތަކުގައިވެސް، ރަނގަޅުވާ މީހުންނަށް ދެވަނަ ފަހަރަށް ބަލި ޖެހިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 އެޕްރީލު 2020 | އާދީއްތަ 04:21
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ - ޑަބްލިއުއެޗްއޯ

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ - ޑަބްލިއުއެޗްއޯ

ކޮވިޑް-19 ގެ ބަލިމަޑުކަމަކީ އެއްފަހަރު ޖެހޭ ބައްޔެއްކަމަށް ދެކިގެން ނުވާނެ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ބުނެފިއެވެ.

ބައެއް ޤައުމުތަކުން ބަލި ޖެހިފައި ތިބޭ މީހުންނަށް "އިމިއުނިޓީ ޕާސްޕޯޓް" ގެ ނަމުގައި އަލުން އަނބުރާ ވަޒީފާއަށާއި މުޖުތަމަތު ތެރެއަށް ނުކުމެ އުޅުމުގެ ހުއްދަ ދެމުން ގެންދާތީ، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެ ޖަމިއްޔާއިން ހާމަކުރި ފަހުގެ ގައިޑްލައިނެއްގައި ބުނެފައިވާ ގޮތުން، ބަލި ޖެހިފައި ތިބޭ މީހުންނަކީ ދެވަނަ ފަހަރަށް ކޮވިޑް-19 ނުޖެހޭނެ ބައެއްކަން މިހާތަނަށް ކަށަވަރުވެފައެއް ނުވެއެވެ.

އެގޮތުން އިރުމަތީ އޭޝިއާގެ ބައެއް ޤައުމުތަކުގައިވެސް، ބަލި ޖެހިގެން ރަނގަޅުވާ މީހުންނަށް ދެވަނަ ފަހަރަށް ބަލި ޖެހިފައިވާކަން ހާމަވެފައިވާކަން އެ ޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން އެހެން ބުނެފައިވާއިރު، އިނގިރޭސިވިލާތާއި، ޖަރމަނީގެ އިތުރުން ޗިލީ ފަދަ ޤައުމުތަކުގެ ސިއްޙަތާބެހޭ ވަޒީރުން ވަނީ ކޮވިޑް-19 ބަލި ޖެހިގެން ރަނގަޅުވާ މީހުންނަށް އިމިއުނިޓީ ޕާސްޕޯޓް ދިނުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ވިދާޅުވެފައެވެ. އަދި އިމިއުނިޓީ ލިބޭ ފަރާތްތައް ބޭރުތެރޭގައި އުޅުމާއި، ލޮކްޑައުންގެ ވަގުތުގައިވެސް ބޭރަށް ދިއުން ހުއްދަ ވުމުގެ އިތުރުން، އިޖުތިމާއީ ގައިދުރުކަން ފަދަ ކަންކަމުގައި ގެންގުޅޭ ހަރުކަށި އުސޫލުތަކުން އިސްތިސްނާވާނެއެވެ.

ނަމަވެސް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އިތުރުން، ސިއްޙަތާބެހޭ ތަޖުރިބާކާރުންވެސް ދަނީ އެއީ އެންމެ ރަނގަޅު ފިޔަވަޅެއް ނޫންކަމުގައި ބުނަމުންނެވެ.

އެގޮތުން ބުދަ ދުވަހު ބޭއްވި ނޫސްކޮންފަރެންސެއްގައި ޑަބްލިއުއެޗްއޯ ގެ ޗީފް، ޓެޑްރޯސް އަދަނޯމް ގެބްރިއާސިސްވެސް ވަނީ މި ދަނޑިވަޅުގައި އެއްވެސް ޤައުމަކުން ފަރުވާކުޑަ ކޮށްގެން ނުވާނެ ކަމަށާއި، މި ވައިރަސްގެ ނުރައްކާ އަދި ގިނަ ދުވަސްތަކެއް ވަންދެން ދެމި އޮންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވިދާޅުވެފައެވެ.

ޓެޑްރޯސް ވިދާޅުވީ، ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ޤައުމުތަކުން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ރަނގަޅު ނަތީޖާ ފެންނަމުންދާ ކަމަށާއި، ޚާއްސަކޮށް އިޖުތިމާއީ ގައިދުރުކަން (ސޯޝަލް ޑިސްޓެންސިންގ) އަދި ފުރަބަންދު (ލޮކްޑައުން) ފަދަ ފިޔަވަޅުތަކުގެ ރަނގަޅު އަސަރު ބައެއް ޤައުމުތަކުން ފެންނަމުންދާ ކަމަށެވެ. އަދި އެއާއެކުވެސް މި ވައިރަސްގެ ނުރައްކާ ނުހަނު ބޮޑުކަން ޓެޑްރޯސް ފާހަގަކުރެއްވިއެވެ.

މުޅި ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 3 މިލިއަނަށް އަރަން ކައިރިވެފައިވާއިރު، މަރުވި މީހުންގެ އަދަދު ވަނީ 203،000ށް ވުރެ އިތުރުވެފައެވެ. ދުނިޔޭގެ 215 ސަރަޙައްދަކުން މި ވައިރަސް ފެނިފައިވާއިރު، އެމެރިކާއާއި ޔޫރަޕްގެ ބައެއް ޤައުމުތަކުގެ އިތުރުން، އިނގިރޭސިވިލާތުން ގިނަ އަދަދެއްގެ ބަޔަކު ވައިރަސްއަށް ޕޮޒިޓިވްވެފައިވެއެވެ.

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

އިތުރަށް ކިޔާލަން

18 ސެޕްޓެމްބަރު 2017

ލަންޑަންގެ ރޭލް ހަމަލާއާ ގުޅިގެން ހައްޔަރު ކުރި ދެވަނަ މީހާ ހައްޔަރުކޮށްފި

18 ސެޕްޓެމްބަރު 2017
ލަންޑަންގެ ރޭލް ހަމަލާއާ ގުޅިގެން ހައްޔަރު ކުރި ދެވަނަ މީހާ ހައްޔަރުކޮށްފި
09 ސެޕްޓެމްބަރު 2017

ގަލްފުގެ މައްސަލައިގައި ގަތަރުގެ އަމީރު ސައުދީ ވަލީއަހުދާ ފުރަތަމަފަހަރަށް މަޝްވަރާކުރައްވައިފި

09 ސެޕްޓެމްބަރު 2017
ގަލްފުގެ މައްސަލައިގައި ގަތަރުގެ އަމީރު ސައުދީ ވަލީއަހުދާ ފުރަތަމަފަހަރަށް މަޝްވަރާކުރައްވައިފި
05 ސެޕްޓެމްބަރު 2017

އިންޑިއާގެ ޑިފެންސް މިނިސްޓަރު ކަން ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކަށް ލިބިވަޑައިގެންފި

05 ސެޕްޓެމްބަރު 2017
އިންޑިއާގެ ޑިފެންސް މިނިސްޓަރު ކަން ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކަށް ލިބިވަޑައިގެންފި
10 އޯގަސްޓު 2017

އަންހެން ދަރިފުޅަށް 600 ފަހަރަށް ވުރެ ގިނަ ފަހަރު ޖިންސީ ގޯނާކުރި ބައްޕަގެ މައްސަލަ ބަލަނީ

10 އޯގަސްޓު 2017
އަންހެން ދަރިފުޅަށް 600 ފަހަރަށް ވުރެ ގިނަ ފަހަރު ޖިންސީ ގޯނާކުރި ބައްޕަގެ މައްސަލަ ބަލަނީ
19 ޖުލައި 2017

ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ގެއްލުނު ދެމަފިރިއަކު ގަނޑުވެފައި ތިއްބައި ފެނިއްޖެ

19 ޖުލައި 2017
ދެވަނަ ބޮޑުހަނގުރާމައިގެ  ދުވަސްވަރު ގެއްލުނު ދެމަފިރިއަކު ގަނޑުވެފައި ތިއްބައި ފެނިއްޖެ
07 ޖުލައި 2017

ޖީ20 ސަމިޓް: ފުރަތަމަ ފަހަރަށް ރައީސް ޓްރަމްޕާއި ޕޫޓިން ބައްދަލު ކުރައްވަނީ

07 ޖުލައި 2017
ޖީ20 ސަމިޓް: ފުރަތަމަ ފަހަރަށް ރައީސް ޓްރަމްޕާއި ޕޫޓިން ބައްދަލު ކުރައްވަނީ
30 މެއި 2017

ބަގްދާދުގައި 24 ގަނޑިއިރު ތެރޭގައި ދެވަނަ ބޮމެއް ގޮއްވާލައިފި

30 މެއި 2017
ބަގްދާދުގައި 24 ގަނޑިއިރު ތެރޭގައި ދެވަނަ ބޮމެއް ގޮއްވާލައިފި
24 އެޕްރީލު 2017

ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން ދެވަނަ ބުރަށް

24 އެޕްރީލު 2017
ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން  ދެވަނަ ބުރަށް
02 މާރިޗު 2017

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު
25 ފެބުރުއަރީ 2017

އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި

25 ފެބުރުއަރީ 2017
އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް