Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުނޫޒް ޖަލްސާ

ރައްޔިތުންނަށް މިހާރު އޮތީ ދެޗޮއިސް: ޢަބަދުﷲ ކަމާލުއްދީން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހަގީގީ ވާޖިބު އަދާކުރައްވަން ޖެހޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 1 އެޕްރީލު 2017 | ހޮނިހިރު 22:43
ޢަބްދުﷲ ކަމާލުއްދީން ހޮނިހިރު ދުވަހުގެރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

ޢަބްދުﷲ ކަމާލުއްދީން ހޮނިހިރު ދުވަހުގެރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

ޤައުމުގެ ހާލަތު އޮތްގޮތުން ރައްޔިތުންނަށް އޮތީ ދެޗޮއިސް ކަމަށާއި ކޮންމެ މީހަކުވެސް އެއިން އެއްގޮތެއް ޚިޔާރުކުރަން ޖެހިފައިވާ ކަމަށް ރައީސް މައުމޫންގެ ވެރިކަމުގައި ހޯމް މިނިސްޓަރ ކަން ކުރެއްވި ޢަބްދުﷲ ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ ކަމުގެ އިތުރުން އެހެން ބައެއް ވުޒާރާތައްވެސް ހިންގެވި ޢަބްދުﷲ ކަމާލުއްދީން މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ޖުމްހޫރީ ޕާޓީގެ މައި ހަރުގެ މ. ކުނޫޒުގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވމުންނެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރެއްގެ ގޮތުގައިވެސް ހުންނެވި އަބްދުﷲ ކަމާލުއްދީން ވިދާޅުީ ރައްޔިތުންނަށް އޮތީ ދެޗޮއިސް ކަމަށާއި އެއިން އެއް ގޮތަކީ ޤައުމުގައި ހިނގާ ކަންތައްތަކާމެދު އެއްވެސް ވަރަކަށް އަޅާ ނުލާ ތިބުން ކަމަށެވެ. އަނެއް ގޮތަކީ ޤައުމުގެ ކަންކަމާމެދު ހެޔޮހިތުން ވިސްނާ ފިކުރުކޮށް އިސްލާހީ ކަންކަމުގައި ބައިވެރިވެ ކޮށްދެވެން އޮތް ކަމެއް ކޮށްދިނުން ކަމަށް އަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.

މިދެގޮތުންކުރެ ކޮންމެވެސް އެއްގޮތެއް ރައްޔިތުންނަށް މިއަދު ޚިޔާރުކުރަން ޖެހިފައިވާކަމަށްވެސް އަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.

އަބްދުﷲ ކަމާލުއްދީން ވިދާޅުވީ ރާއްޖޭގައި ކުރިން އޮތީ ވެރިކަމުގައި ތިއްބަވާ ރަސްކަލުން ބޭނުންވިހާ ގޮތަކަށް ކަންކުރުމުގެ އިޚްތިޔާރު ވެރިންނަށާއި ވެރިންގެ އާއިލާއަށް ލިބިދެވޭ ގޮތަށް ކަމަށެވެ. ނަމަވެސް އެގޮތް ބަދަލުވެ އާ ޤާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ އަތްމައްޗަށް އެބާރު މިހާރު ވަނީ ލިބިދީފައި ކަމަށެވެ. އެބާރަކީ ޤާނޫނު އަސާސީގައި ވާގޮތުން ތިންބާރު ވަކިވެފއަި އޮތް އޮތުން ކަމަށާއި އެބާރު ރައްޔިތުންނަށް ދިނުމުގެ އެންމެބޮޑު ޒިއްމާއެއް އެޅިފައިވާ ފަރާތަކީ ރައްޔިތުންގެ މަޖިލިސްގެ މެންބަރުން ކަމަށެވެ.

އެމެންބަރުންނަކީ ވަރަށްބޮޑު ޒިންމާއެެއް އެބޭފުޅުންގެ ކޮނޑުފުޅުގައި އެޅިފައިވާ ބައެއް ކަމަށާއި އެމެންބަރުންގެ ޙަޤީގީ އަޚްލާޤީ ވާޖިބު އަދާކުރައްވަން ފެއްޓެވުމުން މިހުރިހާ ކަމެއް ހަމައަކަށް އެޅިގެންދާނެ ކަމަށްވެސް އަބްދު ﷲ ކަމާލުއްދީން ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުގައި ދުނިޔޭގެ ތާރީޚް ޚާއްޞަކޮށް އެމެރިކާގައި ކަން ހިނގަމުންދާގޮތައް ބައްލަވާލައްވަމުން ޢަބްދުﷲ ކަމާލުއްދީން ވިދާޅުވީ އެޤައުމުގައިވެސް ސަރުކާރުން ކުރާ ކަންކަންވެސް އަދި މަހުޖަނުން ކުރާ ކަންކަންވެސް ހަމަމަގުގައި ހިފަހައްޓާ ބަޔަކީ މަޖިލީހާއި އެޤައުމުގެ ޤާނޫން އަސާސީ ކަމަށެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

02 ފެބުރުއަރީ 2017
ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު