Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދިނުމަށް ގޮވާލައިފި

25 އެޕްރީލު 2020 | ހޮނިހިރު 12:20

ސިޔާސީ ގޮތުން ޖަލަށް ލެވުނު ބޭބޭފުޅުންނަށް މިފަދަ ލުއިތައް މީގެ ކުރިން ދީފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 25 އެޕްރީލު 2020 | ހޮނިހިރު 12:20
ކުރީގެ ރައީސް ޔާމީން ގެންދަވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން

ކުރީގެ ރައީސް ޔާމީން ގެންދަވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުން އަވަސްކޮށްދިނުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ގޮވާލައިފިއެވެ.

ޕީޕީއެމް/ޕީއެންސީން މިކަމަށް ގޮވާލާ، ހޮނިހިރު ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން 5 އަހަރުގެ ރިޔާސީ ދައުރެއް މިހާތަނަށް ފުރިހަމަ ކޮށްފައިވާ އަދި މިހާރު އިދިކޮޅުގައި ހުންނެވި ސިޔާސީ ހަމައެކަނި ލީޑަރު ރައީސް ޔާމީން ނުޙައްޤުން ޖަލުގައި ބަންދުކޮށްފައި ހުންނަތާ 5 މަސް ދުވަހަށް ވުރެ ގިނަވެފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިޢުނާފު ކުރެވިފައިވާ މައްސަލަ ކުރިއަށް ނުގެންދެވޭތާ ވެސް މަސްތަކެއް ފާއިތުވެގެން ގޮސްފައިވާ ކަމަށް ބަޔާނުގައިވެއެވެ.

Advertisement - newsAdvertisement

މީގެ ކުރިން ޝަރީޢަތަށް ސާބިތުވެ ޖަލަށް ޙުކުމް ކުރެވިފައިވާ ސިޔާސީ ބޭބޭފުޅުން ރަމަޟާން މަހުގެ ދުވަސްތައް އެފަރާތްތަކުގެ ޢާއިލާއާއެކު ހޭދަކުރުމުގެ ފުރުޞަތު ކުރީގެ ސަރުކާރުން ފަހިކޮށްދީފައިވާކަން ފާހަގަކޮށް ބަޔާނުގައި ބުނީ ޤައުމަށް ދިމާވާ ތަފާތު ކާރިޘާ ތަކުގައި ވެސް ޖަލު ބަންދުގައި ތިބި ސިޔާސީ ލީޑަރުންނަށް މަޢާފު ދިނުން ފަދަ ލުއިތައް ދީފައިވާ ކަމަށެވެ.

ނަމަވެސް ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19ގެ ބިރުވެރިކަން އިންތިހާއަށް ބޮޑުވެގެން ދާއިރުވެސް، ރައީސް ޔާމީން ގެއަށް ބަދަލު ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ބަޔާނުގައިވެއެވެ. ނަމަވެސް ސަރުކާރަށް އެއްބާރުލުން ދިނުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ތައްޔާރަށް އޮތް ކަމަށާއި، އެއްބައިވަންތަކަމަށް އިސްކަން ދިނުމަށް ވެސް ގޮވާލާފައިވެއެވެ.

ރައީސް ޔާމީނުގެ ޞިއްޙީ ހާލުކޮޅަށް ރިޢާޔަތްކޮށް، ރަމަޟާން މަސް ފެށުމުގެ ކުރިން އެމަނިކުފާނު ގެއަށް ބަދަލުކޮށް ދިނުމަށް ވެސް އެދިފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ރަމަޟާން މަސް ފެށި ފުރަތަމަ ދުވަސް ނިމި ދެވަނަ ދުވަހަކަށް ފެށިގެން ދިޔައިރު ވެސް އެމަނިކުފާނު ގެއަށް ބަދަލުކޮށް ނުދިނުމުން ދޭހަވަނީ، މިސަރުކާރުން އިހުސާންތެރިކަމާއި، އެއްބައިވަންތަކަމަށް ފުރުޞަތު ދޭން ބޭނުންނުވާކަން ކަމަށެވެ.

އެޗްއާރްސީއެމުން މިމއްސަލަ ބަލާ ރައީސް ޔާމީން ގެއަށް ބައްދަލުކުރުން އަވަސްކޮށް ދިނުމަށް މަސައްކަތް ކުރުމަށާއި އަދި އިސްތިއުނާފްގެ މައްސަލަ އަވަސް ކުރުމުގެ މަސައްކަތް ކޮށްދިނުމަށް ވެސް ބަޔާނުގައި އެދިފައިވެއެވެ.

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޞިއްޙީ ޙާހާލުކޮޅު ހުރި ގޮތުން ގެއަށް ބަދަލުކުރުމަށް ގޮވާލާފައިވާއިރު، މިބަޔާނުގައި ރައީސް ޔާމީނުގެ ޞިއްހީ ޙާލަތު ބަޔާންކޮށްދީފައި ނުވެއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް