Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެއިން ރަށްރަށަށް ދަތުރުކުރުން

މި ޙާލަތުގައި މާލެއިން ރަށަށް ދިއުމަކީ ކޮށްގެންވާނެ ކަމެއް ނޫން: މިނިސްޓަރ

25 އެޕްރީލު 2020 | ހޮނިހިރު 11:13

މާލެއަށް ޒިޔާރަތްކޮށް އެކި ސަބަބުތަކާހުރެ ތާށިވެފައި ތިބި ވަރަށް ގިނަ ފަރާތްތައް އެބަތިބި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 އެޕްރީލު 2020 | ހޮނިހިރު 11:13
ހެލްތް މިނިސްޓަރ އަބްދުﷲ އަމީން

ހެލްތް މިނިސްޓަރ އަބްދުﷲ އަމީން

ރާއްޖެއިން ކޮވިޑް-19 ގެ ކޮމިއުނިޓީ ސްޕްރެޑެއް ފެނިފައިވާ މި ޙާލަތުގައި މާލެއިން ބޭރަށް ދިއުމަކީ ކޮށްގެން ވާނެ ކަމެއް ނޫންކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރ އަމީން ވިދާޅުވީ، ކުރު މުއްދަތަކަށް މާލެއަށް ޒިޔާރަތްކޮށް އެކި ސަބަބުތަކާހުރެ ތާށިވެފައި ތިބި ވަރަށް ގިނަ ފަރާތްތައް އެބަތިބި ކަމަށާއި، ނަމަވެސް މިވަގުތު އެންމެ އިސް ވާޖިބަކީ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލެނބުން ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މާލެއިންވެސް ކޮމިއުނިޓީ ސްޕްރެޑެއް ފެނިފައިވާއިރު، މިވަގުތު މާލޭގައި ތިބި ހުރިހާ ރައްޔިތުންނަކީ ވެސް ބަލި ޖެހުމުގެ ފުރުސަތު ނުވަތަ ނުރައްކާ ބޮޑު ބައެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، މިވަގުތު މާލޭގައި ތިބި އެންމެންވެސް ތިބީ "ރިސްކް ބޮޑު" މީހުންގެ ލިސްޓުގައި ކަމަށެވެ. އެއާއެކު މިޙާލަތުގައި ރަށަށް ދާންޖެހޭނީ އެނޫން އެއްވެސް ގޮތެއް ނެތިގެންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލައި، ލޮކްޑައުންގެ ޙާލަތު އާންމު ޙާލަތަކަށް ބަދަލުކުރެވެން މިވަގުތު ނެތްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އެހެން ވިދާޅުވެފައިވާއިރު، ރަށްރަށުންނާއި ރިސޯޓުތަކުން މާލެ އައި ވަރަށް ގިނަ ފަރާތްތައް މާލޭގައި ތާށިވެފައިވާކަމުގެ ޝަކުވާތައް ފަހަކަށް އައިސް ވަަނީ ފެންމަތިވެފައެވެ. އެގޮތުން ބައެއް ފަރާތްތައް ބޮޑެތި ޚަރަދުތައް ކޮށްގެން މާލޭގައި މަޑުކުރަން މަޖުބޫރުވެފައިވާއިރު، އެފަދަ ފަރާތްތަަކަށް ސަރުކާރުން ކާބޯތަކެއްޗާއި ވަގުތީ ހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒްވެސް ވިދާޅުވެފައިވެއެވެ.

އެގޮތުން މަބްރޫކު ވިދާޅުވީ، އެފަދަ ފަރާތެއް ހުރިނަމަ 3328393ށް ގުޅައި އެ މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށެވެ.

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

އިތުރަށް ކިޔާލަން

05 މެއި 2017

އިންތިހާބުގައި ސަލާމަތީކަންކަން ފުލުހުން ރަށްރަށަށް ފުރައިފި

05 މެއި 2017
އިންތިހާބުގައި ސަލާމަތީކަންކަން ފުލުހުން ރަށްރަށަށް ފުރައިފި
26 އެޕްރީލު 2017

ބަޑި ބާއްވައިގެން ޤާސިމް ފްރޭމް ކުރަން އުޅޭ މައްސަލަ ބަލަމުން ނުދިއުމަކީ އެކަން ކުރިއަށް ގެންދާކަމަށް ބެލެވޭ ކަމެއް: ޖޭޕީ

26 އެޕްރީލު 2017
ބަޑި ބާއްވައިގެން ޤާސިމް ފްރޭމް ކުރަން އުޅޭ މައްސަލަ ބަލަމުން ނުދިއުމަކީ އެކަން ކުރިއަށް ގެންދާކަމަށް ބެލެވޭ ކަމެއް: ޖޭޕީ
06 އެޕްރީލު 2017

ވެކްސިން އަތަށް ނަގައިގެން އުޅުމަކީ ކޮށްގެންވާނެ ކަމެއް ނޫން: ޑރ ރަމީލާ

06 އެޕްރީލު 2017
ވެކްސިން އަތަށް ނަގައިގެން އުޅުމަކީ ކޮށްގެންވާނެ ކަމެއް ނޫން: ޑރ ރަމީލާ
06 އެޕްރީލު 2017

ހުޅުމާލެއިން ވަގަށް ނަގާފައިވާ ޑޮލަރު ތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފި

06 އެޕްރީލު 2017
ހުޅުމާލެއިން ވަގަށް ނަގާފައިވާ ޑޮލަރު ތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފި
30 މާރިޗު 2017

މުޅި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ

30 މާރިޗު 2017
މުޅި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ
06 މާރިޗު 2017

މުޅި މާލެއިން ކަރަންޓް ކަނޑައިގެން ދިޔަ މައްސަލަ މިދަނީ ތަހުގީގު ކުރަމުން: ސްޓެލްކޯ

06 މާރިޗު 2017
މުޅި މާލެއިން ކަރަންޓް ކަނޑައިގެން ދިޔަ މައްސަލަ މިދަނީ ތަހުގީގު ކުރަމުން: ސްޓެލްކޯ
02 މާރިޗު 2017

ކައުންސިލް އިންތިޚާބަށް ބޭނުން ކުރާ ތަކެތި ހަރުގެއިން ގެންދިއުމަކީ ކެމްޕޭނަށް ހުރަސްއެޅުން:އެމްޑީޕީ

02 މާރިޗު 2017
ކައުންސިލް އިންތިޚާބަށް ބޭނުން ކުރާ ތަކެތި ހަރުގެއިން ގެންދިއުމަކީ ކެމްޕޭނަށް ހުރަސްއެޅުން:އެމްޑީޕީ
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް