Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންފްލުއެންޒާ ވެކްސިން

ވެކްސިން އަތަށް ނަގައިގެން އުޅުމަކީ ކޮށްގެންވާނެ ކަމެއް ނޫން: ޑރ ރަމީލާ

ސިއްހަތު ޖަމިއްޔާ އިން ވަނީ 750 ވެކްސިން ހަދިޔާކޮށްފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 6 އެޕްރީލު 2017 | ބުރާސްފަތި 14:36
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ރާއްޖޭގައި ހަލުއިކަމާ އެކު ފެތުރުނު އިންފްލުއެންޒާ އެޗްވަންއެންވަން، ރޯގާ އާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ތިރީސް ހާސް ވެކްސިން ހަދިޔާކޮށްފައިވާ ކަމާ ގުޅޭ ގޮތުން ދެކެވުނު ވާހަކަތައް އެޗްޕީއޭ އިން ދޮގު ކޮށްފި އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ޖަވާބުދާރީ ވަމުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ އައިޝަތު ރަމީލާ ވިދާޅުވީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން 30 ހާސް ވެކްސިން ހަދިޔާ ކޮށްފައިނުވާ ކަމަށާއި އެހެންނަމަވެސް 65 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދިނުމަށް އެ ޖަމިއްޔާއިން މި ހަފްތާގެ ތެރޭގައި 750 ވެކްސިން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެޖަމިއްޔާ އިން ހަދިޔާ ކުރި މި ވެކްސިން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 65 އަހަރުން މަތީގެ މީހުންނަށް ހިލޭ ދެވިގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ.

" އަޅުގަނޑުމެން އިންފްލުއެންޒާ ވެކްސިން މި ޖަހަނީ އެންމެ ރިސްކު ބޮޑެތި ގްރޫޕުތަކަށްވާތީވެ، އެމީހުންނަށް ކޮންމެ ކޮންމެ ތަނެއްގައި ވެކްސިން ދިނުމުން، އެމީހުންނަށް އައިސްދާނެ ރިއެކްޝަނަކުން ސަލާމަތް ވުމަށް އަވަސް ފިޔަވަޅުތަކެއް ނޭޅޭނެ. އެހެންވެ، ކޮންމެ ކޮންމެ ތަނެއްގައި ވެކްސިން ނުދެވެނީ." ރަމީލާ ވިދާޅުވި އެވެ.

ރަމީލާ ވިދާޅުވީ، ރާއްޖޭގައި މިބަލި އުޅޭ ވަރު ދެނެގަނެވުމުގެ މަސައްކަތް ފެށުނީވެސް އާއްމުކޮށް ހުޅުވާލައިގެން ވެކްސިން ފެށުމަށްޓަކާއި ކަމަށާއި މިހާރު ރާއްޖޭގައި މިބައްޔަށް ވެކްސިން ދިނުމުގެ ބޭނުމެއް އޮތްކަން ފާހަގަވުމުން އާއްމުކޮށް ހުރިހާ ރައްޔިތުންނަށް ވެކްސިން ޖެހޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ރަމީލާ ވިދާޅުވީ، ރާއްޖޭގައި ރޯގާ ފެތުރުނު ދުވަސް ވަރުގައި އަމިއްލަ ފަރާތްތަކުންވެސް ވެކްސިން ގެންނަ ކަމަށާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ޗެކްކޮށްގެން ބައެއް ފަރާތްތަކަށް ވެކްސިން ދިނުމުގެ ހުއްދަ ދެނުނު އިރު، އެފަދަ ފަރާތްތަކުން ވެކްސިން ގެނެސްފައިވަނީ ކަނޑައެޅިފައިވާ މިންގަނޑުގެ ތެރެއިންކަން ބަލާފަ ވާނެ ކަމަށެވެ.

އެހެން ނަމަވެސް ބައެއް ފަރާތްތަކުން ބޭރު ގައުމުތަކުން އަމިއްލަ ފޮއްޓަށްލައިގެންވެސް ވެކްސިން ރާއްޖެ ގެންނަމުންދިޔަ ކަން ފާހަގަކުރެވުނު ކަމަށާއި އެކަން ދެނެގަނެވިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވެކްސިން ހިފައިގެންގޮސް ވެކްސިން ޖެހުމަށް ޑޮކްޓަރުން ކައިރިޔަށް ދިޔަ ކަމަށާއި އެފަދަ ހާލަތްތަކުގައި އެ ވެކްސިންތައް ރިޖެކްޓް ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މެންބަރަކު ދެންނެވި ސުވާލަތަކަށް ޖަވާބު ދެއްވަމުން ރަމީލާ ވިދާޅުވީ، ސޯޝަލް މީޑިޔާގައި ވެކްސިންއާ އެކު ފޮޓޯޓަކެއް އާއްމުވުމުން އެކަން އެ މިނިސްޓްރީން ބެލިކަމަށެވެ. އެގޮތުން އެވެކްސިން ތަކަކީ އެމްއެފްޑީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ނެގެސްފައިވާ ވެކްސިން ތަކެއް ކަމަށް ރަމީލާ ވިދާޅުވި އެވެ. އެއީ ރަގަޅު ކޮންޑިޝަންގައި ގެނެވުނު ވެކްސިންކަމުގައިވީ ނަމަވެސް، އެވެކްސިން އާ އެކު ފޮޓޯ ނެގުމަށް އަތައް ނަގައިގެން އުޅުނު އުޅުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ރަމީލާ މިކަން ފާހަގަކޮށްފައިވާ އިރު ރައީސް ޔާމީންގެ އަނބި ކަނބަލުން ފާތިމަތު އިބްރާހިމް އިންފްލުއެންޒާ ވެކްސިން ގެންނަކަން ހާމަކޮށް، ރައީސް ޔާމީން ފެކްޝަނުގެ މެންބަރުންވަނީ ވެކްސިން އަޅާފައިވަ ފޮށިގަނޑެއް ހުޅުވައިގެން ތިބި މަންޒަރު ފެންނަ ފޮޓޯ އެއް އާއްމުކޮށްފަ އެވެ.

އިންފްލުއެންޒާ ވެކްސިން އަކީ ވަކި، ފިނި ހޫނު މިނެއްގާ ބަހައްޓަން ޖެހޭ ވެކްސިނަށްވާ އިރު އެ ވެކްސިން ޖަހަންދެން ވަކި މިންގަނޑެއްގައި ބަހައްޓަން ޖެހެ އެވެ.

އިތުރަށް ކިޔާލަން

20 މާރިޗު 2017

މާބަނޑު މީހުނަށް އިންފުލުއެންޒާ ވެކްސިން ދިނުމުގެ ހިދުމަތް އޭޑީކޭ އިން ފަށައިފި

20 މާރިޗު 2017
މާބަނޑު މީހުނަށް އިންފުލުއެންޒާ ވެކްސިން ދިނުމުގެ ހިދުމަތް އޭޑީކޭ އިން ފަށައިފި
19 މާރިޗު 2017

އަމިއްލަ އަށް ވެކްސިން އެތެރެކޮށްގެން ގެންގުޅޭ ފަރާތްތަކަށް ޑރ. އަފީފްގެ ނަސޭހަތެއް!

19 މާރިޗު 2017
އަމިއްލަ އަށް ވެކްސިން އެތެރެކޮށްގެން ގެންގުޅޭ ފަރާތްތަކަށް ޑރ. އަފީފްގެ ނަސޭހަތެއް!
15 މާރިޗު 2017

އައިޖީއެމްއެޗުން މާބަނޑު އަންހެނުންނަށް އިންފްލުއެންޒާ ވެކްސިން ދޭން ފަށައިފި

15 މާރިޗު 2017
އައިޖީއެމްއެޗުން މާބަނޑު އަންހެނުންނަށް އިންފްލުއެންޒާ ވެކްސިން ދޭން ފަށައިފި
15 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރޭ: އައިޖީއެމްއެޗް

15 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރޭ: އައިޖީއެމްއެޗް
14 މާރިޗު 2017

ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި

14 މާރިޗު 2017
ފީއަލީ ކައިރީގައި ފިލްމް މަންޒަރެއް ނެގޭނީ ހުއްދަ ނަގައިގެން ކަމަށް ކަނޑައަޅައިފި
14 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ

14 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ
14 މާރިޗު 2017

އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ

14 މާރިޗު 2017
އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ
02 މާރިޗު 2017

ފޮޓޯ ނަގައިގެން ހައްޔަރު ކުރި ޓޫރިސްޓް އިމިގްރޭޝަނާ ހަވާލު ކޮށްފި

02 މާރިޗު 2017
ފޮޓޯ ނަގައިގެން ހައްޔަރު ކުރި ޓޫރިސްޓް އިމިގްރޭޝަނާ ހަވާލު ކޮށްފި
26 ފެބުރުއަރީ 2017

ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

26 ފެބުރުއަރީ 2017
ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ
20 ފެބުރުއަރީ 2017

ސައުދީ އެމްބަސީން ދިވެހި ނޫސްވެރިން "ގަންނަން" އުޅުމަކީ ދަށުދަރަޖައިގެ އަމަލެއް: ރައީސް ނަޝީދު

20 ފެބުރުއަރީ 2017
ސައުދީ އެމްބަސީން ދިވެހި ނޫސްވެރިން "ގަންނަން" އުޅުމަކީ ދަށުދަރަޖައިގެ އަމަލެއް: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު