Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ ޓެސްޓު ކެޕޭސިޓީ

ކޮވިޑް-19: ދުވާލެއްގެ މައްޗަށް ހެދެނީ 350 ޓެސްޓު!

ކޮވިޑް-19 އަށް ދެ ބާވަތެއްގެ ޓެސްޓެއް ހަދާ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 24 އެޕްރީލު 2020 | ހުކުރު 18:54
ކޮވޮޑް-19 އަށް ޓެސްޓު ކުރުމުގެ މަރުހަލާގެ ތެރެއިން

ކޮވޮޑް-19 އަށް ޓެސްޓު ކުރުމުގެ މަރުހަލާގެ ތެރެއިން

ރާއްޖެއިން ކޮވިޑް-19 އަށް ދުވާލެއްގެ މައްޗަށް ހެދެނީ 350 ޓެސްޓުކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ހުކުރު ދުވަހުގެރޭ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ދެތަނަކުން މިހާރު ޓެސްޓު ހެއްދޭނެ ކަމަށެވެ.

Advertisement - newsAdvertisement

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން (އައިޖީއެމްއެޗް) ގައި ބޭނުންކުރަމުން އަންނަ މެޝިނުން 250 އާއި 350 އާއި ދެމެދުގެ އަދަދަކަށް ޓެސްޓު ހެއްދޭކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ އޭގެއިތުރުން ފުލުހުންގެ ފޮރެންސިކް ސަރވިސްގައި ހުންނަ މެޝިނުން މިހާރު ސާމްޕަލްތައް ޓެސްޓްކުރަން ފަށާފައިވާކަމަށެވެ.

މަބްރޫކް ވިދާޅުވީ ފުރަތަމަ ފުލުހުންގެ ފޮރެންސިކްގްގައި ހުރި މެޝިނުން ހެއްދުމަށް ގަސްދުކޮށްފައިވަނީ ދުވާލެއްގެ މައްޗަށް 50 ޓެސްޓު ކަމަށެވެ. އެގޮތުން ހުކުރު ދުވަހުގެރޭ އެ މެޝިނުން ޓެސްޓުކުރުމުގެ މަސައްކަތް ފަށާއިރު އެމެޝިނުގައި ހެއްދޭ ޓެސްޓުގެ އަދަދު އިތުރު ކުރެވޭނީ ރަނގަޅަށް ސްޓްރީމްލައިންވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

މި މަސް ނިމުމުގެ ކުރިން އައިޖީއެމްއެޗްއަށް އިތުރު މެޝިނެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ ހުކުރު ދުވަހުން ފެށިގެން ދުވާލެއްގެ މައްޗަށް 350 ޓެސްޓު ހެއްދޭނެ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް އައިޖީއެމްއެޗްގައި ހުންނަ ނެޝަނަލް ރެފަރެންސް ލެބޯރަޓަރީގައި ޓެސްޓުކުރާއިރު ކޮވިޑް-19 އަށް ދެ ބާވަތެއްގެ ޓެސްޓެއް ކުރެވޭއެވެ. އެއީ ސްކްރީން ޓެސްޓުގެ އިތުރުން ޖެނެޓިކް ޓެސްޓެވެ. ސްކްރީނިންގ ޓެސްޓަކީ ވަރަށް އަވަހަށް ނަތީޖާ ލިބޭ ޓެސްޓެކެވެ. އެ ޓެސްޓުން ބަލަނީ ކޮވިޑް-19 ހުރިތޯ ނުވަތަ ނޫންތޯ އެވެ. ސްކްރީނިންގ ޓެސްޓަކީ އެންމެ އިތުބާރު އޮންނަ އެއް ޓެސްޓެވެ.

ދެވަނަ އަށް ކުރާ ޖެނެޓިކް ޓެސްޓު ކުރެވިގެންދަނީ ވައިރަސްގެ އާރްއެންއޭ ނުވަތަ ޑީއެންއޭ ހުރިތޯ ބަލާށެވެ. އާއްމު ގޮތެއްގައި މިޓެސްޓުގެ ނަތީޖާ ލިބެން ހަ ގަޑިއިރާއި އަށްގަޑިއިރާ ދެމެދުގެ ވަގުތެއް ނަގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު

ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު