Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ލޮކްޑައުންގެ ނަތީޖާ ފެންނަން ދެ ހަފްތާ ނަގާނެ

ލޮކްޑައުންގެ ނަތީޖާ އެނގޭވަރުވާނީ އަދި ދެ ހަފްތާ ފަހުން: ޑރ. ނަޒްލާ

މިހާރު މިފެންނަނީ މިގެ ހަފްތާއެއް ނުވަތަ ދެ ހަފަތާގެ ކުރިން ބަލި ޖެހިފައިވާ މީހުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 24 އެޕްރީލު 2020 | ހުކުރު 07:20
ޑރ. ނަޒްލާ ރަފީގު

ޑރ. ނަޒްލާ ރަފީގު

ކޮވިޑް-19 މާލެ ސަރަހައްދުގައި ފެތުރެމުންދިއުމާ ގުޅިގެން މާލެ ސަރަހައްދުގައި މިހާރު އިއުލާންކޮށްފައިވާ ލޮކްޑައުންގެ ނަތީޖާ ފެންނަން އަދި ދެ ހަފްތާ ވަރު ނަގާނެ ކަމަށް އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑޮކްޓަރު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކާ ގުޅިގެން ޑރ. ނަޒްލާ ވިދާޅުވީ، މިހާރު ފެންނަމުންދާ ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތަކަކީ މީގެ އެއް ހަފްތާ ނުވަތަ ދެ ހަފްތާ ކުރިން ބަލި ޖެހިފައި ތިބި މީހުން ކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން މާލެ ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ މީހާ ފެނުމާއެކު މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން، މީހުންނަށް ބަލި ޖެހުން މަދުވިކަން ނުވަތަ މިކަމުގެ ނަތީޖާ ފެންނަން އަދި ދެ ހަފްތާ ނަގާނެ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ، މިހާރު އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް އަމަލު ނުކުރެވޭނަމަ، ދެ ހަފްތާ ފަހުން ވެސް މިހާރަށް ވުރެ ޕޮޒިޓިވް ކޭސްތައް އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ނަޒްލާ ވިދާޅުވީ، ކޮވިޑް-19 ބަލި ޖެހޭ މީހުން މަދުކުރުމާއި ހުއްޓުވުމަށް ކުރެވޭ ހަމަ އެކަނި ކަމަކަށް އޮތީ، ބަލި ޖެހިފައިވާ މީހާ ވީހާވެސް އަވަހަކަށް ދެނެގަނެވުން ކަމަށެވެ. އަދި ކޮވިޑް-19 ބަލީ އަލާމާތެއް ހުރި މީހަކު، ރިޕޯޓް ނުކޮށް ހުރިނަމަ، އެކަން އެނގޭ ފަރާތަކުން އަވަހަށް އެޗްޕީއޭގެ 1676 ނަމްބަރަށް ރިޕޯޓް ކުރުން ވަރަށް މުހިއްމު ކަމަށް ވެސް ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑް-19 އިން ރައްކާތެރިވެވޭނެ ހަމައެކަނި ގޮތަކީ އިޖުތިމާއީ ގައިދުރުކަން ބަހެއްޓުމާއެކު، ސާފުތާހިރުކަމާއި ރައްކާތެރިކަމާއެެކު ބޭނުންކުރާ ތަކެތި ގެންގުޅުން ކަމަށެވެ. އަދި ގިނަގިނައިން އަތް ދޮވުމާއެކު، ވައިރަސް އަރާ، ގުނަވަންތައް ކަމަށްވާ އަނގައާއި ނޭފަތް އަދި ލޯ ފަދަ ތަންތަނުގައި އަތްލުން ވީހާވެސް މަދުކުރުން ކަމަށް ނަލްޒާ ވިދާޅުވި އެވެ.

މީގެއިތުރުން، ކޮވިޑް-19ގެ އަލާމާތެއް، ނުވަތަ އެއްވެސް ރޯގާއެއްގެ އަލާމާތެއް ހުރިނަމަ، އެކަހެރިވެގެން ގޭގައި މަޑުކުރުން މުހިއްމު ކަމަށާއި، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތެއް ހުރިނަމަ، އެޗްޕީއަށް ގުޅައިގެން މައުލޫމާތު ހިއްސާ ކުރައްވަމުން ގެންދެވުމަށް ވެސް ޑރ. ނަޒްލާ އިލްތިމާސްކުރެއްވި އެވެ. މިކަންކަން ކޮށްގެން ނޫންގޮތަކަށް ކޮވިޑް-19 ކޮންޓްރޯލް ނުކުރެވޭނެ ކަމަށާއި އަދި މިހާތަނަށް މިބައްޔަށް ވެކްސިނެއް، ބޭހެއްވެސް އުފެއްދިފައިނުވާތީ، ބަލި ކޮށްޓްރޯލް ކުރުމަށް މިވަގުތު ކުރެވޭނެ ކަންކަމަކީ އެއީ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖެއިން 110 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، ބުރާސްފަތި ދުވަހު އެކަނިވެސް 23 ޕޮޒިޓިވް ކޭސް ފެނިފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ

ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ

21 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
އެނާރޖީ އެފިޝަންސީ އާޓް ކޮމްޕެޓިޝަން 2016ގެ ނަތީޖާ ފާޅުކޮށްފި

އެނާރޖީ އެފިޝަންސީ އާޓް ކޮމްޕެޓިޝަން 2016ގެ ނަތީޖާ ފާޅުކޮށްފި

27 ފެބުރުއަރީ 2017
އިންތިހާބުތައް ކާމިޔާބުވަނީ ނަތީޖާ ނެރެވޭ އުސޫލުތައް ބޭނުން ކުރާތީ: ހަސަން ލަތީފު

އިންތިހާބުތައް ކާމިޔާބުވަނީ ނަތީޖާ ނެރެވޭ އުސޫލުތައް ބޭނުން ކުރާތީ: ހަސަން ލަތީފު

24 ފެބުރުއަރީ 2017
ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު