Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުގޭގައި ހުންނަން ޖެހުމުން ފޫހިވުން

ކަރަންޓީނުގައި ތިބުން ފަސޭހަ ކޮށްދިނުމަަށް ނެޓްފްލިކްސް އާއި އިތުރު 4 ސްޓްރީމިންގެ ސަރވިސްއެއްގެ ފީ ކަނޑާލުމަށް ގޮވާލާ ޕެޓިޝަނެއް!

މި ޕެޓިޝަން ހުޅުވާފައިވަނީ ޗޭންޖް.އޯގްގައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 22 އެޕްރީލު 2020 | ބުދަ 23:35
ނެޓްފްލިކްސް ލޯގޯ

ނެޓްފްލިކްސް ލޯގޯ

ދުނިޔޭގެ ބޮޑެތި ސްޓްރީމިންގ ސަރވިސްތަކުން 60 ދުވަހަށް ފީއަކާ ނުލާ ބެލޭގޮތް ހެދުމަށް ގޮވާލާ ޕެޓިޝަނެއް ފަށައިފައެވެ.

ފީއަކާ ނުލާ ޝޯވތައް ބެލޭނެ ގޮތް ހެދުމަށް ނެޓްފްލިކްސް، ޔޫޓިއުބް، ހޫލޫ، އެޗްބީއޯ އަދި އެމަޒަން ޕްރައިމް އަށް ގޮވާލާ ޗޭންޖް.އޯގް ގައި ފަށާފައިވާ މިޕެޓިޝަންގައި މިހާރުވެސް 52,000 އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ.

މި ޕެޓިޝަންގައި ބުނެފައިވަނީ، ކޮވިޑް-19 ފެތުރުން ހުއްޓުވެން އޮތް ހަމަ އެކަނި ގޮތަކީ އިޖްތިމާއީ ގައިދުރުކަމާއި ކަރަންޓީނުވުންކަމަށްވާއިރު، މިހާރު ދުނިޔޭގެ އެތައް މިލިއަން ބައެއް ތިބީ މި ހާލުގައިކަމަށެވެ. އަދި މިއީ ކުރުން މުހިއްމު ކަމަކަށްވާއިރު، ގޭގައި ތިބެގެން ފޫހިވެ، އެކަނި ވުމަކީ އެކަށީގެންވާކަމެއް ކަމަށެވެ. މި ފޫހިކަން ފިލުވުމަށް ގިނަ ފަރާތެއް ދަނީ މި ސްޓްރީމިންގ ސަރވިސްތައް ބޭނުން ކުރަމުންކަމަށް ޕެޓިޝަންގައި ފާހަގަކުރެއެވެ.

ނަމަވެސް، މެމްބަރޝިޕް ފީ ދެއްކުމަކީ އެންމެންނަށް ކުރެވޭނެ ކަމެއް ނޫންކަމަށާއި ހާއްސަކޮށް ގިނަ ބައެއްގެ ވަޒީފާ ގެއްލި ނޫނީ މުސާރަ ކުޑަވެފައިވުމުގެ ސަބަބުން މިހާރު އެއީ އިތުރަށް އުނދަގޫކަމެއްކަން ވެސް ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، ޗޭންޖް.އޯގްގެ ޕެޓިޝަން ގޮވާލަނީ 60 ދުވަހުގެ މުއްދަތަކަށް މި ސަރވިސްތަކުގެ ފީ ކަނޑާލުމަށެވެ. އަދި މީގެ ސަބަބުން ގޭގައި މަޑުކުރުން ފަސޭހަވެ، ކުރާނެކަމެއް ގިނަ ފަރާތްތަކަށް ލިބިގެންދާނެކަމަށް ބުނެފައިވެއެވެ.

މި އަހަރުގެ ފުރަތަމަ ތިން މަހު އެކަނި 16 މިލިއަން އާ މެމްބަރުން ރެޖިސްޓަރ ވެފައިވާކަން ނެޓްފްލިކްސް އިން ބުނެފައިވާއިރު، އެ ކުންފުނީގެ ވެލިއު މިހާރު 190 ބިލިއަން ޑޮލަރަށްވުރެ މައްޗަށް ވަނީ އަރާފައެވެ.

އިތުރަށް ކިޔާލަން

04 ސެޕްޓެމްބަރު 2020

ހެރީ އާއި މޭގަންގެ ކުންޕުންޏެއް ނެޓްފްލިކްސްއަށް

04 ސެޕްޓެމްބަރު 2020
ހެރީ އާއި މޭގަންގެ ކުންޕުންޏެއް ނެޓްފްލިކްސްއަށް
02 އޯގަސްޓު 2020

އަމީތާބް ކޮވިޑުން ފަސޭހަވެ، ހޮސްޕިޓަލުން ދޫކޮށްލައިފި

02 އޯގަސްޓު 2020
އަމީތާބް ކޮވިޑުން ފަސޭހަވެ، ހޮސްޕިޓަލުން ދޫކޮށްލައިފި
20 މެއި 2020

ޖޫން 5 ވަނަ ދުވަހު، އަނޫރާގް ގެ "ޗޯކްޑް" ނެޓްފްލިކްސް އިން ފެންނާނެ

20 މެއި 2020
ޖޫން 5 ވަނަ ދުވަހު، އަނޫރާގް ގެ "ޗޯކްޑް" ނެޓްފްލިކްސް އިން ފެންނާނެ
14 މެއި 2020

ޖާންވީގެ "ދަ ކާރްގިލް ގާލް" ނެޓްފްލިކްސް އަށް

14 މެއި 2020
ޖާންވީގެ "ދަ ކާރްގިލް ގާލް" ނެޓްފްލިކްސް އަށް
13 އެޕްރީލު 2020

ކާޑޭޝިއަން އާއިލާގެ ރިއާލިޓީ ޝޯވގެ ފިނާލޭ ޝޫޓް ކުރަނީ ކަރަންޓީނުގައި ތިބެގެން، އަމިއްލައަށް

13 އެޕްރީލު 2020
ކާޑޭޝިއަން އާއިލާގެ ރިއާލިޓީ ޝޯވގެ ފިނާލޭ ޝޫޓް ކުރަނީ ކަރަންޓީނުގައި ތިބެގެން، އަމިއްލައަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު