Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
"ހައުސް އޮފް ކާޑްސް"

ނެޓްފްލިކްސްއިން "ހައުސް އޮފް ކާޑްސް" ދެއްކުން މެދުކަނޑާލައިފި

މި ސީރީޒްގެ ފުރަތަމަ ސީޒަން ފަށާފައިވަނީ 2013 ގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 1 ނޮވެމްބަރު 2017 | ބުދަ 10:17
"ހައުސް އޮފް ކާޑްސް"ގެ ތަރި ކެވިން ސްޕޭސީ

"ހައުސް އޮފް ކާޑްސް"ގެ ތަރި ކެވިން ސްޕޭސީ

"ހައުސް އޮފް ކާޑްސް" ދެއްކުން ނެޓްފްލިކްސް އިން މެދުކަނޑާލައިފި އެވެ.

މި ސީރީޒްގެ ފަސްވަނަ އެޕިސޯޑް މިހާރު ވަނީ މިއަހަރު ދައްކަން ނިންމާފައެވެ. އަދި 6 ވަނަ ސީޒަންގެ ޝޫޓިން މިހާރު ވަނީ ފަށާފައެވެ.

ނެޓްފްލިކްސް އިން ސަސްޕެންޑް ކޮށްފައި ވަނީ "ހައުސް އޮފް ކާޑްސް" ގެ 6 ވަނަ ސީޒަނެވެ. ނެޓްފްލިކްސް އިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިހާރުގެ ހާލަތު ބެލުމަށް ފަހު "ހައުސް އޮފް ކާޑްސް"ގެ ޓީމަށް ވަކި އެއްޗެއް އަންގަންދެން އެ ސީރީޒް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި އެމައްސަލަ ރިވިއު ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ. "ހައުސް އޮފް ކާޑްސް" ގެ ފްރޭންކީ އަންޑަވުޑްގެ ކެރެކްޓާ އިން ފެނިގެންދާ ކެވިން ސްޕޭސީ އަށް ވަނީ 1986 ވަނަ އަހަރުގައި 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތު އުފުލާފައެވެ.

އެމައްސަލަ ނެޓްފްލިކްސް އިން މިހާރު ބަލަމުންދާ ކަމަށް ބުނެ އެ ސީރީސް ސަސްޕެންޑް ކޮށްފައިވާއިރު ސަސްޕެންޝަން އުވާލާނެ ދުވަހެއް އަދި ހާމައެއް ނުކުރެއެވެ. ސްޕޭސީ އަށް ކޮށްފައިވާ ކުޑަކުއްޖަކާ ބެހުމުގެ ދައުވާ އުފުލުމާ އެކުހެން މީގެ ކުރިން ނެޓްފްލިކްސް އިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ސްޕޭސީ އަށް ކޮށްފައިވާ ދައުވާއަށް ކަންބޮޑުވާ ކަމަށެވެ.

ސްޕޭސީގެ މައްޗަށް ދައުވާ އުފުލާފައި ވަނީ "ސްޓާ ޓްރެކް"ގެ ތަރިއެއް ކަމަށްވާ އެންތަނީ ރެޕް އާއި އޭނާގެ އުމުރުން 14 އަހަރުގައި ބެހެން އުޅުނު ކަމަށް ބުނެ ކޮށްފައިވާ ދައުވާއެވެ. "ހައުސް އޮފް ކާޑްސް" އިން ވަނީ މިހަފްތާ ތެރޭގައި އެ ސީރީޒް ހަ ވަނަ ސީޒަނުން ނިންމާލާނެ ކަމަށް ބުނެފައެވެ.

ސްޕޭސީއަށް ކޮށްފައިވާ ދައުވާގައި އޭނާ ބުނެފައި ވަނީ އެފަދަ ކަމެއް ހިނގި ކަމެއް އޭނާ މިހާރު ހަނދާނެއް ނެތް ކަމަށާއި އެފަދަ ކަމެއް ހިނގާފައިވާ ނަމަ އެންތަނީގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.

އެމެރިކާގެ ކޮންގްރެސް މެމްބަރެއްގެ ދިރިއުޅުން ދައްކުވައިދޭ އަދި ސިޔާސީ މައިދާނެއްގައި ހިނގާ އެތައް ކަމެއް ދައްކުވައިދޭ "ހައުސް އޮފް ކާޑްސް" އަށް ވަނީ އެމީ އެވޯޑްސް އަދި ގޯލްޑަން ގްލޯބްސް ލިބިފައެވެ. މިއީ ވާހަކަ ލިޔުންތެރިޔާ މައިކަލް ޑޮބްސްގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ސީރީޒްއެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެޗް1 އެން1 އާއި ގުޅިގެން މަލިކާ ދެއްކުން މެދުކަނޑާލަނީ

އެޗް1 އެން1 އާއި ގުޅިގެން މަލިކާ ދެއްކުން މެދުކަނޑާލަނީ

18 މާރިޗު 2017
"ތަގްސް އޮފް ހިންދުސްތާން" ގައި ފާތިމާ ފެނިގެނެއް ނުދޭ

"ތަގްސް އޮފް ހިންދުސްތާން" ގައި ފާތިމާ ފެނިގެނެއް ނުދޭ

15 މާރިޗު 2017
ގޭމް އޮފް ތްރޯންސް: ކުރިޔަށް އޮތް ސީޒަންގައި އެޑް ޝީރާން ފެންނާނެ

ގޭމް އޮފް ތްރޯންސް: ކުރިޔަށް އޮތް ސީޒަންގައި އެޑް ޝީރާން ފެންނާނެ

13 މާރިޗު 2017
މިނިސްޓްރީ އޮފް ސެކްސް ސްޕެއިން ސަރުކާރުން އުފައްދާ މިނިސްޓަރަކު އައްޔަން ކޮށްފި

މިނިސްޓްރީ އޮފް ސެކްސް ސްޕެއިން ސަރުކާރުން އުފައްދާ މިނިސްޓަރަކު އައްޔަން ކޮށްފި

01 މާރިޗު 2017
މާދަމާ "ރިންގް އޮފް ފަޔާ" އިރުކޭތަ ހިފާނެ:ނާސާ

މާދަމާ "ރިންގް އޮފް ފަޔާ" އިރުކޭތަ ހިފާނެ:ނާސާ

25 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު