Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކޮވިޑް-19

ކާޑޭޝިއަން އާއިލާގެ ރިއާލިޓީ ޝޯވގެ ފިނާލޭ ޝޫޓް ކުރަނީ ކަރަންޓީނުގައި ތިބެގެން، އަމިއްލައަށް

'ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަންސް'ގެ ސީޒަންގެ 18 ވަނަ ސީޒަން މިހާރު ކުރިއަށް ދަނީ

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 13 އެޕްރީލު 2020 | ހޯމަ 10:20
ކިމް ކާޑޭޝިއަން ވެސްޓް ގޭގައި އަމިއްލައަށް ކަރަންޓީނުގައި ހުރެ \'ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަންސް\'ގެ އިންޓަވިއު ބައި ޝޫޓް ކުރަން ތައްޔާރުވަނީ

ކިމް ކާޑޭޝިއަން ވެސްޓް ގޭގައި އަމިއްލައަށް ކަރަންޓީނުގައި ހުރެ \'ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަންސް\'ގެ އިންޓަވިއު ބައި ޝޫޓް ކުރަން ތައްޔާރުވަނީ

އެމެރިކާގެ މަޝްހޫރު ރިއާލިޓީ ޝޯވ، 'ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަންސް'ގެ ސީޒަން 18 މިހާރު ކުރިއަށްދާއިރު، ސީޒަންގެ ފަހު އެޕިސޯޑް ޝޫޓް ކުރާނީ ކަރަންޓީނުގައި ތިބެގެން އަމިއްލައަށް ކަން ހާމަކޮށްފިއެވެ.

މަޝްހޫރު ކާޑޭޝިއަން އަދި ޖެނަރ ޢާއިލާގެ މެންބަރުންގެ ޙަޔާތް ދައްކުވައިދޭ މި ޝޯވ އަކީ ރިއާލިޓީ ޝޯވ ބަލާ ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ޝޯވއެކެވެ.

'ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަންސް'ގެ 18 ވަނަ ސީޒަންގެ ފަހު އެޕިސޯޑް ކަރަންޓީނުގައި ޝޫޓް ކުރަން ނިންމާފައިވާކަން ކިމް ކާޑޭޝިއަން ވެސްޓް ހާމަކޮށްފައިވާއިރު، އޭނާ ވަނީ މި މަސައްކަތް ކުރިއަށްދާ ގޮތުގެ ވީޑިއޯތަކެއް އޭނާގެ އިންސްޓަގްރާމް ސްޓޯރީއަށް ޝެއާކޮށްފައެވެ.

ކިމް އާއި ޢާއިލާ މެންބަރުން ކަރަންޓީނުވެގެން ތިބީ ވަކިންކަމަށް އެ މީހެއްގެ ގޭގައިކަމަށް ކިމް ބުންޏެވެ.

'ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަންސް' ގެ ކޮންމެ މެންބަރެއްގެ "ކޮންފެޝަނަލް" ނުވަތަ އިންޓަވިއު ފެންނައިރު، ކިމް ގެ ގޭގައި މިބައި ޝޫޓް ކުރަން ހަމަޖައްސާފައިވާ ކޮޓަރި އާއި ސެޓްއަޕް އޭނާ ވަނީ ފޭނުންނަށް ދައްކާފަ އެވެ. އަދި ޝޫޓިންގ ކުރިއަށްދާއިރު، އެ ޝޯގެ ޕްރޮޑިއުސަރުންނާ ކްރޫ ވީޑިއޯ ކޯލް ގެ ޒަރިއްޔާއިން އެހީވެއެވެ.

ކިމް، ކްލޯއީ، ކެންޑަލް އަދި ކައިލީ އަދި އެމީހުންގެ މަންމަ ކްރިސް ވެސް ކަރަންޓީނުގައި ޝޫޓް ކުރަން ހަމަޖެހިފައިވާއިރު، ކޯޓްނީ ވަނީ ޝޯވއާ ދުވަސްކޮޅަކަށް ދުރަށް ޖެހުމަށް ނިންމާލާފަ އެވެ.

ކޯޓްނީ މިފަދައިން މިދިޔަ ހަފުތާގައި ޓްވީޓްކޮށްފައިވާއިރު، އޭނާ ޓްވީޓް ކުރީ އޭނާއާ ކޮއްކޮ ކިމްއާ ދެމެދު ކުރިއަށްދިޔަ ދެބަސްވުމަށް ފެންނަ އެޕިސޯޑަށް ފަހުއެވެ. ކިހާދުވަހަކަށް ކަމައް ބުނެފައެއް ނުވެއެވެ.

މުޅި ދުނިޔޭ ގައި ވައިރަސް ޖެހުނު މީހުންގެ ޢަދަދު 1.8 މިލިއަނަށް އަރާފައިވާއިރު، އެމެރިކާއިން އެކަނިވެސް 560،000 އަށް ވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވެއެވެ. އަދި މިވައިރަސް ޖެހިގެން އެ ޤައުމުގައި 21،900އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ބަލިން ރަނގަޅުވެފައިވަނީ 32،728 އެއްހާ މީހުންނެވެ.

ވައިރަސް ފެތުރެން ފެށުމާއެކު ކިމްއާއި ޢާއިލާ މެންބަރުން އަމިއްލައަށް ކަރަންޓީނުވާން ނިންމާފައިވާއިރު، އެމީހުން ދަނީ ސޯޝަލް މީޑިއާ ބޭނުންކޮށް ސޯޝަލް ޑިސްޓެންސިން ޕްރެކްޓިސް ކުރުމަށް ސަޕޯޓަރުންނަށް ބާރު އަޅަމުންނެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2018

ކިމް ކާޑޭޝިއަން އަށް ތިންވަނަ ދަރިފުޅު ލިބިއްޖެ

17 ޖެނުއަރީ 2018
ކިމް ކާޑޭޝިއަން އަށް ތިންވަނަ ދަރިފުޅު ލިބިއްޖެ
04 ޖެނުއަރީ 2018

ކްލޯއީ ކާޑޭޝިއަންގެ ބަނޑަށް 6 މަސް، ހުރީ ވަރަށް އުފަލުން

04 ޖެނުއަރީ 2018
ކްލޯއީ ކާޑޭޝިއަންގެ ބަނޑަށް 6 މަސް، ހުރީ ވަރަށް އުފަލުން
04 ޖެނުއަރީ 2018

ކިމް ކާޑޭޝިއަން ދެން އަގުބޮޑު ގަހަނާތަކެއް ގޭގައި ނުބަހައްޓާނެ

04 ޖެނުއަރީ 2018
ކިމް ކާޑޭޝިއަން ދެން އަގުބޮޑު ގަހަނާތަކެއް ގޭގައި ނުބަހައްޓާނެ
03 ޖެނުއަރީ 2018

ދަރިފުޅު ބަލިވެ، ކިމް ކާޑޭޝިއަން 2017 ނިންމާލީ ހޮސްޕިޓަލުގައި

03 ޖެނުއަރީ 2018
ދަރިފުޅު ބަލިވެ، ކިމް ކާޑޭޝިއަން 2017 ނިންމާލީ ހޮސްޕިޓަލުގައި
21 ޑިސެމްބަރު 2017

ކްލޯއީ ކާޑޭޝިއަން ބަލިވެއިންކަން އޭނާ އަމިއްލައަށް ހާމަކޮށްފި

21 ޑިސެމްބަރު 2017
ކްލޯއީ ކާޑޭޝިއަން ބަލިވެއިންކަން އޭނާ އަމިއްލައަށް ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު