Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލޭގައި މަދިރިއާލާވުން

މަދިރި އާލާވިޔަ ނުދިނުމަށް މާލޭގައި މަދިރި ދުން ޖަހަނީ

ވިއްސާރައިގެ ހާލަތެއް އައިސްފިނަމަ ކަންކަން ކުރަންޖެހޭ އިންތިޒާމުތަކާ އެއްގޮތަށް މާލެ ސިޓީ ކައުންސިލުން މިހާރު މަސައްކަތްތަކެއް ކުރަންވަނީ ފަށާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 21 އެޕްރީލު 2020 | އަންގާރަ 18:21
މާލެ ސިޓީ

މާލެ ސިޓީ

މިދުވަސްވަރަކީ ވިއްސާރަ ދުވަސްވަރެއް ކަމުން މާލޭގައި މަދިރި އާލާވިޔަ ނުދިނުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ބުދަ ދުވަހު މަސައްކަތްތަކެއް ފަށާނެކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް މާލެ ސިޓީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހާ ހަމައަށް ލޮކްޑައުންކޮށްފައިވާއިރު މިދުވަސްވަރަކީ މާލެ ހިމެނޭ ސަރަހައްދަށް މޫސުން ގޯސް ދުވަސްވަރަކަށްވާއިރު އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ ފަދަ ބަލިތައް އިތުރުވެދާނެކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

ކޮވިޑް-19 ޓާސްކް ފޯހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގައި ވިއްސާރައިގެ ހާލަތެއް އައިސްފިނަމަ ކަންކަން ކުރަންޖެހޭ އިންތިޒާމުތަކާ އެއްގޮތަށް މާލެ ސިޓީ ކައުންސިލުން މިހާރު މަސައްކަތްތަކެއް ކުރަންފަށާފައިވާ ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން މާލޭގައި މަދިރި އާލާވެ ގިނަވެދާނެކަމަށް ބަލާ ބުދަ ދުވަހު މަސައްކަތްތަކެއް ފަށާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެއިތުރުން ވިއްސާރަ ދުވަސްވަރު މާލޭގެ މަގުތަކުގައި ފެން ހެދޭނެކަމަށް ބަލައި އެކަން އެގޮތަށް ނުވާނެ ގޮތަށް ހެދުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންދާކަމަށް މަބްރޫކް ވިދާޅުވި އެވެ. އެގޮތުން އިތުރު އުޅަނދު ނެރެގެން ފެން ޕަމްޕްކުރުމުގެ މަސައްކަތް ކުރުމަށް އެމްޑަބްލިއުއެސްސީއާ ގުޅިގެން މަސައްކަތްކުރަން ސިޓީ ކައުންސިލުން މަޝްވަރާކުރަމުން ދާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19 ޓާސްކް ފޯހުން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ޑޮކްޓަރު ޑރ. މޫސާ ހުސައިން ވިދާޅުވީ މި ދުވަސްވަރު އިންފްލުއެންޒާ އަދި އަރިދަފުސް ރޯގާ ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެ ބަލިތަކުގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކެއްސުމާއި ރޯގާޖެހި މޭގައި އަރިދަފުސް ހިފުމާއި އަދި ނޭވާ ކުރުވުމާއި ނޭވާލާން އުނދަގޫވުން ފަދަ ކަންކަމަކީ ކޮވިޑް-19ގެ ވެސް އަލާމާތްތައް ކަމަށްވާއިރު އެފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް އެޗްޕީއޭއަށް ރިޕޯޓުކުރަން ޑޮކްޓަރު ވަނީ އެދިވަޑައިގަންފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

05 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު