Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިފައިންގެ އަހަރީ ދުވަސް

މިދަނޑިވަޅު ސިފައިންގެ ޚިދުމަތްތައް ރަން އަކުރުން ފަވާލަން: މިނިސްޓަރ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސިފައިން ކުރާ މަސައްކަތް ފާހަގަކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 އެޕްރީލު 2020 | އަންގާރަ 06:59
ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ޚާއްސަ މެސެޖެއް ދެއްވަނީ

ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ޚާއްސަ މެސެޖެއް ދެއްވަނީ

ސިފައިންގެ 128 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު، ސިފައިންގެ ޚިދުމަތްތައް ރަން އަކުރުން ފަވާލައްވާކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އަންގާރަ ދުވަހު މިނިސްޓަރ ދެއްވި ޚާއްސަ މެސެޖެއްގައި ވަނީ ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިހާއި، ސިފައިންގެ އެކި ރޭންކް ތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ އިތުރުން ރާއްޖޭގެ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސް ކުރައްވާފައެވެ.

ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރާ މި ދަނޑިވަޅަކީ ދުނިޔޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ ދަނޑިވަޅެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ހުރިހާ ސިފައިންވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އަދި ސިފައިންގެ މި ޚިދުމަތްތައް ރަން އަކުރުން ފަވާލައްވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ޤައުމަށް ދިމާވާ އެފަދަ ކޮންމެ ނުރައްކަލަކުން ރައްޔިތުން ސަލާމަތް ކުރުމުގައި އެންމެ އިސް ސަފުގައި ސިފައިން ހަރަކާތްތެރި ވަމުންދާކަން ރައްޔިތުންވެސް ބަލައިގަންނަ ކަމަށެވެ. އަދި ސިފައިންގެ މިއަހަރުގެ ޝިއާރުކަމަށްވާ "ސިފައިންގެ ހިތްވަރު، ޤައުމުގެ ސަލާމަތް" ބިނާކޮށްފައިވަނީވެސް ރައްޔިތުންގެ ޝުއޫރުތަކުގެ މައްޗަށްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގައި ސިފައިން ހަރަކާތްތެރިވަމުންދާކަން މިނިސްޓަރ ފާހަގަކުރައްވާފައިވާއިރު، ކޮވިޑް-19 އާ ގުޅިގެން ޤާއިމު ކުރެވޭ ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތަކުގެ އަމަލީ މަސައްކަތުގައި އިސް ސަފުގައި ސިފައިން ހަރަކާތްތެރިވަމުން ދެއެވެ. އޭގެ އިތުރުން، ކޮވިޑް-19 ގެ ބަލިމީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި، ލޮކްޑައުންއާ ގުޅިގެން އެއްތަނުން އަނެއްތަނަށް މުދާ ޑެލިވަރީ ކުރުމުގައިވެސް ސިފައިން ދަނީ މިދަނޑިވަޅުގައި ހަރަކާތްތެރިވަމުންނެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު