Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުސާފުނުކުރާ ތެޔޮ ފީފާގެ އަގު ވެއްޓުން

ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ސުމަކަށް!

21 އެޕްރީލު 2020 | އަންގާރަ 06:54

މިއީ ތެލުގެ އަގު ސްޕެކިއުލޭޓް ކުރަން ފެށި ފަހުން އަގު މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރު

އަމަން ހަލީމް
އަމަން ހަލީމް | 21 އެޕްރީލު 2020 | އަންގާރަ 06:54
ތެޔޮ ނަގާ އެކްސްޓްރެކްޓަރުތަކެއް

ތެޔޮ ނަގާ އެކްސްޓްރެކްޓަރުތަކެއް

ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ސުން ޑޮލަރަށް ވުރެ ދަށަށް ދިއުމާއި ގުޅިގެން، ކަސްޓަމަރުންނަށް ފައިސާ ދީގެން ސްޓޮކް ހުސްކުރަން އެމެރިކާގައި ތެޔޮ އުފައްދާ ފަރާތްތަކުން ފަށައިފި އެވެ.

މިއީ އެމެރިކާގެ ތެލުގެ ބާޒާރުގައި، ތެލުގެ އަގު ސުމަކަށް ދިޔަ ފުރަތަމަ ފަހަރެވެ. އަދި އަގު ދަށްވާން މެދުވެރިވީ ސަބަބުތަކުގެ ތެރޭގައި ތެލުގެ ވިޔަފާރި ކުރާ ފަރާތަކުން ސްޓޮކް ބަހައްޓާނެ ތަނެއް ނެތުމާއި ގުޅިގެން، ސްޓޮކް ހުސްކުރަން ހެޔޮ އަގުގައި ވިއްކަން ފެށުން ހިމެނެ އެވެ.

ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސާފު ނުކުރާ ތެޔޮ ގެންގުޅޭ ބައެއް ވިޔަފާރިތަކުން އަންނަނީ ކަސްޓަމަރުންނަށް ފައިސާ ދީގެން ސްޓޮކް ހުސްކުރުމުގެ މަސައްކަތް ކުރަމުންނެވެ. ކޮވިޑް-19 އާ ގުޅިގެން ހަކަތައަށް އޮތް ޑިމާންޑު ކުޑަވުމާއި ގުޅިގެން، ގިނަ ސަޕްލަޔަރުންގެ ތެޔޮ ރައްކާ ކުރާ ފެސިލިޓީތައް ހުރީ ފުރެން ކައިރިވެފަ އެވެ.

އެމެރިކާގައި ތެލުގެ ވިޔަފާރި ކުރަނީ "ފިއުޗަރސް" އެއްބަސްވުމެއްގެ ދަށުންނެވެ. މާނައަކީ އެއްބަސްވުމުގައިވާ މުއްދަތު ހަމަވުމުގެ ކުރިން ރިފައިނަރީ ތަކަށާއި އެހެނިހެން ތެލުގެ ވިޔަފާރިކުރާ ފަރާތްތަކާ ހަމައަށް ޑެލިވަރީ ކަށަވަރު ކުރުމަކީ ތެޔޮ ގަނެފައިވާ ފަރާތްތަކުގެ ޒިންމާއެކެވެ.

އެގޮތުުން މޭ މަހުގެ ކޮންޓްރެކްޓްތައް އަންގާރަ ދުވަހަށް ހަމަވާއިރު، ތެލުގެ އިތުރު ސްޓޮކެއް ނެގުމުގެ ކުރިން މިހާރު ހުރި ސްޓޮކް ހުސްކުރުމަށް ތެޔޮ ރައްކާކުރައްވާފައިވާ ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ސާފުނުކުރާ ފީފާތައް ނަގަން ބޭނުންވާ ފަރާތްތަކަށް ފައިސާ ދީގެން ވިޔަސް އެކަން ކުރުމުގެ މަސައްކަތް އެ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

މިހެންވީ ކަމުގައިވީ ނަމަވެސް، އާންމު ރައްޔިތުންނަށް ވިއްކާ ތެލުގެ އަގަށް މާ ބޮޑެތި ބަދަލުތަކެއް ނާންނާނެ އެވެ. ނަމަވެސް، ކޮންމެވެސް ވަރަކަށް އާންމު ރައްޔިތުންނަށް ވިއްކާ ސާފުކޮށްފައިވާ ބައެއް ބާވަތްތަކުގެ ތެލަށް ބަދަލުތަކެއް އަންނާނެ އެވެ.

ދުނިޔޭގެ ބާޒާރަށް ބަލާއިރު، ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ، 25 ޑޮލަރުގަ އެވެ. މި އަގުތައް ހިފެހެއްޓިފައިވަނީ އެމެރިކާގައި ތެޔޮ ރައްކާކުރާ ސްޓޯރޭޖްތަކުގެ ކެޕޭސިޓީއާ ހަމަވާން ކައިރިވެފައިވީ ނަމަވެސް، ބައެއް އެހެނިހެން ގައުމުތަކުން ތެޔޮ ގަންނަމުން ދިއުމާއި ގުޅިގެންނެވެ. އޭގެ ތެރޭގައި ޗައިނާ، އިންޑިއާ އަދި ދެކުނު ކޮރެއާ ފަދަ ގައުމުތައް ހިމެނެ އެވެ.

ނަމަވެސް، މި ގައުމުތަކުގެ ތެލުގެ ސްޓޯރޭޖްތައް ފުރިގެން ޑިމާންޑު އިތުރަށް ދަށްވުމުން ތެލުގެ އަގު މިހާރަށް ވުރެވެސް ދަށަށް ހިނގައިދާނެ ކަމަށް މާހިރުން ބުނެ އެވެ. އަދި ތެޔޮ އުފައްދާ ގައުމުތަކުން މިހާރަށް ވުރެ އިތުރަށް، ސަޕްލައި ދަށް ނުކޮށްފި ނަމަ، ޑިމާންޑަށް ވުރެ ސަޕްލައި އިތުރުވާނެ ކަމަށާއި، މިކަމުގެ ސަބަބުން އިތުރު ގޮންޖެހުންނަތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

31 މެއި 2017

ދޮންކެޔޮ ތިޔާގި، އަގުތަށް އިންތިހާއަށް މަތީގައި

31 މެއި 2017
ދޮންކެޔޮ ތިޔާގި، އަގުތަށް އިންތިހާއަށް މަތީގައި
28 މެއި 2017

ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި

28 މެއި 2017
ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި
28 މެއި 2017

އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި

28 މެއި 2017
އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި
17 މެއި 2017

ވިލާ ގޭހުގެ އަގުހެޔޮކޮށްފި

17 މެއި 2017
ވިލާ ގޭހުގެ އަގުހެޔޮކޮށްފި
17 މެއި 2017

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން
15 މެއި 2017

ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް

15 މެއި 2017
ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް
22 އެޕްރީލު 2017

ކާޑުގެ ބާވަތްތައް އަގު ހެޔޮ ކުރުން – ރައްޔިތުން ގުނބޯ ހެއްދުން؟

22 އެޕްރީލު 2017
ކާޑުގެ ބާވަތްތައް އަގު ހެޔޮ ކުރުން – ރައްޔިތުން ގުނބޯ ހެއްދުން؟
10 އެޕްރީލު 2017

ފެނަކަ އަށް ހަމައެކަނި އެސްޓީއޯ އިން ތެޔޮ ގަނެވޭ ގޮތަށް އެއްބަސްވުމުގައި ސޮއިކޮށްފި

10 އެޕްރީލު 2017
ފެނަކަ އަށް ހަމައެކަނި އެސްޓީއޯ އިން ތެޔޮ ގަނެވޭ ގޮތަށް އެއްބަސްވުމުގައި ސޮއިކޮށްފި
01 ފެބުރުއަރީ 2017

ވެލާނާ އެއާޕޯޓުގައި ކާގޯ ސްކްރީން ކުރުމަށް އަގު ނަގަން ފަށަނީ

01 ފެބުރުއަރީ 2017
ވެލާނާ އެއާޕޯޓުގައި ކާގޯ ސްކްރީން ކުރުމަށް އަގު ނަގަން ފަށަނީ
06 ޖެނުއަރީ 2017

އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި

06 ޖެނުއަރީ 2017
އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް