Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފްލޫ ކްލިނިކުން ޓެސްޓް ހެދުން

ފްލޫ ކްލިނިކްތަކަށް ދާ އެންމެން ޓެސްޓު ކުރަނީ

ކޮވިޑް-19 އަށް ހޯމަ ދުވަހު 15 މީހަކު ވަނީ ޕޮޒިޓިވްވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 އެޕްރީލު 2020 | ހޯމަ 11:02
މާލޭގައި ހަދާފައިވާ ފްލޫ ކުލިނިކެއް

މާލޭގައި ހަދާފައިވާ ފްލޫ ކުލިނިކެއް

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާތީ ބަލީގެ އަލާމަތްތައް ހުރެގެން ފްލޫ ކްލިނިކްތަކަށް ދާ ހުރިހާ އެންމެން ކޮވިޑް-19 އަށް ޓެސްޓު ކުރާނެކަމަށް ޑރ ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ހޯމަ ދުވަހު ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް-19 ށް ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި ފްލޫ ކްލިނިކްތަކަށް ދައްކަންދިއަ މީހުން ހިމެނޭތީ މީގެ ފަހުން އެ ކްލިނިކު ތަކަށްދާ ހުރިހާ އެންމެން ކޮވިޑް-19 އަށް ޓެސްޓު ކުރާނެ ކަމަށެވެ.

ކޮވިޑް-19 އަށް ހޯމަ ދުވަހުގެ މެންދުރާ ހަމައަށް، ހިނގަމުންދާ 24 ގަޑީއިރު ތެރޭގައި 15 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި ހިމެނެނީ 9 ދިވެހިންނާއި 6 ބިދޭސީންނެވެ.

މީގެތެރޭގައި ފްލޫ ކްނިލިކަށް ދައްކަން ދިޔަ ތިން ދިވެހިން ހިމެނެ އެވެ. މާލެއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި ދިވެހި އަންހެން މީހާއަށްވެސް ބަލި ޖެހިފައި ހުރިކަން އެނގިފައިވަނީ ފްލޫ ކްލިނިކަށް ދައްކަން ދިޔުމުން ޓެސްޓު ހެދުމުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 67 ށް އަރާފަ އެވެ. މީގެތެރޭގައި ހިމެނެނީ 29 ދިވެހިންނާއި 38 ބިދޭސީންނެވެ. މީގެތެރޭގައި މާލެ ސިޓީން ޕޮޒިޓިވްވި 47 މީހަކު ހިމެނެ އެވެ. އަދި ރަށެއްގައި ހުރި އެކަކާއި ކަރަންޓީނު ފެސިލިޓީތަކުގައި 5 މީހުން އެބަތިއްބެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
24 ޖެނުއަރީ 2017

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު