Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑެލިވަރީ ހިދުމަތް

އޯޑަރުތަކަށް ގުޅުމުގެ ބަދަލުގައި ވައިބަރ އިން މެސެޖު ކުރުމަށް އިހުސާނު ފިހާރައިން އެދެއްޖެ

އޯޑަރު ދޭން މެސެޖު ކުރާއިރު ކަނޑައަޅާފައިވާ ފޯމެޓަށް ފޮނުވުމަށް އެދިފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 19 އެޕްރީލު 2020 | އާދީއްތަ 08:37
އިހުސާނު ފިހާރައިން އޯޑަރުތައް ޑެލިވަރީ ކުރުމުގައި ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފު ހަރަކާތްތެރިވަނީ

އިހުސާނު ފިހާރައިން އޯޑަރުތައް ޑެލިވަރީ ކުރުމުގައި ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފު ހަރަކާތްތެރިވަނީ

ކަސްޓަމަރުން އޯޑަރުތައް ދޭން ގުޅުމުގެ ބަދަލުގައި ވައިބަރ އިން ނަންބަރަށް މެސެޖު ކުރުމަށް އިހްސާނު ފިހާރަ އިން އެދިއްޖެއެވެ.

ރާއްޖެޓީވީ އިން ކޮވިޑް-19 އާ ގުޅޭ ގޮތުން ކުރިއަށް ގެންދާ ހާއްސަ ލައިވް ކަވަރޭޖަށް ދެއްވި ފޯން އިންޓަވިއުއެއްގައި އިހުސާނު ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ނިހާދު ވިދާޅުވީ އޯޑަރުތައް ދިނުމަށްޓަކައި 7291003 މި ނަންބަރަށް ގުޅިޔަސް ފޯނު ނުނަގާނެ ކަމަށާއި ވައިބަރ އިން ނަންބަރަށް މެސެޖު ކުރުމަށް އެދޭ ކަމަށެވެ. އަދި އޯޑަރު ދޭން މެސެޖު ކުރާއިރު ކަނޑައަޅާފައިވާ ފޯމެޓަށް ފޮނުވުމަށް ވެސް ނިހާދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެގޮތުން ރިކުއެސްޓް ކުރާއިރު ބޭނުންވާ ތަކެތީގެ ލިސްޓް ޖެހުމަށްފަހު، ގުޅޭނެ ނަންބަރާއި ނަމާއި އެޑްރެހާއެކީ ފޮނުވުމަށް އިހުސާނު ފިހާރައިން ވަނީ އެދިފައެވެ.

މި ހާލަތަކީ އެއްވެސް ވަރަކަށް ތައްޔާރުވި ހާލަތެއް ނޫންކަން ފާހަގަކުރައްވާ ނިހާދު ވިދާޅުވީ ކުއްލި ގޮތަކަށް ކަންތައްތައް ފެށުމުން ދަތިތަކާއި ދިމާވާ ކަމަށެވެ. އެގޮތުން އިއްޔެ ވެސް މާސްކާއި އަންގި ހުސްވުމުން ޑެލިވަރީ ކުރުމުގައި ދަތިތަކެއް ދިމާވި ކަމަށް ވިދާޅުވިއެވެ. މާސްކާއި އަންގި ހުސްވުމުން ހެނދުނުން ފެށިގެން ހަވީރަށް މަސައްކަތް ހުއްޓިފައި އޮތް ކަމަށާއި އިރޮއްސުނުއިރު ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފު ފޯރުކޮށްދެއްވި މާސްކާއި އަންގި ބޭނުންކޮށްގެން ހިދުމަތް އަލުން ފެށިކަމަށް ނިހާދު ފާހަގަކުރެއްވިއެވެ.

މުވައްޒަފުންގެ ދަތިކަން އެބަހުރި ކަމަށާއި ޑެލިވަރީގައި ހަރަކާތްތެރިވާ ކުދިންނަށް މިއަދުވެސް މާސްކާއި އަންގި ލިބުމުގައިވެސް ދަތިވާ ކަމަށް ނިހާދު ވިދާޅުވިއެވެ. އަދި އެދެނީ އެކަމަށް ސަރުކާރުގެ ފަރާތުން ހައްލެއް ހޯދައިދިނުން ކަމަށެވެ.

ޑެލިވަރީތައް ކޮންމެ ދުވަހަކު ހެނދުނު 09:00ން ފެށިގެން ރޭގަނޑު 12:00 ޖަހަންދެން ކުރަމުންދާ ކަމަށާއި މި ދަނޑިވަޅުގެ ސީރިއަސްކަމުން ޕޭމަންޓް ނަގުމުންދަނީ އޮންލައިންކޮށް ކަމަށް ނިހާދު ފާހަގަކުރެއްވިއެވެ.

ދުވާލެއްގެ މައްޗަށް ދެ ހާހުން އޯޑަރުތައް އަންނަމުންދާ ކަމަށާއި އެ ހުރިހާ އޯޑަރުތަކަށް މިވަގުތު ޑެލިވަރީ ވަގުތުން ނުކުރެވޭނެކަން ހުރިހާ ރައްޔިތުން ވެސް ޤަބޫލު ކުރުމަށް ނިހާދު އެދިވަޑައިގެންނެވިއެވެ. އަދި ޑެލިވަރީތައް ލަސްވިޔަސް މި ދަނޑިވަޅުގައި ކެތްތެރިކަން އިސްކުރުމަށް އެދިވަޑައިގެންނެވިއެވެ.

ބައެއް ފަހަރު އޯޑަރުތައް ޑެލިވަރީ ކުރަން ގޮސް، ކަސްޓަމަރުން ފޯނު ނުނަގައިގެން ދަތިތަކާއި ދިމާވާ ކަަމަށް ވެސް ނިހާދު ވިދާޅުވިއެވެ.

މި ދަނޑިވަޅުގައި ރިޕީޓްކޮށް އަންނަ މުހިންމު އޯޑަރުތަކަށް އިސްކަން ދެމުންދާކަން ފާހަގަކޮށް ނިހާދު ވިދާޅުވީ ކުޑަކުދިންގެ ނެޕީ އަދި ކުޑަކުދިންގެ ކާނާ ފަދަ ތަކެއްޗަށް އޯޑަރު ކުރަމުންދާ ކަސްޓަމަރުންނަށް އިސްކަން ދެމުންދާ ކަމަށެވެ.

ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި ޒަރޫރީތަކެތި ފޯރުކޮށްދެވޭނެ ކަމުގެ ޔަޤީންކަން އެ ފިހާރައިން ވަނީ ދީފައެވެ.

އިތުރަށް ކިޔާލަން

26 ޖުލައި 2017

މިނިވަންކަމާ އެކު ޚާރިޖީ ގުޅުމުގެ ބާރު ސައުދީ އާއި ޗައިނާއަށް ދީފި: ނަޝީދު

26 ޖުލައި 2017
މިނިވަންކަމާ އެކު ޚާރިޖީ ގުޅުމުގެ ބާރު ސައުދީ އާއި ޗައިނާއަށް ދީފި: ނަޝީދު
23 ޖުލައި 2017

މަހުލޫފުގެ މެސެޖު ޝަހީބަށް: ކޮމިޝަންގައި އިންނަވައިގެން ދޭ އިންޒާރާއި، ހިންގާ ޖަރީމާގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނެ!

23 ޖުލައި 2017
މަހުލޫފުގެ މެސެޖު ޝަހީބަށް: ކޮމިޝަންގައި އިންނަވައިގެން ދޭ އިންޒާރާއި، ހިންގާ ޖަރީމާގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނެ!
29 ޖޫން 2017

ދުސްތޫރީ ލަފާގެ ބަދަލުގައި ބަންޑާރަ ނައިބު ދެއްވަނީ ރައީސް ޔާމީން ބޭނުންފުޅުވާ ލަފާ:ހިސާން

29 ޖޫން 2017
ދުސްތޫރީ ލަފާގެ ބަދަލުގައި ބަންޑާރަ ނައިބު ދެއްވަނީ ރައީސް ޔާމީން ބޭނުންފުޅުވާ ލަފާ:ހިސާން
23 ޖޫން 2017

ދިރާގުން ވައިބަރ ސްޓިކަރ ޕެކެއް ތައާރަފުކޮށްފި

23 ޖޫން 2017
ދިރާގުން ވައިބަރ ސްޓިކަރ ޕެކެއް ތައާރަފުކޮށްފި
15 ޖޫން 2017

ފުލުހަށް ހާޒިރު ކުރުމަށް ވައިބަރ މެދުވެރިކޮށްވެސް ޗިޓް ފޮނުވާ ގޮތަށް ކަނޑައަޅައިފި

15 ޖޫން 2017
ފުލުހަށް ހާޒިރު ކުރުމަށް ވައިބަރ މެދުވެރިކޮށްވެސް ޗިޓް ފޮނުވާ ގޮތަށް ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު