Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރިމިއާ ލީގު އަލުން ފެށުން

ސީޒަން ނިންމާނެ ގޮތަކާ މެދު ކްލަބުތަކުން މަޝްވަރާކުރުމަށް ފާޑެއް ނުކިޔޭނެ: އިއަން ރައިޓް

18 އެޕްރީލު 2020 | ހޮނިހިރު 23:31

40 ދުވަސް ތެރޭ ލީގު ނިންމާލަން ގިނަ ކްލަބުތަކުން ވަނީ ތާއީދުކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 18 އެޕްރީލު 2020 | ހޮނިހިރު 23:31
ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އިއަން ރައިޓް

ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އިއަން ރައިޓް

އިނގިރޭސި ޕްރިމިއާ ލީގު ނިންމާނެ ގޮތަކާ މެދު ކްލަބުތަކުން މަޝްވަރާކުރުމުން، އެކަމަށް ފާޑު ނުކިޔޭނެ ކަމަށް ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އިއަން ރައިޓް ބުނެފި އެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މެދުކަނޑާލާފައިވާ ޕްރިމިއާ ލީގާއި އިނގިރޭސި އެހެން ފުޓްބޯޅަ މުބާރާތްތައް ވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފަ އެވެ.

ޕްރިމިއާ ލީގުގައި ނުކުޅެ އޮތް 92 މެޗު ފުރިހަމަކުރަން ކުރެވޭނެ ކަންތައްތަކާ ބެހޭގޮތުން ހުކުރު ދުވަހު އިނގިރޭސި އެފްއޭ އާއި ޕްރިމިއާ ލީގުގެ ބޯޑުން ކްލަބުތަކާއެކު ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ގިނަ ކްލަބުތަކުން ވަނީ 40 ދުވަސް ތެރޭ މެޗުތައް ނިންމާލުމަށް ތާއީދުކޮށްފަ އެވެ.

ޕްރިމިއާ ލީގު އަލުން އަލުން ފަށަން ކްލަބުތަކާއެކު މަޝްވަރާ ކުރުމުން ގިނަ ބަޔަކު ވަނީ އެކަމަށް ފާޑު ކިޔާފަ އެވެ.

ބީބީސީއަށް ދިން އިންޓަވިއުއެއްގައި އިންގްލެންޑުގެ ކުރީގެ ފޯވާޑް އިއަން ރައިޓް ބުނީ އިނގިރޭސި އެފްއޭއިން ކްލަބުތަކާއެކު މަޝްވަރާ ކުރުމުން އެކަމަށް ފާޑެއް ނުކިޔޭނެ ކަމަށާއި، މިހާރު މިއޮތް ހާލަތު ރަނގަޅު ނުވަނީސް ލީގުގެ ކުޅުން ނުފަށާނެ ކަމަށް އެފްއޭއިން މީގެ ކުރިންވެސް ބުނެފައިވާ ކަމަށެވެ.

އަދި ޕްރިމިއާ ލީގަކީ ބޮޑު ވިޔަފާރިއަކަށްވުމުން، ލީގާއި މެދު ކަންތައް ކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރަން ޖެހޭނެ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ކުޅުންތެރިންގެ ފުރާނައަށް ނުރައްކާވާ އެއްވެސް ކަމެއް އިނގިރޭސި އެފްއޭއިން ކުރާނެ ކަމަށް ގަބޫލުނުކުރާ ކަމަށާއި، ސަރުކާރުން އަންގާ އެންގުންތަކަށް އިނގިރޭސި އެފްއޭ އިން ފުރިހަމައަށް ބޯލަނބާނެ ކަމަށްވެސް އިއަން ރައިޓް ވަނީ ބުނެފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޕްރިމިއާ ލީގުން މިހާރު އަންނަނީ ސަޕޯޓަރުން ނުވައްދައި ބާކީ ހުރި މެޗުތައް ފުރިހަމަ ކުރުމަށްވެސް މަޝްވަރާ ކުރަމުންނެވެ. އަދި މި ހާލަތުގައި ލީގުގެ ހުރިހާ މެޗެއް އިނގިރޭސި ރަސްމީ ސްޓޭޑިއަމް ވެމްބްލީގައި ކުޅެން އިނގިރޭސި އެފްއޭ އިން މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.

ޖޫން މަހުގެ ހަވަނަ ދުވަހު އަލުން ފުޓްބޯޅަ ސީޒަން ފަށަން އިނގިރޭސި އެފްއޭ އިން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ކޮވިޑް-19 އާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލާފައިވާއިރު، މިހާތަނަށް އިނގިރޭސިވިލާތުން 114،000 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި މި ވައިރަސް ޖެހިގެން އެ ގައުމުން މިހާތަނަށް 15،400 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

އިރާން: އެމެރިކާ މަނަވަރުތައް ހުރްމޫޒުން 400 ކިލޯމީޓަރު ފަހަތަށް ޖައްސާފައި

4

އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ

5

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި

02 އެޕްރީލު 2017
ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި
17 މާރިޗު 2017

މެދުކަނޑާލި މާލޭ ލީގުގެ ކުޅުން އެޕްރީލް ފުރަތަމަ ހަފްތާގައި ފަށަނީ

17 މާރިޗު 2017
މެދުކަނޑާލި މާލޭ ލީގުގެ ކުޅުން އެޕްރީލް ފުރަތަމަ ހަފްތާގައި ފަށަނީ
08 މާރިޗު 2017

މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

08 މާރިޗު 2017
މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި
21 ފެބުރުއަރީ 2017

ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

21 ފެބުރުއަރީ 2017
ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ
16 ފެބުރުއަރީ 2017

ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި

16 ފެބުރުއަރީ 2017
ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި
11 ފެބުރުއަރީ 2017

އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

11 ފެބުރުއަރީ 2017
އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ
05 ފެބުރުއަރީ 2017

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް