Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ހަހަ ހާ....! ބަޔަކު މޮޔަވާނީ މިހާވަރަށް

ބާއްވަނީ އެތެރޭގެ އިންތިޚާބެއް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 30 މެއި 2018 | ބުދަ 14:12
ވޯޓު ފޮއްޓެއް ކަމަށް ބުނެ ބަހައްޓާފައިވާ ކޮންކްރީޓް މެޝިނަކާ އެކު ނިހާން ކުރެއްވި ޓްވީޓް

ވޯޓު ފޮއްޓެއް ކަމަށް ބުނެ ބަހައްޓާފައިވާ ކޮންކްރީޓް މެޝިނަކާ އެކު ނިހާން ކުރެއްވި ޓްވީޓް

"މާތް ކަލޯކޯ! ބަޔަކު މީހުން ދުނިޔެއިން މޮޔަވާނީ މިވަރަށް". މިއީ ކޮންކްރީޓް ގަށާ މެޝިނަކީ ވޯޓު ފޮއްޓެއްގެ ގޮތުގައި ކަނޑައަޅައި އެމްޑީޕީގެ ޖަގަހައެއްގެ ތެރޭގައި ބަހައްޓާފައި ހުރި ފޮޓޯއެއް އެޓޭޗް ކުރައްވައި ޕީޕީއެމްގެ ޕީޖީ ލީޑަރ އަހުމަދު ނިހާން ހުސައިންމަނިކު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވާ ވާހަކައެކެވެ.

ނިހާން އެވިދާޅު ވަނީ ވަރަށް ބޮޑު ތެދެކެވެ. ހަމަ ހަޤީގަތުގައި ވެސް ބަޔަކު މީހުން މޮޔަވެއްޖެއެވެ. ދުނިޔެ އިން މޮޔަވެއްޖެއެވެ.

މީހަކަށް ތާއީދު އޮތް ވަރެއް ފެނިދާނެތީ ގަންނާ ކުރައްވާ ބިރުން ތެޅިފޮޅެވޭނީ ދެން މިހާވަރަށެވެ. ރޯމާ ދުވާލު ޔުނީފޯމުގައި ފުލުހުން ނެރެގެން މިގަތް ސަކަރާތުން ހީނހީނ ބަނޑުގައި ގޮށްލައިފިއެވެ. ރަމަޟާން މަހު ރޯދައަށް ތިއްބާ އެވެރިން ނެރެ ކޮޅުކޮޅުމައްޗަށް ދުއްވާ އެގަތްގަނޑަކުން ނުހީ ހުރެވޭނެ ހަމަ އެއްވެސް މީހަކު ނެތެވެ. ނިހާން އެވިދާޅުވާހެން ބަޔަކު މީހުން ދުނިޔެއިން މޮޔަވާނީ ހަމަ މިވަރަށެވެ.

އެތައް ބަޔަކު އެތައް އަމުރެއް ހޯދަން ކޮންމެ ދުވަހަކު ކޯޓަށް ހުށަހަޅާއިރު ވެސް މުއާލާތް ކެނޑިގެން ދާއިރު އެފަދަ އަމުރެއް ނުލިބި ކަންވެ ނިމޭ ވާހަކަ ދައްކަނީ މަދެއް ކޮށެއް ނޫނެވެ. ޝަރީއަތް ނިމި ހުކުމް ކުރާ މަރުހަލާގައި ވެސް ހުރި މައްސަލަތަކަށް އަހަރު ދެއަހަރު ވެގެން ދެއެވެ. އެކަމަކު ބަޔަކު މީހުން ބާއްވާ އެތެރޭގެ ޚިޔާލު ހޯދުމުގެ ވޯޓެއް ހުއްޓުވައިދިނުމަށް ވަގުތުން އެނެރެލީ ބޮޑުސިންގާ ވަގުތީ ކޯޓުއަމުރެކެވެ. މުޅި ރާއްޖެއަށް ނިސްބަތްކޮށެވެ. ނޫނޭވޭ ހަރަކާތްތެރިވެވޭނީ ތިޔަހާ ވަރަށެވެ. ނިހާނު ވިދާޅުވިހެން ކޯޓުތަކުން އެވަރުގެ މޮޔައެއް ވެދާނެ ކަމަކަށް މަށަކު ނުބުނާނަމެވެ.

ޓީވީ ރޭޑިޔޯތަކުން ވެސް އެއިން ޚަބަރެއް ގެނެސްދީފާނެތީ އެތެޅުނު ގޮތަކުން ވެސް ފޮށާގަނޑު ދޮންނަވަރަށް އަންނަނީ ހިންޏެވެ. ބްރޯޑްކޮމްއަކާއި އަނެއް ތަނަކުން ތިޔަދިން އިންޒާރު ފެނިފައި މީހުން އެތިބީ ހީނހީނ އަތްޖަހާލަ ޖަހާލައެވެ. ޓްވިޓަރ އާއި ފޭސްބުކް އާއި ދެންވެސް އެހެރަ މީސްމީޑިޔާގެ ވަސީލަތްތަކުން މިއަދު ކޮންމެ މީހެއްގެ އަތުގައި ޓީވީއެއް އޮންނަކަން ނޭނގޭނީ ވެސް ބަޔަކު މޮޔަވީމަތާއޭ ހިތަށް އެރީމާ މާބޮޑަށް ހިނިއާދެއެވެ.

ފުލުހުން ވެސް ދެނެކާ ދެނެއް ނެތެވެ. އެއްކަލަ ބަޔާން އިއްވުމުގެ ސްޓޭޖް ޝޯވއެއް ފަދަ ޕްރެސް ކޮންފަރެންސް އެފެށީ ބަސް ބުނި ހިނދުންނެވެ. މިފަހަރުވެސް ނޫސްވެރިންނަކާ ނޫސްވެރިންނެއް ދޫކޮށްލާފައެވެ. އަމިއްލައަށް ކިޔާނެ އެއްޗެއް ކިޔާފައި ނިންމާލީއެވެ. ގައިމު ފެބްރުއަރީ 1 ގައި ވެސް މި ގައުމުގައި ކޯޓު އަމުރެއް ނެރުނެވެ. ޕްރައިމަރީ ހުއްޓުވަން އަމުރު ނެރުނު ފަދަ ދަށު ކޯޓަކުން ވެސް ނޫނެވެ. ރާއްޖޭގެ އެންމެ ފަހު ބަސްބުނާ އެންމެ މަތީ ކޯޓުގެ އިއްތިފާގުންނެވެ. ހުރިހާ ފަނޑިޔާރުން ސޮއިކުރައްވައެވެ. ނަމަވެސް ޕްރައިމަރީ ހުއްޓުވަން ތިޔަ އުޅުނުހެން ފުލުހުން ވެސް އުޅުނުތަނެއް ނުފެނުނެވެ. ގައިމު އަދިވެސް ފަސް ފަނޑިޔާރުން ސޮއިކުރި އަމުރު އެއޮތީ އޮތްތަނުގައެވެ. ޕޯޑިއަމަށް އަރައި ތަންފީޒެއް ކުރާނަމެކޭ ބުނާކަށް ނުކެރެއެވެ.

އެކަމަކު އަޖައިބުވީ އެންމެމަތީ ކޯޓުން ނެރުނު އަމުރު ތަންފީޒް ނުކޮށް ފަހަށްޖެހުނު ފުލުހުން ސިވިލް ކޯޓުން ނެރުނު އަމުރެއް ތަންފީޒް ކުރަން ވަގުތުން ފޫގަޅާފައި ނެރުނީތީއެވެ. އެއަމުރަކީ ސައްޙަ އަމުރެއްތޯއާ އެއަމުރު ނެރުނު ޤާޒީއަށް ލިބުނީ ކިތައް ފްލެޓްތޯ ބަލާކަށް ހިނދުކޮޅެއް ވެސް ނުނެގީތީއެވެ. ބަންޑާރަނައިބާ ޑިފެންސް މިނިސްޓަރު އަރުއްވާ ބަޔާނެއް ދެއްވަންދެން މަޑެއް ވެސްކޮށް ނުލައެވެ. މާލެއަށް އެކަންޏެއް ނޫނެވެ. ލޯންޗް ފަހަރުގައި ފުރަފުރައިގެން ރަށްރަށަށް ވެސް ފުލުހުން ފޮނުވީއެވެ. މީހުންގެ ގޯތިގެދޮރުގައި ހުރި ވޯޓުފޮށިތައް ކިހިލި ޖަހާލައިގެން ގެންދިޔައީއެވެ.

ނިހާން އެވިދާޅުވާހެން މޮޔަވާނީ މިހާވަރަށެވެ. އެކަމަކު އަހަރެން ވިސްނަވިސްނާ މޮޔަވީ މިވަރުން މި ޕްރައިމަރީ ހުއްޓުވަން އުޅުނު ސަބަބަކާ ހުރެއެވެ. މޮޔަނުވާވަރެއް ނޫނެވެ. މައްސަލައަކީ ނަޝީދު ކުރިމަތިލައިފާނެތީއެވެ. އެކަމަކު އަދި ނަޝީދު ކީއްކުރަން ހެއްޔެވެ. ކުރިމަތި ލުމަށް ފުރުސަތެއް ވެސް ހުޅުވައެއް ނުލައެވެ. ނަޝީދުގެ ކެންޑިޑެސީ ބަލައިގަނޭތޯ ފޯމު ހުށަހަޅަން ޖެހެނީ އެމްޑީޕީއަކަށް ނޫނީ ގ. ކެނެރީގެއަކަށް ނޫނެވެ. އިލެކްޝަންސް ކޮމިޝަނަށެވެ. ރައީސްކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގާ ޝަރުތު ހަމަވޭތޯ ނޫންތޯ ބެލޭނީ ވެސް ފޯމު ހުށަހެޅީމައެވެ. އެމްޑީޕީން ކޮންމެ އެއްޗެއް ކިޔަކަސް އަދި ހުށަހެޅިޔަކަސް ގޮތެއް ނުނިންމޭނެއެވެ. ނަޝީދަކަސް ޔާމިނަކަސް އަދި އައްމަކަޅޭއާ ޕައްލަންބެއަކަސް އެއީ ޝަރުތު ހަމަނުވާ މީހެއް ކަމަށް ކަނޑައަޅާނީ އިލެކްޝަންސް ކޮމިޝަނުންނެވެ. އެއަށް ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުންނެވެ. މިހާ ސާފުކޮށް އޮތް ކަމެއްގައި މިވަރަކުން ތެޅުނީމާ ނިހާނެއް ކަމަކު މޮޔަނުވާވަރެއް ނޫނެވެ. ބޮލެއް މައްޗަށް ހުރި ހަމަ ކޮންމެ މީހަކު ވެސް މިކަމާ މޮޔަ ނުވިއްޔާ ދެރައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބޮޑު އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށާއި، ރާއްޖޭން ބޭރަށް

ބޮޑު އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށާއި، ރާއްޖޭން ބޭރަށް

16 އޯގަސްޓު 2018
500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

22 މެއި 2018
ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

20 މާރިޗު 2018
ބިލެއްދޫއިން މަގޫދޫއަށް ފަތާފައި ކުރި ދަތުރު، އެތައް ބަޔަކު ހައިރާންކޮށްލި ހަރަކާތެއް

ބިލެއްދޫއިން މަގޫދޫއަށް ފަތާފައި ކުރި ދަތުރު، އެތައް ބަޔަކު ހައިރާންކޮށްލި ހަރަކާތެއް

09 ޑިސެމްބަރު 2017
ފަތުރުވެރިކަމަށް ކޭލަކުނު ދޫކުރާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފި

ފަތުރުވެރިކަމަށް ކޭލަކުނު ދޫކުރާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފި

02 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު