Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޭރުގަ ތިބި ދިވެހިންނަށް އެހީ ގެންދިއުން

ސްރީލަންކާ އަދި އިންޑިއާއަށް ފޮނުވި ކެއަރޕެކޭޖްތައް ހަވާލުކޮށްފި

18 އެޕްރީލު 2020 | ހޮނިހިރު 15:35

ކޮޗިން އަދި ޓްރިވަންޑްރަމް އަށް ފޮނުވި 144 ޕެެކޭޖްވަނީ ހަވާލުކޮށްފައި

އަލީ ސަމާޚް
އަލީ ސަމާޚް | 18 އެޕްރީލު 2020 | ހޮނިހިރު 15:35
ޭއިންޑިއާ އަށް ފޮނުވި ކެއަރޕެކޭޖްތައް ހަވާލުކުރުމަށް އެމްބަސީގެ މުވައްޒަފުން ހަރަކާތްތެރިވަނީ

ޭއިންޑިއާ އަށް ފޮނުވި ކެއަރޕެކޭޖްތައް ހަވާލުކުރުމަށް އެމްބަސީގެ މުވައްޒަފުން ހަރަކާތްތެރިވަނީ | ފޮރިން މިނިސްޓްރީ

ކޮވިޑް-19 އާ ގުޅިގެން ބޭރުގެ ބައެއް ގައުމުތަކުގައި ދިރިއުޅެމުންދާ ދިވެހި އާއިލާތަކަށް ލުއިތަކެއް ހޯދައިދިނުމަށް، އެ އާއިލާތަކަށް ކެއަރ ޕެކޭޖްތައް ފޮނުވުމަށް ސަރުކާރުން ހުޅުވާލި ފުރުސަތުގައި އިންޑިއާ އަދި ސްރީލަންކާއަށް ފޮނުވި ކެއަރ ޕެކޭޖްތައް އާއިލާތަކާ ހަވާލުކޮށް ނިމިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ސްރީލަންކާ އަށް ފޮނުވި 622 ކެއަރޕެކޭޖް އާއިލާތަކާ ހަވާލުކޮށް ނިމިފައިވަނީ ހޮނިހިރު ދުވަހުއެވެ.

Advertisement - newsAdvertisement

އޭގެ ހަފްތާއެއްހާ ދުވަސްކުރިން ކޮލަމްބޯގައި ދިރިއުޅޭ އާއިލާތަކަށް ޕެކޭޖްތައް ހަވާލުކޮށް ނިމުނުއިރު ބާކީހުރި ޕެކޭޖްތައް ކޮލަމްބޯ ދުރުގައިވާ ސިޓީތަކަށް ގެންދިޔުމަށް ލަންކާގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުއްރައްޒާގްވެސް ވަޑައިގަތެވެ.

އިންޑިއާގެ ޓްރިވެންޑްރަމް އަދި ކޮޗިން އަށް ފޮނުވި 144 ކެއަރޕެކޭޖްވެސް އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

މެލޭޝިއާ އަށް ފޮނުވި 452 ކެއަރޕެކޭޖްގެ ތެރެއިން ކުއާލަލަމްޕޫރު ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކަށް ފޮނުވި ހުރިހާ ޕެކޭޖެއް ވަނީ ހަވާލުކޮށްފައެވެ. ކުއާލަލަމްޕޫރުން ބޭރުގައި ދިރިއުޅޭ 14 އާއިލާއަކަށް ފޮނުވި ކެއަރޕެކޭޖްތައް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ތައިލެންޑްގެ ބެންކޮކްގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ފޮނުވި ކެއަރޕެކޭޖްތައް ބެންކޮކަށް ގެންގޮސްފައިވަނީ ހަފްތާ ބަންދާ ދިމާކޮށް ކަމަށްވުމުން، ހަފްތާ ބަންދު ނިމުމުން ކަސްޓަމުން ކްލިއަރކޮށް މިހަފްތާ ތެރޭ އާއިލާތަކާ ހަވާލުކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ޔޫއޭއީއަށްވެސް ކެއަރޕެކޭޖް ފޮނުވުމަށް ފުރުސަތު ހުޅުވާލިނަމަވެސް، މާލެ ސަރަހައްދު ލޮކްޑައުންކުރުމާ ގުޅިގެން ތަކެތި ބަލައިގަތުން ވަނީ ފަސްކުރެވިފައެވެ. އަދި ތަކެތި ބަލައިގަންނާނެ ތާރީހެއް ފަހުން އިއުލާންކުރެވޭނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ކެއަރޕެކޭޖްތައް ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދަނީ ވަރަށް ގިނަ ގޮންޖެހުން ތަކާއެކުގައި ކަމަށެވެ.

ތަކެތި ފޮނުވާ ސިޓީތަކަކީ ލޮކްޑައުންގައި އޮތް ސިޓީތަކެއް ކަމުން، އެ ގައުމުތަކުގެ ސަރުކާރުތަކުން ހާއްސަ ހުއްދައެއް ނަގައިގެން ތަކެތި އާއިލާތަކާ ހަވާލުކުރުމުގެ މަސައްކަތްކުރަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެގައުމުތަކުގެ ސަރުކާރުތަކުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށްވެސް ބޯލަނބައިގެން ކަމަށް މިނިސްޓްރީން ބުންޏެވެ.

މިއީ ސަރުކާރުން ދިވެހި ރައްޔިތުންނަށް ހިލޭ ފޯރުކޮށްދޭ ހިދުމަތެކެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

3

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

4

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

5

މާލޭގެ ގެއަކަށް ވަދެ ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު މައްސަލަ: ހައްޔަރު ކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދަށް!

އިތުރަށް ކިޔާލަން

20 އެޕްރީލު 2017

ރިޔާޒުގެ ފޯނުގެ ލޮކް ކޯޑް ފުލުހުންނާ ހަވާލުކޮށްފި

20 އެޕްރީލު 2017
ރިޔާޒުގެ ފޯނުގެ ލޮކް ކޯޑް ފުލުހުންނާ ހަވާލުކޮށްފި
29 މާރިޗު 2017

ސްރީލަންކާގެ ދެ މިނިސްޓަރަކާ ރައީސް ނަޝީދު ބައްދަލު ކުރައްވައިފި

29 މާރިޗު 2017
ސްރީލަންކާގެ ދެ މިނިސްޓަރަކާ ރައީސް ނަޝީދު ބައްދަލު ކުރައްވައިފި
07 މާރިޗު 2017

ފަސް އެއާރޕޯޓް އަޅަން 57.5 މިލިއަން ޑޮލަރަށް މެލޭޝިއާ ކުންފުންޏަކާ ހަވާލުކޮށްފި

07 މާރިޗު 2017
ފަސް އެއާރޕޯޓް އަޅަން 57.5 މިލިއަން ޑޮލަރަށް މެލޭޝިއާ ކުންފުންޏަކާ ހަވާލުކޮށްފި
25 ފެބުރުއަރީ 2017

ކައުންސިލަރަކާ ހަވާލުކޮށް މީރާ އަށް ފޮނުވި ފައިސާކޮޅު ނުދެއްކި

25 ފެބުރުއަރީ 2017
ކައުންސިލަރަކާ ހަވާލުކޮށް މީރާ އަށް ފޮނުވި ފައިސާކޮޅު ނުދެއްކި
21 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި
20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް