Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުގއ. މާމެންދޫ އަދި ނިލަންދޫގައި އޭޓީއެމް

ބީއެމްއެލް އިން ގއ. މާމެންދޫ އަދި ނިލަންދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

17 އެޕްރީލު 2020 | ހުކުރު 08:51

116 އޭޓީއެމް ސެންޓަރތައް ގާއިމްކުރެވިފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 17 އެޕްރީލު 2020 | ހުކުރު 08:51
ބީއެމްއެލްގެ އޭޓީއެމް ހިދްމަތް

ބީއެމްއެލްގެ އޭޓީއެމް ހިދްމަތް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އަތޮޅުތެރޭގައި ކުރަމުންދާ އިންެވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުން ގއ. މާމެންދޫ އަދި ގއ. ނިލަންދޫގައި ސެލްފް ސަރވިސް އޭޓީއެމްގެ ޚިދުމަތް ތައާރަފްކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ، މި ޚިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ.

ބީއެމްއެލުން އިން ބުނީ، ގއ އަތޮޅުގެ އެ ދެ ރަށުގައި ދެވުނު އޭޓީއެމް ޚިދުމަތާއެކު ގއ. އަތޮޅު ވިލިނގިލީގައި ބްރާންޗް އަދި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ވެސް ދެވެމުންދާ ކަމަށެވެ. މީގެ އިތުރުން ގއ. އަތޮޅުގެ 6 ރަށެއްގައި މިވަނީ ސެލްފް ސަރވިސް އޭޓީއެމް ސެންޓަރތައް ގާއިމްކުރެވިފައިވާ ކަމަށްވެސް ބީއެމްއެލުން ބުނެއެވެ.

މި ރަށްތަކަކީ ކޮލަމާފުށި، ދާންދޫ، މާމެންދޫ، ނިލަންދޫ ،ގެމަނަފުށި، އަދި ކޫއްޑޫ އެވެ. އަދި ހަމައެހެންމެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގާއިމްކޮށްފައިވާ ކޭޝް އޭޖެންޓް މެދުވެރިކޮށް ކަސްޓަމަރުންނަށް ފައިސާ ނެގުމުގެ ޚިދުމަތް ދެމުންދާ ކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ، މި ވަގުތު މި ތިބީ މުޅި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ހާދިސާ އާ ގުޅިގެން ބޭންކަށާއި އިޤްތިސާދަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ދިމާވެފައިވާ ވަރަށް ނާޒުކު ދަނޑިވަޅެއްގައި ކަމަށެވެ. މި ދަނޑިވަޅުގައިވެސް މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތްފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތައް ބީއެމްއެލްއިން ކުރަމުންދާ ކަމަށެވެ.

ބީއެމްއެލްގެ އިލްތިމާސަކީ ބޭންކިންގ ޚިދުމަތް ހޯއްދެވުމަށް އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ ބޭނުންކުރެއްވުމެވެ. އަދި ފައިސާ ދެއްކެވުމަށް މޮބައިލްޕޭ ފަދަ ފަސޭހަ އޮންލައިން ޚިދުމަތްތައް ބޭނުންކުރެއްވުމެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 55 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 116 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި

19 ފެބުރުއަރީ 2017
އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި
18 ފެބުރުއަރީ 2017

ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި

18 ފެބުރުއަރީ 2017
ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި
14 ފެބުރުއަރީ 2017

ކެއަރ ސޮސައިޓީއަށް ބީއެމްއެލް އިން 150،000ރ. ހަދިޔާކޮށްފި

14 ފެބުރުއަރީ 2017
ކެއަރ ސޮސައިޓީއަށް ބީއެމްއެލް އިން 150،000ރ.  ހަދިޔާކޮށްފި
13 ފެބުރުއަރީ 2017

ބީއެމްއެލްގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި

13 ފެބުރުއަރީ 2017
ބީއެމްއެލްގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި
12 ފެބުރުއަރީ 2017

ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ

12 ފެބުރުއަރީ 2017
ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ
10 ފެބުރުއަރީ 2017

ދުއިސައްތަ ވަނަ ކޭޝް އެޖޭންޓް ބީއެމްއެލްއިން ހަމަޖައްސައިފި

10 ފެބުރުއަރީ 2017
ދުއިސައްތަ ވަނަ ކޭޝް އެޖޭންޓް ބީއެމްއެލްއިން ހަމަޖައްސައިފި
09 ފެބުރުއަރީ 2017

ޖުމްލަ 3.4 މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް

09 ފެބުރުއަރީ 2017
ޖުމްލަ 3.4  މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް
05 ފެބުރުއަރީ 2017

ފުވައްމުލަކުގައި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ތަޢާރަފްކޮށްފި

05 ފެބުރުއަރީ 2017
ފުވައްމުލަކުގައި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ތަޢާރަފްކޮށްފި
31 ޖެނުއަރީ 2017

މުޖުތަމައުއަށް އަމާޒުކޮށްފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭން ބީއެމްއެލްްއިން އިފްތިތާހްކޮށްފި

31 ޖެނުއަރީ 2017
މުޖުތަމައުއަށް އަމާޒުކޮށްފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭން ބީއެމްއެލްްއިން އިފްތިތާހްކޮށްފި
23 ޖެނުއަރީ 2017

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް