Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޕީއެލްގެ މަސައްކަތްތައް

މާދަމާ ޒަރޫރީ މުދާތައް ނެރުމުގެ މަސައްކަތް ފަށާނެ: އެމްޕީއެލް

17 އެޕްރީލު 2020 | ހުކުރު 07:26

ޕެރިޝަބަލް މުދާތައް ބުރާސްފަތި ދުވަހު ވެސް ކްލިއަރ ކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 17 އެޕްރީލު 2020 | ހުކުރު 07:26
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ވިޔަފާރި ބަނދަރު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ވިޔަފާރި ބަނދަރު

މާލެސިޓީ ލޮކްޑައުން ކުރުމާ ގުޅިގެން، ޕޯޓްސްގެ މަސައްކަތްތައް މެދުކަނޑާލި ނަމަވެސް ހޮނިހިރު ދުވަހު ޒަރޫރީ މުދާތައް ނެރުމުގެ މަސައްކަތް ފަށާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

ރާއްޖެޓީވީގެ ކޮވިޑް-19ގެ ޚާއްސަ ކަވަރޭޖަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ މުދާތައް ކްލިއަރ ކުރުމުގެ އިންޒާމް ހަމަޖެއްސުމާ ގުޅޭ ގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހު މުދާ ނެރުމުގެ މަސައްކަތްތައް ފެށޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝާހިދު ވިދާޅުވީ ބުރާސްފަތި އަދި ހުކުރު ދުވަހުގެ މަސައްކަތްތައް ކުރިއަށް ނުގެންދެވުނު ނަމަވެސް ބުރާސްފަތި ދުވަހު ބާލާފައިހުރި މުދާތަކުގެ ތެރެއިން ހަލާކުވާ ޒާތުގެ (ޕެރިޝަބަލް) މުދާތައް ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ކްލިއަރ ކުރެވިފައިވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ މިހާރު ބަނދަރުކޮށްފައިވާ މުދާތަކާއި، ކުރިއަށް ރާއްޖެއަށް އަންނަން ހުރި މުދާތަކަކީ މުހިންމު ޝިޕްމެންޓްތަކެއް ކަމަށެވެ.

މީގެ ތެރޭގައި މެޑިކަލް ސަޕްލައި ހިމެނޭ ކަމަށާއި، ސާފުތާހިރު ކަމަށް ބޭނުންވާ ސާމާނު އަދި ކާބޯތަކެތި ހިމެނޭކަން ޝާހިދު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ވިޔަފާރިވެރިން ރަމަޟާންމަހަށް ޚާއްޞަކޮށް އޯޑަރުކުރި ގޭގައި ހިފާ ގެންގުޅޭ ސާމާނު ވެސް ހިމެނޭ ކަމަށެވެ.

ޝާހިދު ވިދާޅުވީ ޚާއްސަ ހާލަތުގައި ވެސް މަސައްކަތް ކުރާނެ ޕްލޭން އެމްޕީއެލުން އެކުލަވާލާފައިވާ ކަމަށާއި، އެޗްޕީއޭގެ އިރުޝާދުތަކުގެ ދަށުން އޮޕަރޭޝަންތައް ބުރޫއެރުމެއް ނެތި މަސައްކަތްތައް ކުރިއަށް ގެންދެވޭނެކަމުގެ އުންމީދު އެބައޮތް ކަަމަށެވެ.

އޮޕަރޭޝަންގެ ވަގުތު އިތުރަންޖެހޭ ހާލަތުގައި އެމަސައްކަތް ކުރާނެކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ ވަގުތު އިތުރުކުރަންޖެހޭނަމަ ރޭގަނޑު ވެސް މަސައްކަތްތައް ކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އަދި ނިންމާފައި އޮތީ ދުވާލުގެ ގިނަ ވަގުތު ހޭދަކޮށް ގިނަ ޢަދަދެއްގެ މުދާ ނެރެވޭނެ ގޮތަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް