Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޅުދުއްފުށި ސިޓީ

ކުޅުދުއްފުށި ސިޓީއަށް އައިސްފައިވާ މީހުން 14 ދުވަހުގެ މުއްދަތަށް ގޭގައި މަޑުކުރުމަށް އިލްތިމާސްކޮށްފި

16 އެޕްރީލު 2020 | ބުރާސްފަތި 15:41

ރައްޔިތުންގެ ރައްކާތެރިކަމަށް މަސައްކަތްތައް ކުރެވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 16 އެޕްރީލު 2020 | ބުރާސްފަތި 15:41
ކޮވިޑް-19އަށް ރައްކާތެރިވުމުގެ ކުޅުދުއްފުށި ސިޓީގައި ވެސް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައި

ކޮވިޑް-19އަށް ރައްކާތެރިވުމުގެ ކުޅުދުއްފުށި ސިޓީގައި ވެސް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައި

ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުޅުދުއްފުށިސިޓީއަށް އައިސްފައިވާ މީހުން އެމީހުން އެސިޓީއަށް އައި ދުވަހުން ފެށިގެން މަދުވެގެން 14 ދުވަހުގެ މުއްދަތަށް ގޭގައި މަޑުކުރެއްވުމަށް އިލްތިމާސްކޮށްފިއެވެ.

ކުޅުދުއްފުށީ ކައުންސިލުން ބުނީ ކޮވިޑް-19 ރޯގާއާއި ގުޅިގެން ކުޅުދުއްފުށީގައި ރައްކާތެރިކަމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ވިލަރެސްކުރުމަށް އެކުލަވާލާފައިވާ ޓާސްކު ފޯސްގެ ފަރާތުން ކަމާއިގުޅުންހުރި އިދާރާތަކުގެ އިރުޝާދާއެކު ރައްޔިތުންގެ ރައްކާތެރިކަމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ކައުންސިލުން ބުނީ ރާއްޖޭގެ ވެރިރަށް މާލެއިން ކޮވިޑް-19 ރޯގާއަށް ޕޮޒިޓިވްވެފައިވާ މިހާކު ފެނުމާއި ގުޅިގެން ރާއްޖޭގެ ހާލަތު އިތުރަށް ވަނީ ނާޒުކު ވެފައިވާއިރު، ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުޅުދުއްފުށްޓަށް އައިސްފައިވާ ފަރާތްތަކުން އެ ފަރާތްތައް ރަށަށް އައި ދުވަހުން ފެށިގެން މަދުވެގެން 14 ދުވަހުގެ މުއްދަތަށް ގޭގައި މަޑުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ގޭގައި މަޑުކުރާ މުއްދަތުގައި ގޭގައި އުޅޭމީހުންނާއި ގައިދުރުކޮށް އުޅުމަށްވެސް ވަނީ ނަސޭހަތްތެރިވެފައެވެ.

ކައުންސިލުން ބުނީ އެއްވެސް މީހެއްގެ ފަރާތުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމަތެއް ފެނިއްޖެނަމަ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ކޮވިޑް-19 ހޮޓްލައިން 7606688 ނަންބަރަށް ގުޅައި، އިރުޝާދުގެ ދަށުން އަމަލުކުރުމަށް އެދޭ ކަމަށެވެ.

ކޮވިޑް-19 ގެ ނުރައްކާ ރާއްޖޭގައި އިތުރުވެފައި މިވާ ދަނޑިވަޅުގައި ކުޅުދުއްފުށީގައި ދިރިއުޅޭ އެންމެހާ ފަރާތްތަކުން ގޭގައި މަޑުކުރުމަށާއި، ތަންތަނަށް އެއްވެ ނޫޅުމަށާއި، ކޮންމެހެން ޒަރޫރީ ބޭނުމެއް ޖެހިގެން ނޫން ގޮތަކަށް ގެއިން ބޭރަށް ނިކުމެ ނޫޅުމަށް އިލްތިމާސްކޮށްފައިވެއެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހުރިހާ ރައްޔިތުން ފަރުދީ ޒިންމާ އަދާ ކުރައްވައި ސިއްހީ މާހިރުންގެ ލަފައާއި އެއްގޮތަށް އަމަލު ކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!

26 ފެބުރުއަރީ 2017
އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!
23 ފެބުރުއަރީ 2017

އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ

23 ފެބުރުއަރީ 2017
އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ
14 ފެބުރުއަރީ 2017

ޕީޕީއެމްގެ "ހޭވައްލާ" ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ!

14 ފެބުރުއަރީ 2017
ޕީޕީއެމްގެ "ހޭވައްލާ" ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ!
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް